އަނިޔާއިން ރިކަވާވެ އައިސަމް ޕްރެކްޓިހަށް

މާޒިޔާ އިން ބޭއްވި ޕްރެކްޓިހުގެ ތެރެއިން އައިސަމް.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

މާޒިޔާ އިން ބޭއްވި ޕްރެކްޓިހުގެ ތެރެއިން އައިސަމް.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު، އިބްރާހިމް އައިސަމް، އަނިޔާއިން ރިކަވާވެ ޕްރީ ސީޒަން ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފި އެވެ.

ޖެނުއަރީ ފަހުކޮޅު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތް ކުރަމުން އަންނައިރު، މާޒިޔާ އިން އިއްޔެ ވަނީ ޕްރީ ސީޒަން ޕްރެކްޓިސް ފަށައިފަ އެވެ. އާންމު ގޮތެއްގައި މި ފަހުން، ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް އެންމެ ކުރިން ތައްޔާރީތައް ފަށާ މާޒިޔާ އިން މި ފަހަރު ވެސް ޕްރެކްޓިސް މި ފެށީ ދެ މަހެއްހާ ދުވަސް ކުރިންނެވެ.

ޕްރެކްޓިސް ފެށިއިރު، އައިސަމް ވަނީ ޓްރެއިނިންގައި ބައިވެރިވާން ފަށައިފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އައިސަމް އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ދާދި ފަހުން މާޒިޔާ އިން އޭއެފްސީ ޗެލެންޖް ލީގުގައި ކުޅުނު ތިން މެޗުގައި އަނިޔާގެ ސަބަބުން އައިސަމް ނުކުޅެ އެވެ. ޓީމާ އެކު، ޗެލެންޖް ލީގުގައި ކުޅެން ކުވެއިތަށް ގޮސް، މެޗު ވޯމްއަޕްގައި ވެސް ބައިވެރިވި އައިސަމް ބަލިވުމުން، ހެދި ޓެސްޓްތަކުން، އިންފެކްޝަނެއް ހުރުމާ ގުޅިގެން، ކުޅުމާ ދުރުގައި މުއްދަތެއް ހޭދަކުރަން ޖެހޭކަން ކަށަވަރުވި އެވެ.

އެހެންވެ، ރިކަވަރީ އަށް ނެގި މުއްދަތުގައި، ޗެލެންޖް ލީގުގައި މާޒިޔާ އިން ކުޅުނު ތިން މެޗާއި ގައުމީ ފުޓްބޯޅަ ޓީމުން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު ދެ މެޗު އައިސަމް އަށް ގެއްލުނެވެ. އައިސަމް އަކީ ގަވާއިދުން މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިއެކެވެ.

ބަންގްލަދޭޝް މެޗުގައި، އައިސަމް ޓީމުގައި ނެތުމަށް އިޝާރާތްކޮށް، ގައުމީ ކޯޗު އަލީ ސުޒޭން ވަނީ، އައިސަމް އަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނެފަ އެވެ.

ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުރިން ފުރަތަމަ ޑިިވިޝަނުގައި ކުޅުނު އައިސަމް ވަނީ މި އަހަރު ސްޕޯޓްސް މިނިސްޓްރީން ދިން، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox