ވިލާ ކޮލެޖުން 16 ސްކޯލާޝިޕަކަށް ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމްުގެ ތެރެއިން: ވިލާ ކޮލެޖުން 16 ސްކޯލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމްުގެ ތެރެއިން: ވިލާ ކޮލެޖުން 16 ސްކޯލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުން 16 ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ހުޅުވާލި ސްކޮލަޝިލް ސްކީމްގައި ހިމެނޭ ދާއިރާތަކަކީ ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕް، ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕް، ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް، ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕް، ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިޓާމިނޭޝަން އެވެ. އަދި ސްޓެމް އެންޑް ހެލްތުކެއާ އިކުއިޓީ ސްކޮލާޝިޕް، ސްކޮލާޝިޕް ފޯ އަންޑަޕްރިވިލެޖްޑް އަދި އިންޓަނޭޝަނަލް ސްޓޫޑަންޑުންނަށް ހާއްސަކޮށްގެން ހިމެނިފައިވާ ކެޓަގަރީއެއް ކަމަށްވާ އިންޓަނޭޝަނަލް ސްޓޫޑަންޓްސް ސްކޮލަޝިޕް ކެޓަގަރީން ވެސް ސްކޮލަޝިޕަށް ހުޅުވާލި އެވެ.

އިންޓަނޭޝަނަލް ސްޓޫޑަންޓްސް ސްކޮލަޝިޕް ކެޓަގަރީ ފިޔަވާ އެހެނިހެން ދާއިރާތަކަށް ކުރިމަތި ލެވޭނީ ދިވެހިންނަށެވެ.

ސްކޮލަޝިޕް ސްކީމަށް ކުރުމަތިލެވޭނެ އެންމެ ފަހުގެ ތާރީހަކީ ޑިސެމްބަރު 31، އެވެ. މި ސްކޮލަޝިޕަށް ދަރިވަރުން ހޮވާނީ އެކަމަށް ހާއްސަ ކޮމެޓީއަކުންނެވެ.

ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕް - މާސްޓާސް ދެ ސްކޮލާޝިޕް

މިއީ ވިލާ ކޮލެޖުގައި ހިންގާ މާސްޓާސް ޕްރޮގްރާމް ތަކުގެ ތެރެއިން އިހުތިޔާރު ކުރާ މާސްޓާސް ޕްރޮގޮރާމްއަކަށް ކިޔެވުމަށް ހުޅުވާލެވިފައިވާ ދެ ފުރުސަތެވެ.

އެ ކެޓަގަރީން ސްކޮލަޝިޕް ދިނުމުގައި އެންމެ ބޮޑަށް ބަލަނީ ތައުލީމީ ނަތީޖާއަށެވެ.

ވިލާ ކޮލެޖު / ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕް - ޑިގްރީ ދެ ސްކޮލާޝިޕް

މިއީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ވިލާ ކޮލެޖުގައި ޑިގްރީ ހަދަން ދޭ ފުރުސަތަކެވެ.

މި ދާއިރާއިން ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމިތާ ގިނަވެގެން ދެ އަހަރު ތެރޭގަ އެވެ. އަދި ސްކޮލަޝިޕަށް ހޮވުމުގައި އެންމެ އިސްކަންދެނީ ދަރިވަރުންގެ އޭލެވެލް ނަތީޖާއަށެވެ.

ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް - މާސްޓާސް ދެ ފުރުސަތު

ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ދާއިރާގައި މާސްޓާސް ފެންވަރަށް ކިޔެވުމަށެވެ.

މި ކެޓަގަރީގެ ސްކޮލަޝިޕަށް ކުރިމަތި ލެވޭނީ ވިލާކޮލެޖުން ޑިގްރީ ނިންމާފައިވާ ދަރިވަރުންނަށެވެ. އަދި ސްކޮލަޝިޕަށް ހޮވުމުގައި ބަލާނީ ތައުލީމީ ނަތީޖާއަށެވެ.

ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިޓާރމިނޭޝަން - ޑިގްރީ ދެ ފުރުސަތު

ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިޓަމިނޭޝަން އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަތަކަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ ބާރުވެރިކުރުވުމަށް، އަމާޒުކޮށްގެން ޑިގްރީ ޕްރޮގްރާމްތަކަށް ހުޅުވާލެވޭ ސްކޮލަޝިޕް ކެޓަގަރީއެކެވެ.

އެ ސްކޮލަޝިޕްގެ މަގުސަދަކީ ޖިސްމާނީ، ސެންސްރީ ނުވަތަ ކޮގްނިޓިވް ނުވަތަ އެނޫން ވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ފަރުދުންނަށް ތައުލީމީ ގޮތުން ކުރިއަށް ދިނުމަށް ހިތްވަރު ދިނުމާއި އެހީތެރިވެދިނުމެވެ.

މި ދާއިރާއިން ސްކޮލަޝިޕަށް ކުރިމަތި ލެވޭނީ ނޭޝަނަލް ޑިސޭބިލިޓީ ރެޖިސްޓާގައި ނަން ހިމެނިފައިވާ ފަރާތްތަކާށާއި ނުވަތަ ލައިސަސްންސް ލިބިފައިވާ މެޑިކަލް ޕްރޮފެޝަނަލް އަކު ނުކުޅަދުންތެރިކަމެއް ހުންނަކަމަށް ލިޔުމުން ކަނޑައަޅާފައިވާ ފަރާތްތަކަށެވެ.

ސްކޮލަށްޝިޕަށް ހޮވުމުގައި އެންމެ އިސްކަންދޭނީ ނުކުޅެދުންތެރިކަމާ ގުޅުންހުރި ގޮންޖެހުންތަކާއެކު ވެސް ތައުލީމީގޮތުން ކުރިއަށްދިއުމަށް ކޮށްފައިވާ މަސައްކަތާއި ހިތްވަރާއި، ކަންކަމުގައި އިސް ނެގުމާއި އަދި އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަށް ކޮށްފައިވާ މަސައްކަތުގެ މިންވަރުގެ އިތުރުން ތައުލީމީ ނަތީޖާ އަށެވެ.

ސްޓެމް އެންޑް ހެލްތްކެއާ އިކުއިޓީ ސްކޮލަޝިޕް ކެޓަގަރީ - ޑިގްރީ ދެ ފުރުސަތު

މި ކެޓަގަރީގެ މަގުސަދަކީ ސަގާފީ ގޮތުން އެއް ޖިންސެއް ބާރުވެރިވެފައިވާ ދާއިރާތަކުގައި ޖެންޑާ ޑައިވާސިޓީ ބޮޑުކުރުމަށް ހިތްވަރު ދިނުމެވެ.

އެ ސްކޮލާޝިޕް ދާއިރާ މި އަހަރު ހުޅުވާލީ ނާސިން، ކޮމްޕިއުޓާ ސައިންސް އަދި އިންޖިނިއަރިން ޕްރޮގްރާމަތަކަށް ހާއްސަކޮށްގެންނެވެ.

ސްކޮލަޝިޕަށް ހޮވުމުގައި ތައުލީމީ ނަތީޖާއަށް ބެލުމަށް ހަމަޖެހިފައިވާއިރު، އެ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ ނިސްބަތުން، މީހުން މަދު ޖިންސަށް އިސްކަން ދޭނެ އެވެ.

ސްކޮލަޝިޕް ފޯ އަންޑަޕްރިވިލެޖްޑް ސްޓޫޑެންޓްސް - ޑިގްރީ ދެ ފުރުސަތު

މި ކެޓަގަރީ ހާއްސަ ކުރެވިފައިވަނީ ތައުލީމު ހާސިލް ކުރަން ޝައުގުވެރިވާ ނަމަވެސް މާލީ ހުރަސްތަކާ ހެދި މަތީތަޢުލީމަށް ދިއުމަށް ގޮންޖެހުންތަކާއި ކުރިމަތިލާ ޖެހިފައިވާ ދަރިވަރުންނަށެވެ.

އެ ސްކޮލަޝިޕްގެ މަގުސަދަކީ އެފަދަ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ލިބުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި އެކު އޭގެ ސަބަބުން އެފަދަ ދަރިވަރުން، އަމިއްލަ ނަފްސަށާއި އާއިލާއަށް އަދި މުޖުތަމަޢަށް އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް ބާރުވެރިކުރުމަށް ފުރުސަތު ހޯދައި ދިނުމެވެ.

އެ ދާއިރާއަށް ދަރިވަރުން ހޮވުމުގައި އެންމެ އިސްކަމެއް ދިނުމުގައި މާލީ ހާލަތަށް ބެލުމަށް ހަމަޖެހިފައިވާ އިރު ދަރިވަރުންގެ ތަޢުލީމީ ނަތީޖާއަށް ވެސް ރިޢާޔަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޓަރނޭޝަނަލް ސްޓޫޑަންޓް ކެޓަގަރީ - ޑިގްރީ ދެ ފުރުސަތު

މިއީ ވިލާ ކޮލެޖުގައި ކިޔެވުމަށް ޝައުގުވެރިވާ ބޭރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ،ދޭ ފުރުސަތެކެވެ.

މި ދާއިރާއިން ސްކޮލަޝިޕަށް ހޮވުމުގައި ބެލޭނީ ސްކޮލަޝިޕަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތައުލީމީ ނަތީޖާއަށެވެ.

މި ސްކޮލަޝިޕްތަކަށް ކުރިމަތިލާ ދަރިވަރުން، ސްކޮލަޝިޕަށް ހުށަހަޅާއިރު، އެ ފަރާތްތައް ހިޔާރުކުރާ ކޯހަކަށް ހޮވުނުކަމުގެ އޮފާ ލެޓާ އަދި އެ ކެޓަގަރީއަކުން ސްކޮލަށްޝިޕަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެހެނިހެން ޑޮކިއުމަންޓް ހުށަހަޅަން ވާނެ އެވެ.

ސްކޮލަޝިޕް ސްކީމާއި ބެހޭ އިތުރު މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox