ޓެކްސް ބޮޑުވެ، ރާއްޖެ އަގު ބޮޑުވާ ވާހަކަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސުރުހީއަށް

ހުޅުމާލޭ ޓޫރިސްޓުންތަކެއް މޫދަށް އެރި ޕެޑަލް ބޯޑު ދުއްވަނީ: އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ ބަޖެޓު މާކެޓަށް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ހުޅުމާލޭ ޓޫރިސްޓުންތަކެއް މޫދަށް އެރި ޕެޑަލް ބޯޑު ދުއްވަނީ: އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ ބަޖެޓު މާކެޓަށް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އަންނަ އަހަރުން ފެށިގެން ޑިޕާޗާ ޓެކްސްތަކާއި ޓޫރިޒަމް ދާއިރާގެ އެހެން ޓެކްސްތައް ބޮޑުވެ، ރާއްޖެ އަންނަން ބޭނުންވާ ޓޫރިސްޓުން ކުރަން ޖެހޭ ހަރަދުތައް އިތުރަށް ބޮޑުވާ ވާހަކަ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ސީއެންއެންގެ ޓްރެވަލް އެޑިޝަންގައި މިއަދު ޝާއިއުކޮށްފައިވާ ހަބަރެއްގައި މިކަމަށް އަލިއަޅުވާލާ ހަބަރެއް ލިޔެފައިވެ އެވެ. އެ ހަބަރުގައި މައިގަނޑު ގޮތެއްގައި އަންނަ މަހުގެ 1 އިން ފެށިގެން ޑިޕާޗާ ޓެކްސްއާ އެކީ ރާއްޖެ ދަތުރުކުރުމުގެ އަގު ބޮޑުވާ ވާހަކަ އެވެ.

ދެން މި ކަހަލަ ހަބަރެއް އޮތީ، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޓޫރިޒަމް ދާއިރާގެ ހަބަރުތައް ގެނެސްދޭ ޓީޓީޖީ އޭޝިއާގަ އެވެ. އެ ނޫހުގައި އޮތީ ޓެކްސްތައް ބޮޑުކުރުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އޭގެ ނުރަނގަޅު އަސާރު ކުރާނެ ކަމަށެވެ. ޓީޓީޖީގެ ހަބަރުގައި ޑޮލަރު މާރުކުރުމާ ގުޅޭގޮތުން ރިސޯޓު ވިޔަފާރިތަކުގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ވެސް ހިމަނާފައި ވެ އެވެ.

ދުނިޔޭގެ މީޑިއާތަކުން ޓެކްސްތަކާ ހެދި ރާއްޖެ އިހުނަށް ވުރެ އަގު ބޮޑުވާ ހަބަރުތައް ގެނެސްދެމުން އަންނައިރު، ރާއްޖޭގައި ހަރަކާތްތެރިވާ ޓޫރިޒަމް ވިޔަފާރިތަކާއި އެ ވިޔަފާރިތަކާ ގުޅުން ހުރި ޖަމިއްޔާތަކުން ވެސް އަންނަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ގޮތުން ޓްރެވަލް އެޖެންސީތަކާއި ޓުވާ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން މި ފަހުން ނެރުނު ބަޔާނެއްގައި ވަނީ އެއާޕޯޓުން ނަގާ ޓެކުހާއި ޑިވެލޮޕްމެންޓު ފީތައް ބޮޑު ކުރުމާ ގުޅިގެން ބަޖެޓު އެއާލައިންތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންއަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ޖަމިއްޔާއިން ވަނީ މަޝްވަރާގެ މޭޒަށް އައުމަށް ވެސް ސަރުކާރަށް ގޮވާލާފަ އެވެ.

ޓެކްސްތަކަށް އަންނަ ބަދަލުތަކަށް ބަލާއިރު އަންނަ އަހަރު ޓީޖީއެސްޓީ އަންނަނީ އެއް ޕަސެންޓުގެ އިތުރުވުމެކެވެ. އޭރުން ދެން ނަގާނީ މިހާރު ނަގާ 16 ޕަސެންޓުގެ ބަދަލުގައި 17 ޕަސެންޓެވެ. މި އަދަދަށް ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

ނަމަވެސް ގްރީން ޓެކްސް ޖެނުއަރީން ފެށިގެން ބޮޑުވާނެ އެވެ. އެއީ ރިސޯޓުތަކާއި ސަފާރީތަކާއި ބޮޑެތި ހޮޓާތަކަށް އަންނަ ޓޫރިސްޓުންގެ އަތުން މިހާރު ނަގާ ހަ ޑޮލަރު 12 ޑޮލަރަށެވެ. އަދި ގެސްޓުހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ނަގާ ތިން ޑޮލަރު ހަ ޑޮލަރަށެވެ.

އެއާޕޯޓު ޓެކްސްއަށް އަންނަ ބަދަލަކީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ޓޫރިސްޓުންގެ އަތުން މިހާރު ނަގާ 30 ޑޮލަރު 50 ޑޮލަރަށް ބޮޑުވުމެވެ. ބިޒްނަސް ކްލާހުން ދަތުރުކުރާ ޓޫރިސްޓުންގެ ޓެކްސް ދެ ގުނަ ބޮޑުވެ މިހާރު ނަގާ 60 ޑޮލަރުގެ ބަދަލުގައި 120 ޑޮލަރު ނަގާނަ އެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބަދަލުވާނެ އެވެ.

ސަރުކާރުން ޓެކްސްތައް ބޮޑުކުރަން ނިންމީ ޑޮލަރު ތާށިކަމާ ހުރެ އަޅާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. މިހެން ނަމަވެސް އެންމެ ފަހުން ވެސް ޓެކްސްތައް ބޮޑުކުރި އަހަރު ޓޫރިޒަމް ސިނާއަތަށް ބޮޑު ލޮޅުމެއް އައިކަން ފާހަގަކޮށްލެވެ އެވެ. އެ ފަހަރު އެންމެ ބޮޑު އަސަރެއް ކުރީ ޓީޖީއެސްޓި 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޓާމެޑިކަލް އިން ދަރިމައިވުމާ ބެހޭ ސެޝަންއެއް ބާއްވަނީ

ދަރިމައިވުމުގެ ކުރިން ވިސްނަންޖެހޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލް އިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިލޭ ބާއްވާ ޚާއްސަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތަޖުރިބާކާރު ނަރުހުން މައުލޫމާތުދޭ މި ސެޝަންގައި ދުޅަހެޔޮކޮށް ބަލިވެއިނުމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭއިރު، ކްލިނިކްގެ ނަންބަރުތަކަށް ގުޅައިގެން މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox