ހަތަރު ލައްކަ ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތުވާ ޖަހަންގިރު ބަންދުން ދޫކޮށްލައިފި

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖަހަންގިރު: އޭނާ ބަންދުން ދޫކޮށްލީ ޝަރުތު ކުރުމަށްފަހު -- ފޮޓޯ: ފުލުހުން

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖަހަންގިރު: އޭނާ ބަންދުން ދޫކޮށްލީ ޝަރުތު ކުރުމަށްފަހު -- ފޮޓޯ: ފުލުހުން

ސައިކަލެއްގެ މަޑިދަށުން 442،275ރ. ވަގަށް ނެގި ކަމަށް ތުހުމަތުވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރު އާލަމް 45، މިދިޔަ ބުރާސްފަތި ދުވަހު ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ވައްކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޖަހަންގިރު ހައްޔަރު ކުރީ ސެޕްޓެމްބަރު 12، ގައެވެ. އޭނާގެ ބަންދު ހަތް ފަހަރު އިތުރުކޮށްފައިވާއިރު، ޖުމްލަ 60 ދުވަސް ބަންދުގައި ވަނީ ހޭދަކޮށްފަ އެވެ.

ޖަހަންގިރު ބަންދުން ދޫކޮށްލަން ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އެވެ.

Advertisement

ޖަހަންގިރު ބަންދުން ދޫކޮށްލި އަމުރުގައި ބުނީ މައްސަލައިގައި އިތުރަށް ކުރަންހުރި ކަންތައްތަކުގެ ގޮތުގައި ތަހުގީގުކުރާ ފަރާތުގެ އިގްރާރުގައި ބަޔާންކޮށްފައި ވަނީ ރިޕޯޓުތަކެއް ތައްޔާރު ކުރުމާއި، ޕީޖީ އޮފީހުގެ މަޝްވަރާކޮށް ބައެއް ކަންކަން ސާފުކުރުން ކަމުގައިވާއިރު، މައްސަލައިގައި ލިބިފައިވާ އަދި ލިބެން ހުރި ހެކިތަކަށް ބަލާއިރު، އޭނާއަށް އެ ކަންކަމަށް ބާރު ފޯރުވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒެއް ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ދަލާލަތު ކޮށްދޭ ކަމެއް އެ މައްސަލައިގައި ތެރެއިން ފެންނަން ނެތް ކަމަށް ކޯޓުން ބުންޏެވެ.

ކޯޓުން ބުނީ ބަންދުން ދޫކޮށް ދިނުމަށް އެދި މީގެ ކުރިން ފުލުހުންގެ ފަރާތުން ކޯޓަށް ފޯމެއް ހުށަހަޅާފައިވާ ކަމަށާއި ބަލި ހާލަތާއި ގުޅޭ ކަންކަން މީގެ ކުރިން މަޖިލިސްތަކުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

"މީނާގެ ބަލި ހާލަތު ހުރި ގޮތުން އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށާއި، މީނާއަކީ އާއިލާއެއް ބަލަހައްޓަމުންދާ މީހެއް ކަމަށާއި ފައިސާތަކެއް ބެހެއްޓިކަމަށް މީހަކު ބުނާ ބުނުން ފިޔަވާ މިއަދާ ހަމައަށް ވެސް އެކަން ވެރިފައި ކުރެވޭނެ ގޮތެއް ނެތްކަމަށް އައިއޯ ބަންދު މަޖިލިސްތަކުގައި ވިދާލުވެފައިވާ ކަމަށް ދިފާއީ ވަކީލު ފާހަގަކޮށްފައިވޭ،" ޖަހަންގިރު ބަންދުން ދޫކޮށްލި އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ޖަހަންގިރާ ދެކޮޅަށް ފުލުހުން ވަނީ ހެކީގެ ގޮތުގައި ސައިކަލެއްގެ މަޑި ފޭކޮށްގެން އެއްޗެއް ނަގާތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ހުށަހަޅައިފަ އެވެ. އޭގެއިތުރުން ވެސް ވައްކަން ކުރި ކަމުގެ ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

ޖަހަންގިރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގަނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox