ހުޅުމާލެ ނެރުނު ކައިރިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެއް ލޯންޗުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ދެ ފިރިހެނުން ކަމަށެވެ.
ނަމަވެސް ދެ ލޯންޗުން ދަތުރުކުރީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދި އަނިޔާވެގެން ގެންދިޔައީ ދިވެހިން ކަމެއް ވެސް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް ކަނޑުމަތީ ހާދިސާތައް އިތުރުވާން ފަށާފައިވާއިރު މިދިޔަ އޮކްޓޯބަރު 25، ގައި ކ. ގުޅީފަޅު ކައިރިން ދެ ލޯންޗެއްޖެހި ހިނގި އެކްސިޑެންޓުގައި ގިނަ ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.














