ހުލާސާކޮށް އިއްޔެ: އެޗްޑީސީއަށް ނުލިބިވާ ފައިސާ ބިލިއަނަކަށް

Nov 26, 2024, 1:20 AM
ހުލާސާކޮށް އިއްޔެ: އެޗްޑީސީއަށް ނުލިބިވާ ފައިސާ ބިލިއަނަކަށް

ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅީފަޅުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުން ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އޭގެ ތެރޭގައި ބޮޑެތި ވިޔަފާރި ކުންފުނިތައް ވެސް ހިމެނޭ ކަމަށް މާލިއްޔަތު ކޮމިޓީން އިއްޔެ ހާމަކުރި އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގައި މެންބަރުން ބުނީ ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިނގަމުންދާ އެއްބަސްވުންތަކާ ގުޅިގެން ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އާއި ބާތިލުކޮށްފައި ހުރި އެއްބަސްވުންތަކުން ލިބެން ޖެހޭ 195 މިލިއަން ރުފިޔާ އެބަ ހުރި ކަމަށެވެ.

ފައިސާ ނުދައްކާ ހުރި ބިންތަކުގެ ތެރޭގައި އެންމެ ބޮޑެތި އަދަދުތަކުން ކުލި ނުދައްކާ ހުރީ ހުޅުމާލޭގައި މަތީ ފަންތީގެ ގެދޮރުއަޅަން "ޑިވެލޮޕްމަންޓް އެންޑް ސޭލްސް ރައިޓްސް" އުސޫލުން ދޫކޮށްފައި ހުރި ބިންތަކާއި ގުޅީފަޅާއި ތިލަފުށިން ސިނާއީ ބޭނުންތަކަށް ދޫކޮށްފައި ހުރި ބިންތަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އޭނާގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި މި މައްސަލައާ ގުޅޭ ލިޔުމަކުން ދައްކާ ގޮތުގައި، އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރީ "އަކުއާވީޓާ ރެސިޑެންސީސް" ތަރައްގީކުރި އެންޕީއެޗް ކުންފުނިންނެވެ. އެ ކުންފުނިން ނުދައްކާ ހުރި އަދަދު 215 މިލިއަނަށް އަރަ އެވެ.

އެޗްޑީސީއަށް އެންމެ ގިނަ ފައިސާ ނުދައްކާ ހުރި ކުންފުނިތައް

  • އެންޕީއެޗް ޑިވެލޮޕްމަންޓްސް - 215.2 މިލިއަން ރުފިޔާ
  • ޖައުސާ އިންވެސްޓްމަންޓް - 99.4 މިލިއަން ރުފިޔާ
  • އައިލެންޑް އެކްސްޕާޓް - 85 މިލިއަން ރުފިޔާ
  • ހަންބޯ ކުންފުނި - 69.9 މިލިއަން ރުފިޔާ
  • ރެއިންބޯ މެގަ ޑިވެލޮޕާސް - 68.9 މިލިއަން ރުފިޔާ
  • ޔޮޓް ޓުއާސް - 36.3 މިލިއަން ރުފިޔާ
  • އެންސިސް ފިޝަރީޒް - 27.1 މިލިއަން ރުފިޔާ
  • އަމީން ކޮންސްޓްރަކްޝަން - 25.2 މިލިއަން ރުފިޔާ
  • ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ - 23.4 މިލިއަން ރުފިޔާ
  • ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ 14.4 މިލިއަން ރުފިޔާ

އެ ލިސްޓުގައި ދެން ވެސް އޮތީ މި ގޮތަށް މަތީ ފަންތީގެ ފްލެޓުތައް އިމާރާތް ކުރަން ދޫކޮށްފައި ހުރި ބިންތަކުން ލިބެން ޖެހޭ ފައިސާ އެވެ.

އޭގެ ތެރޭގައި ފްލެޓުތައް ވިއްކައިގެން އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަައިގައި ހިމެނޭ ހަސަން މަމްދޫހު (މަންޑޭ) އާ ގުޅުން އޮތް ހަންބޯ ކުންފުންޏާއި އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފްލެޓުތައް ނުނިންމާ އުޅޭ ޖައުސާ ކުންފުނި ހިމެނެ އެވެ. އަދި ފުލުހުންގެ ފްލެޓުތައް ތަރައްގީކުރަން ހަވާލުކުރި އައިލެންޑް އެކްސްޕާޓު ކުންފުނި ވެސް މި ލިސްޓުގައި ހިމެނެ އެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ވޯޓާ ޕާކެއް ތަރައްގީކުރަން ހަވާލުކުރި ވޯޓާ ފްރަންޓު ހޮޓެލް އެންޑް ލެޝާ ކުންފުނިން ވެސް ދެ ބިމަކަށް ދައްކަން ޖެހޭ 37 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބައޮތެވެ. އެއީ މިހާރު އެޗްޑީސީން ބާތިލުކޮށްފައި އޮތް ކޮންޓްރެކްޓެކެވެ.

މާލިއްޔަތު ކޮމިޓީން ނިންމީ މި ފައިސާތައް ހޯދަން އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކާއި ކުރެވިފައި ހުރި މަސައްކަތްތަކުގެ އިތުރުން މި ފައިސާ ނުހޯދޭ ކަމުގައި ވަނީ ނަމަ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން އަޅަން ގަސްތުކުރާ ފިޔަވަޅުތައް އެ ކޮމިޓީއާ ހިއްސާކުރަން އެ ކުންފުންޏަށް އެންގުމަށެވެ. އަދި ބާތިލުކޮށްފައި ހުރި އެއްބަސްވުންތަކުގައި ހުރި ބިންތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox