ރައީސް ވިދާޅުވިޔަސް ބިލު އޮތް ގޮތުން ރިސޯޓުތަކަށް ދާ ހުރިހާ ޓޫރިސްޓުންނަށް 500 ޑޮލަރު މާރުކުރާކަށް ނުޖެހޭނެ

ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގެ ތެރެއިން ރައީސް މުއިއްޒު: އެމަނިކުފާނު ވިދާޅުވި ގޮތާ ހިލާފަށް ރިސޯޓުތަކަށް އަންނަ "ކޮންމެ ޓޫރިސްޓަކަށް" 500 ޑޮލަރު މާރުކުރާކަށް ނުޖެހޭނެ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގެ ތެރެއިން ރައީސް މުއިއްޒު: އެމަނިކުފާނު ވިދާޅުވި ގޮތާ ހިލާފަށް ރިސޯޓުތަކަށް އަންނަ "ކޮންމެ ޓޫރިސްޓަކަށް" 500 ޑޮލަރު މާރުކުރާކަށް ނުޖެހޭނެ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެކުލަވާލި ގަވާއިދު ގާނޫނަކަށް ބަދަލުކުރުމަށް ޑްރާފްޓުކޮށް އާންމުކުރި ބިލު ގާނޫނަކަށް ވުމުން، ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުހައްދަވައިފި އެވެ.

އެމްއެމްއޭއިން މި ބިލުގެ ޑްރާފްޓު އާންމުކުރީ އާންމުންނާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުގެ މަޝްވަރާއާއި ހިޔާލު ހޯދުމަށެވެ. އެއާއެކު ރައީސް ތަކުރާރުކޮށް ބަދަލުނުކުރައްވާނެ ކަމަށް ވިދާޅުވި ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ބަދަލުތަކެއް އައި ކަމަށް ބުނެ އިދިކޮޅު ސިޔާސީންނާއި އާންމުން ދަނީ ސޯޝަލް މީޑިއާގައި ރައީސަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން، ނުރަސްމީ ދަތުރެއްގައި އިނގިރޭސިވިލާތުގައި ހުންނަވާ ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގާނޫނު ބާރުވެރިކުރުމަށް އެމްއެމްއޭއިން ގާނޫނެއް ހެދުމުގެ މަސައްކަތް ފެށުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، މިކަމުން ލިބޭނެ ކަމަށް އެމަނިކުފާނު ތަސައްވަރުކުރައްވާ ފައިދާތައް ހާމަކުރައްވާފަ އެވެ. އަދި، މި ގާނޫނުގެ ދަށުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

Advertisement

"މި ގާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ،" ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވާ އިބާރާތަކީ މިއީ އެވެ.

ނަމަވެސް، އަލަށް އެކުލަވާލާ ބޭރު ފައިސާގެ ގާނޫނަށް ޑްރާފްޓުކުރި ބިލުގައިވާ ގޮތުން، ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ ތެރެއިން "ކޮންމެ ޓޫރިސްޓަކަށް" 500 ޑޮލަރުގެ ރޭޓުގައި މާރުކުރާކަށް ނުޖެހެ އެވެ. މިހާރު އާންމުކޮށްފައިވާ ގަވާއިދުގައި ނުހިމެނޭ އާ އިސްތިސްނާތަކެއްވެސް ބިލުގައި ހިމަނާފައި ވެ އެވެ.

އެ ގޮތުން ރިސޯޓެއްގައި 24 ގަޑިއިރު ހޭދަ ނުކުރާ ފަރާތްތަކާއި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތަކުގެ އިތުރުން އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނަށް ވެސް ޑޮލަރު މާރުކުރާކަށް ނުޖެހެ އެވެ. މީގެ ތެރެއިން ދެ އަހަރު ނުފުރޭ ކުޑަކުދިން ފިޔަވާ އެހެން އެންމެނަށް މިހާރު ގަވާއިދު އޮތް ގޮތުން ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.

މި ލުއީގެ އިތުރުން، ރަށްރަށުގައި ހިންގާ ބޮޑެތި ހޮޓާތަކާއި ސަފާރީތަކުން 500 ޑޮލަރުގެ ބަދަލުގައި 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ވަނީ ހިމަނާފަ އެވެ.

އޮކްޓޯބަރު 1، ގައި އާންމުކޮށް އަންނަ އަހަރު އަމަލުކުރަން ފަށާ ގޮތަށް އޮތް އެމްއެމްއޭގެ ބޭރު ފައިސާގެ ގަވާއިދުގައި އޮތް ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި 50 ކޮޓަރިއަށް ވުރެ ގިނައިން ހުންނަ ހޮޓާތަކާއި ސަފާރިތަކުން އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 މާރުކުރަން ޖެހޭނެ އެވެ.

ނަމަވެސް އާންމުންގެ ހިޔާލު ހޯދުމަށް މިރޭ ހުޅުވާލި ބިލުގެ ޑްރާފްޓުގައި ރަށްރަށުގައި ހިންގާ ހޮޓާތަކާއި ސަފާރީތައް ވަނީ 500 ޑޮލަރު މާރުކުރަން ޖެހޭ އޭ ކެޓަގަރީގެ ތަންތަނުން، 25 ޑޮލަރު މާރުކުރަން ޖެހޭ ބީ ކެޓަގަރީއަށް ބަދަލުކޮށްފަ އެވެ.

މިހާރު އެކުލަވާލާފައިވާ ބިލަށް އާންމުންނާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި މި ބިލުގެ ޑްރާފްޓު މިހާރު ވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ވެސް ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox