55 ގައުމު ބައިވެރިވާ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި

Oct 8, 2024, 7:47 AM
ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިއްބެ (ކ) އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިއްބެ (ކ) އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ޖުމްލަ އެކު، 55 ގައުމު ބައިވެރިވާ، 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، އައްޑޫ ސިޓީގައި އަންނަ މަހު ބާއްވަން ލޯންޗްކޮށްފި އެވެ.

އަންނަ މަހުގެ 5-11 އަށް އަައްޑޫ ސިޓީ ކެނަރީފް ރިސޯޓްގައި ބާއްވާ މި މުބާރާތް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.

މި ކަމަށް ހާއްސަކޮށް، އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އާއި އެ އެސޯސިއޭޝަންގެ އިސް ފަރާތްތަކުގެ އިތުރުން، ކުޅިވަރާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބައިވެރިވި އެވެ.

ބީބީއޭއެމް އިން މައުލޫމާތު ދޭ ގޮތުގައި، 55 ގައުމަކުން މި ފަހަރުގެ މުބާރާތުގައި ވާދަކުރާއިރު، އެތުލީޓުންނާއި ކޯޗުން އަދި އޮފިޝަލުން ހިމެނޭ ގޮތަށް 500 އަށް ވުރެ ގިނަ ފަރާތްތައް މުބާރާތަށް އަންނާނެ އެވެ.

މިއީ، މިހާތަނަށް ރާއްޖޭގައި ބޭއްވޭ މި ފަދަ އެންމެ ބޮޑު މުބާރާތް ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް، އިއްބެ ވަނީ ވިދާޅުވެފަ އެވެ. އަދި މި ކަން ފުރިހަމަަކޮށް ކުރުމަށް ކަމާބެހޭ ވުޒާރާތަކުން ލިބެމުން އަންނަ އެހީތެރިކަން ވެސް އިއްބެ ވަނީ ފާހަގަކުރައްވައިފަ އެެވެ.

ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވެސް މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގައި ވަނީ ހޯސްޓްކޮށްފަ އެވެ. މީގެ ކުރިން، 2022 ވަނަ އަހަރު ކ. މާފުށީގައި ވަނީ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވެސް ބާއްވައިފަ އެެވެ. އަދި 2001 ވަނަ އަހަރު ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ބަނޑޮހުގައި ބޭއްވި އެވެ.

ދުނިޔޭގެ ފެޑެރޭޝަން ރައީސް ޕޯލް ޗުއާ ވިދާޅުވީ، ދުނިޔޭގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ދިނީ، 2022، 2023 ވަނަ އަހަރު ދެކުނު އޭޝިއާ ބޮޑީބިލްޑިން މުބާރާތާއި 2022 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކޮށްފައިވަނީ ފުރިހަމަކޮށް ކަމަށްވާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox