އެއާޕޯޓު ޓެކްސް ބޮޑު ކުރުމުން ކަންބޮޑުވުން ފާޅުކޮށް، މަޝްވަރާގެ މޭޒަށް އައުމަށް މަޓާޓޯއިން ގޮވާލައިފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް -- ފޮޓޯ: އަދަދު ފައިލް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް -- ފޮޓޯ: އަދަދު ފައިލް

އެއާޕޯޓުން ނަގާ ޓެކުހާއި ޑިވެލޮޕްމެންޓު ފީތައް ބޮޑު ކުރުމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށް، މަޝްވަރާގެ މޭޒަށް އައުމަށް ޓްރާންސްޕޯޓު މިނިސްޓަރީއަށް ގޮވާލައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންއަށް މަޓާޓޯއިން މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ޓެކުހާއި ފީތައް ބޮޑު ކުރަން ނިންމުމާ ގުޅިގެން ރާއްޖެއަށް ދަތުރު ކުރާ ދެ އެއާލައިނަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

"ބަޖެޓު އެއާލައިންތަކަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާ ކުރާ ބައެއް، ހާއްސަކޮށް މެދު އަދި ދަށް ފަންތީގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ކެރިއާތަކުގައި ގެންނަ 40 ޕަސެންޓު ފަސިންޖަރުންނަކީ ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިން,”މަޓާޓޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement

އަނެއް 60 ޕަސެންޓު ފަސިންޖަރުންނަކީ މެދު އަދި ދަށް ފަންތީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިން، މިއީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތު ކުރުމަށް މުހިންމު ކަމެއް،"

އެއާޕޯޓު ޓެކްސްތަކާއި ފީތައް ދެގުނަ ކުރުމުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އުފުލާ އެއާލައިންތަކުގެ ދަތުރުތައް ހުއްޓައިލަންޖެހޭ ފަދަ ހާލަތެއް އުފަންވެފައިވާ ކަމަށް ވެސް މަޓާޓޯއިން ބުންޏެވެ. އަދި އެފަދަ ނިންމުމެއް އެއާލައިނަކުން ނިންމައިފި ނަމަ ގެސްޓުހައުސްތަކާއި މެދު ފަންތީގެ ރިސޯޓު ވިޔަފާރިތަކަށް ގެއްލުންވެ ފަތުރުވެރިކަމުގެ ސިނާއަތަށް އޭގެ އަސަރު ކުރާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ފީތައް ބޮޑުކުރަން މަޖިލީހުން ފާސްކުރީ އޮކްޓޫބަރު 31، ގަ އެވެ. އެ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިމަހުގެ 5 ވަނަ ދުވަހު އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ އެކު ވަނީ ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށް ނިންމާފަ އެވެ. އަންނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 9.9 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޑޮލަރުން ބަލާކަމުގައި ވަނީ ނަމަ އެއީ 642 މިލިއަން ޑޮލަރެވެ.

ޓޫރިޒަމް ގާނޫނުގެ އިސްލާހާއެކު ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުވާނެ އެވެ. އަދި, 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ދައްކަން ޖެހޭ ވަރު ތިން ޑޮލަރުން ހަ ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ.

އެއާޕޯޓު ޓެކްސް އަދި ފީ ބޮޑުކުރާނީ ޑިސެމްބަރު 1 އިން ފެށިގެންނެވެ. އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ ފީ އާއި ޓެކްސް ނޫން އެހެން ހުރިހާ ފީއެއް އަދި ޓެކުހެއް އެ ދުވަހުން ފެށިގެން ބޮޑުވާނެ އެވެ.

މަޓާޓޯގެ ބަޔާނުގައި ވަނީ ބޮޑު ކުރަން ނިންމާފައިވާ ޓެކްސްތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާނެ އަސަރު ދެނެގަތުމަށް މަޝްވަރާގެ މޭޒަށް އައުމަށް ޓްރާންސްޕޯޓު މިނިސްޓަރީއަށް ގޮވާލައިފަ އެވެ.

"އުމްރާނީ ތަރައްގީ އާއި އާމްދަނީ އިތުރު ކުރުމުގެ މުހިންމުކަން ގަބޫލު ކުރާ ހާލު، ފަތުރުވެރިކަމަށް ދުރު ރާސްތާގައި ކޮށްފާނެ އަސަރަށް ވިސްނުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެއް ކަމުގައި ދެކެން” މަޓާޓޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox