ނުހޯދާ ހުރި 3.7 ބިލިއަން ރުފިޔާ ހޯދާ، ފަސް މިލިއަނުން ދަށުގެ ބިލުތަކަށް ފައިސާ ދައްކައިފިން: ރައީސް

ޖުމްހޫރި ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ: ނުހޯދާ ހުރި ފައިސާ ހޯދަން ގާނޫނުތަކާއި ގަވާއިދުތަކާއި ތަންފީޒީ އިދާރާތައް ވަރުގަދަކޮށްގެން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރި ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ: ނުހޯދާ ހުރި ފައިސާ ހޯދަން ގާނޫނުތަކާއި ގަވާއިދުތަކާއި ތަންފީޒީ އިދާރާތައް ވަރުގަދަކޮށްގެން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުހޯދާ ހުރި ފައިސާގެ 3.7 ބިލިއަން ރުފިޔާ ހޯދައި، ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ފަސް މިލިއަން ރުފިޔާއިން ދަށުގެ ހުރިހާ ބިލަކަށް ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރި ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ ނުހޯދި ހުރި ފައިސާތައް ހޯދީ، އެ ފައިސާ ހޯދަން ކުރެވުނު މަސައްކަތުގެ ދަށުން ގާނޫނުތަކާއި ގަވާއިދުތައް ވަރުގަދަކޮށް، ތަންފީޒީ އިދާރާތައް ވަރުގަދަކޮށްގެން ކަމަށެވެ. މި ފައިސާތައް ހޯދުމާއެކީ ދަރަނީގެ ގޮތުގައި ނަގަން ޖެހޭ ފައިސާގެ އަދަދު މަދުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...ސަރުކާރަށް އެކި ފަރާތްތަކުން ދައްކަން ޖެހިފައި، ކުރީ ދުވަސްތަކުގައި ނުހޯދާ، ކުރީ ޒަމާންތަކުގައި، އަހަރުތަކުގައި، ނުހޯދާ ފަސޭހަކޮށްލާފައި ހުރި ފައިސާ. 3.7 ބިލިއަން ރުފިޔާ، ރައްޔިތުންގެ ފައިސާ ހޯދާ ވައްދައިފިން ދައުލަތުގެ، ރައްޔިތުންގެ އެކައުންޓަށް. އޭގެ ސަބަބުން އަޅުގަނޑުމެން ނަގަން ޖެހޭ ދަރަނި ވެސް ވަނީ މަދުވެފައި،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ނުދައްކާ ހުރި ބިލުތައް ދެއްކުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވި ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރުވާފައި އެތައް މިލިއަން ރުފިޔާއެއް ނުދީ އެބަ ހުރި ކަމަށެވެ.

ނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި، ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައި ހުރި ފަސް މިލިއަން ރުފިޔާއިން ދަށުގެ ހުރިހާ ބިލުތަކަށްވާ 501 މިލިއަން ރުފިޔާ ދަައްކާ ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވެރިކަމާ ހަވާލުވެގެން މިވީ ދުވަސްތަކުގެ ތެރޭގައި ނުދައްކާ ހުރި ބިލުތަކަށް 6.6 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއީ އެސްއޯއީތަކަކަށް ނޫނޭ. އާންމު ކުދިކުދި ވިޔަފާރިތައް، ކުދި މެދު ފަންތީގެ ވިޔަފާރިތައް ލައްވާ ސަރުކާރުން ކުރުވާފައި ހުރި މަސައްކަތްތަކަށް ދިން ފައިސާ، މިދިޔަ ހަފުތާގައި އެކަނި 501 މިލިއަން ރުފިޔާ ދޫކޮށްފިން. މިހާރު އެ ކުންފުނިތަކަށް އިންޑިވިޖުއަލް ފަރާތްތަކަށް އެކަން ވާނީ އެނގިވަޑައިގަންނަވާނެ އެއިން ކޮންމެ ބޭފުޅަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެން ވީމަ ރައްޔިތުން މުއްސަނދި ކުރަމުން، ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ދެމުން، ރައްޔިތުންގެ ފައިސާ މީހުންގެ އަތުގަ ފައިސާ ރައްޔިތުންގެ ފައިސާ ހޯދަމުން، އަދުލުވެރި ނިޒާމެއް ގާއިމުކުރަމުން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ،"

ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާއާ ގުޅޭ ގޮތުން މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 13 ބިލިއަން ރުފިޔާ ނުހޯދައިވާ ކަމަށެވެ. އެ ދުވަހު ރައީސްގެ ވާހަކައިގައި، މި ފައިސާތައް ހޯދަން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ހާމަކުރައްވަމުން، ވިދާޅުވީ މިއީ މި ގައުމަށް ދިމާވެފައިވާ ދަރަނީގެ މައްސަލަ ހައްލުކުރަން ވެސް ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox