ސަރުކާރަށް އަހަރެއްވާ ދުވަހު ތިން ދުވަހަށް ދެމިގެންދާ ބޮޑު ޝޯއެއް ބާއްވަނީ

Nov 10, 2024, 1:55 PM
މީގެ ކުރިން އެންސީއޭ އިން އިންތިޒާމު ކުރި ޝޯއެއް:

މީގެ ކުރިން އެންސީއޭ އިން އިންތިޒާމު ކުރި ޝޯއެއް:

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއް ފުރޭ ދުވަހު "އޮލިމްޕިއަންސް ވިތު ޔޫތު-ލައިވް އިން ކޮންސެޓު" ގެ ނަމުގައި ތިން ދުވަހަށް ދެމިގެންދާ ބޮޑު ޝޯއެއް ބާއްވަން ނިންމައިފި އެވެ.

ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނީ އެ ޝޯ އޮންނާނީ ނޮވެމްބަރު 16، 17 އަދި 18 ވަނަ ދުވަހު ކަމަށެވެ. އެ ޝޯ އޮންނާނީ ޑުއޭ ގޮތަށް ދެ ލަވަކިޔުންތެރިން ކޮންމެ ލަވައެއް ވެސް ހުށަހަޅައިދޭ ގޮތަށް ކަމަށް އެތަނުން ބުނެ އެވެ.

"މި ކޮންސެޓަކީ ލަވަ ކިޔުމުގެ ދާއިރާއިން މަގުބޫލުކަން ހޯދާފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިނާއި މިހާރު ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިން ކުރީގެ ލަވަތައް އަދި އިތުރު އާ ލަވަތަކާއި އެކު ޑުއެޓް ގޮތުގައި ހުށައަޅާއިދޭނެ ކޮންސެޓެއް،" އެންސީއޭ އިން ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

އެ ޝޯގައި ޖުމުލަ 28 ފަންނާނަކު ލަވަތައް ހުށަހަޅައިދޭނެ އެވެ. ޝޯގެ ޓިކެޓުތައް ވިއްކަން ހަމަޖެހިފައި ވަނީ 200ރ. އަށް އަދި 250ރ. އަށެވެ. ޝޯ ބާއްވަނީ އޮލިމްޕަހުގަ އެވެ.

އެންސީއޭ އިން ބުނީ އެއީ ކުރިން ވެސް އެތަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޝޯއެއް ކަމަށެވެ. ނަމަވެސް މި ފަހަރުގެ ޝޯ ކުރިއަށް ގެންދަން ނިންމީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ކަމަށް ވެސް އެންސީއޭއިން ބުންޏެވެ.

"[އެ ކޮންސެޓު ބާއްވަނީ] ދިވެހިންގެ ފަންނީ އުފެއްދުންތެރިކަމާއި ހުށައަޅައިދިނުމުގެ ގާބިލްކަމާއި ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް ކުރިއަރުވައި ދެމެހެއްޓުމަށް އަދި ފަންނުވެރިންގެ ހުނަރުވެރިކަން އާންމުނަށް ތައާރުފުކޮށް ހިންގުމާއި ޒުވާނުން މިދާއިރާއިން ކުރިއަށް ދިއުމަށް ބާރުއެޅުމުގެ މަގްސަދުގައި،" އެތަނުން ބުންޏެވެ.

އެ ޝޯގައި ލަވަކިޔާނެ ވޯކަލިސްޓުން އަދި ބޮޑުބެރުޖަހާނެ ދެ މީހަކު ހޯދުމަށް ބޭނުންވާ ކަމަށް ވެސް އެންސީއޭއިން ބުނެ އެވެ. އެކަމަށް ޝައުގުވެރިވާ މީހުން ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވެސް އެންސީއޭ އިން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox