ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި ކަމަށް މިއަދު މި ނޫހުގައި ލިޔުނު ހަބަރެއްގައި ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ.
ވައުދުވެވަޑައިގެންފައިވާ ގޮތަށް އެމަނިކުފާނު ދަތުރު ކުރައްވަނީ ބިޒްނަސް ކްލާހުގަ އެވެ. އެމެރިކާއަށް ވަޑައިގެންނެވީ ވެސް ބިޒްނަސް ކްލާހުގަ އެވެ. އެހެންކަމުން އެ ހަބަރު ވާނީ ނޫހުން ނަގައިފަ އެވެ. މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.






