ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން އިން ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެފި

Nov 10, 2024, 1:23 PM
ބޮޑީބިލްޑިން އެސޯސިއޭޝަަންގެ ރައީސް އިއްބެ (ކ) އާއި ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ އިސް ފަރާތް ޕޯލް ޗުއާ.

ބޮޑީބިލްޑިން އެސޯސިއޭޝަަންގެ ރައީސް އިއްބެ (ކ) އާއި ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ އިސް ފަރާތް ޕޯލް ޗުއާ.

ރާއްޖޭގައި ހޯސްޓްކުރަމުން އަންނަ، 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕާ ގުޅިގެން އާންމު ރައްޔިތުންގެ ކަންބޮޑުވުން ހުރުމާ އެކު، ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން، ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަން، ބީބީއޭއެމް އިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ ކެނަރީފް ރިސޯޓްގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ހޯދަން ބިޑް ކުރީ ރާއްޖޭގެ ޕްރޮފައިލް ރަނގަޅުކޮށް، ރާއްޖޭގެ އިގްތިސާދާއި ޓޫރިޒަމް އަށް ލިބޭ ފައިދާތަކަށް ވެސް ވިސްނައިގެން ކަމަށެވެ. އަދި މި އަހަރު މި މުބާރާތް ބާއްވަން ފުރުސަތު ލިބިގެންދިޔައީ ވަރަށް ދުރާލާ މަސައްކަތްކޮށްގެން ކަން ވެސް ބީބީއޭއެމް އިން ފާހަގަކޮށްފައިވެ އެވެ.

"ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަނާ އެކު މި މުބާރާތް ބޭއްވުމަށް ކޮންޓްރެކްޓް ހެދުމަށް ފަހު، ދިވެހި ރާއްޖޭގައި މި މުބާރާތް ބޭއްވުން ކެންސަލްކޮށްފިނަމަ ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި ޖުމްލަ ގޮތެއްގައި ރާއްޖެ އަށް މާލީ ގޮތްގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކަށް ވިސްނުމަށް ފަހު މި މުބާރާތް ބޭއްވުމަށް މި އެސޯސިއޭޝަނުން ނިންމީ އެވެ." ބޮޑީބިލްޑިން އެސޯސިއޭޝަނުގެ ބަޔާނުގައިވެ އެވެ.

ބީބީއޭއެމް އިން ބުނެފައިވަނީ، މި މުބާރާތް ކެނަރީފް ރިސޯޓްގައި ކުރިއަށްގެންދަން ނިންމީ ބައިނަލްއަގުވާމީ ޓުއަރިސްޓުން އައިސް އެބައިމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެއްގޮތަށް އުޅެވޭގޮތަށް އާންމު ދިވެހި ރައްޔިތުން ދިރިނޫޅޭ ތަނެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން ކަމަށެވެ.

އަދި މި މުބާރާތް ކުރިއަށްގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދިން ގޮތަށް މުބާރާތް ކުރިއަށްގެންދެވޭތޯ މަސައްކަތްކުރި ކަމަށް ބީބީއޭއެމް އިން ވަނީ ބުނެފަ އެެވެ.

"ނަމަވެސް މުބާރާތާ ގުޅިގެން ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމާ އެކު، ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު އާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. އަދި މުސްތަގުބަލުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ." ބޮޑީބިލްޑިން އެސޯސިއޭޝަން، ބީބީއޭއެމްގެ ބަޔާނުގައިވެ އެވެ.

ބޮޑީބިލްޑިން މުބާރާތާ ގުޅޭ ކަންބޮޑުވުންތަކުގެ މައްސަލަތައް ކުރިމަތިވި ގޮތް

"ވޯލްޑް ބޮޑީބިލްޑިން އެންޑް ފިސީކް ސްޕޯޓްސް ޗެމްޕިއަންޝިޕް" ރަސްމީކޮށް އޮކްޓޯބަރު 8، ގައި އިފުތިތާހުކޮށްދެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

އެކަމަކު، އިސްލާމް ދީނާ ނުގުޅޭ ކަމަށް ބުނެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖޭގެ މޮޑެލަކު ބައިވެރިވުން ޔޫތު މިނިސްޓްރީން ކުށްވެރި ކުރި ފަހުން އުފެދުނު ބަހުސާ އެކު، ރައީސް މުއިއްޒު ވަނީ އަންހެނަކު އަދި ފިރިހެނަކު ވިޔަސް "ހަށިގަނޑު ހާމަކޮށްގެން" ބާއްވާ މުބާރާތްތަކުން ގައުމަށާއި ދީނަށް ލިބޭނެ ރީތި ނަމެއް ކާމިޔާބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތި ނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!،" ރައީސް ވިދާޅުވި އެވެ.

އެހެން އެ ބަހުސް ކުރިއަށް ގޮސްފައި އޮއްވައި، ކެނަރީފް މުބާރާތުގައި ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ބާއްވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެ، މީޑިއާގައި އެ ވާހަކަތައް ކުރިއަށްދާން ފެށުމުން، ބީބީއޭއެމް އިން ބަޔާން ނެރުނީ އެވެ.

ބީބީއޭއެމް އިން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި، 55 ގައުމަކުން މި ފަހަރުގެ ދުނިޔޭގެ މުބާރާތުގައި ވާދަކުރާއިރު، އެތުލީޓުންނާއި ކޯޗުން އަދި އޮފިޝަލުން ހިމެނޭ ގޮތަށް 500 އަށް ވުރެ ގިނަ ފަރާތްތައް މުބާރާތަށް އަންނާނެ އެވެ.

ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވެސް މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގައި ވަނީ ހޯސްޓްކޮށްފަ އެވެ. މީގެ ކުރިން، 2022 ވަނަ އަހަރު ކ. މާފުށީގައި ވަނީ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ވެސް ބާއްވައިފަ އެެވެ. އަދި 2001 ވަނަ އަހަރު ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ބަނޑޮހުގައި ބޭއްވި އެވެ.

ދުނިޔޭގެ ފެޑެރޭޝަން ރައީސް ޕޯލް ޗުއާ ވިދާޅުވީ، ދުނިޔޭގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ދިނީ، 2022، 2023 ވަނަ އަހަރު ދެކުނު އޭޝިއާ ބޮޑީބިލްޑިން މުބާރާތާއި 2022 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކޮށްފައިވަނީ ފުރިހަމަކޮށް ކަމަށްވާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox