ހުޅުމާލޭ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ޝަމްހީދު ވިދާޅުވެއްޖެ

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު: އޭނާ ތުހުމަތުކުރައްވަނީ މުޅި މާލެއަށް ހޮވި ކެންޑިޑޭޓުންނަށް އިތުރަށް 200 ވޯޓު ދީފައިވާ ކަމަށް

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު: އޭނާ ތުހުމަތުކުރައްވަނީ މުޅި މާލެއަށް ހޮވި ކެންޑިޑޭޓުންނަށް އިތުރަށް 200 ވޯޓު ދީފައިވާ ކަމަށް

މިދިޔަ ހުކުރު ދުވަހު ބޭއްވި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮށި އޮޅުވާލާފައިވާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު އިއްޔެ ވިދާޅުވެއްޖެ އެވެ. 

ޝަމްހީދު އެކްސް ގައި ވިދާޅުވީ ހުޅުމާލޭ ދެކުނު ދާއިރާއިން މާލެ ސިޓީގެ ގައުމީ މަޖިލީހަށް ހޮވާ 16 ކެންޑިޓޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަ ޖެހިގޮތަށް ނެރެފައިވާ ޝީޓެއް ކަމަށް ނުބެލެވޭ ކަމަށެވެ. 

"ހުޅުމާލެ ދެކުނު ދާއިރާއިން މުޅިމާލެއިން ހޮވާ 16 ގޮޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓްލާން ދިޔަމީހުން ފާހަގަ ޖެހިގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަކަށް ނުބެލެވޭ. ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓް އިތުރަށް ޖަހާފައި ހުރިކަމަށް ބެލެވޭ،" ޝަމްހީދު ވިދާޅުވި އެވެ. 

ޝަމްހީދުގެ މި ތުހުމަތުތަކާ ގުޅިގެން އެމްޑީޕީން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ ޕާޓީން އިންތިހާބުގެ ދާއިމީ ނަތީޖާތައް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30، ގަ އެވެ. 

ގައުމީ މަޖިލީހުގެ މާލޭ ދާއިރާއަށް 16 މެންބަރަކު އިންތިހާބު ކުރެ އެވެ. މިހާތަނަށް ލިބުނު ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި "ބޮޑު ބަދަލު" ގެ ޓީމުގެ 11 މެންބަރަކު ވަނީ އެ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ. 

ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 68 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ. މާލޭގެ ބާކީ ތިން ގޮނޑިއަށް ހޮވުނީ "ޓީމް އެމްޑީޕީ" ގެ ނަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ނުކުތް ޓީމަށެވެ.

އޭގެ އިތުރުން، މިހާތަނަށް ޓެލީ ކުރެވިފައިވާ މުޅި އިންތިހާބުގެ ނަތީޖާތައް ވެސް ބުރަވަނީ "ބޮޑު ބަދަލު" ޓީމަށެވެ. އަދި ގައުމީ މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފައިވާކަން ފައްޔާޒް ވަނީ މިހާރު އިއުލާނު ވެސް ކުރައްވައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox