ބަންކަރިންގެ ހިދުމަތަށް މިވީ ކިހިނެއް؟ ދެ ބޯޓު އޮތީ މާލޭ ސަރަހައްދުގައި

ބަންކަރިންގެ ހިދުމަތަށް ގެނައި ވިޓޯލް އިން ސިންގަޕޫރުގައި ބޭނުންކުރަމުންދިޔަ "މެރިން ބެލާ" އަދި "މެރިން އޭންޖެލް" : އެ ދެ ބޯޓު މިހާރު އޮތީ ގުޅީފަޅު ބޭރުގަ --- ފޮޓޯ: ވިޓޯލް

ބަންކަރިންގެ ހިދުމަތަށް ގެނައި ވިޓޯލް އިން ސިންގަޕޫރުގައި ބޭނުންކުރަމުންދިޔަ "މެރިން ބެލާ" އަދި "މެރިން އޭންޖެލް" : އެ ދެ ބޯޓު މިހާރު އޮތީ ގުޅީފަޅު ބޭރުގަ --- ފޮޓޯ: ވިޓޯލް

ރާއްޖޭގައި ފްލޯޓިން ބަންކަރިންގެ ހިދުމަތް ދޭން އުތުރުގައި ބާއްވާފައި އޮތް ދެ ބޯޓު މާލޭ ސަރަހައްދަށް އައިސް ބަނދަރުކޮށްފި އެވެ.

ކަނޑު އުޅަނދު ޓްރެކްކުރާ ވެސެލްފައިންޑާ އަދި މެރިން ޓްރެފިކް ފަދަ ސައިޓުތަކުން ދައްކާ ގޮތުގައި، 3258 ޓަނުގެ އެމްޓީ އޭންޖަލް އާއި 3939 ޓަނުގެ އެމްޓީ މެރިން ބެލާ މިހާރު އޮތީ ގުޅީފަޅު ބޭރުގަ އެވެ.

މެރިން އޭންޖެލް މާލެ އައީ އޮކްޓޯބަރު 27، ގަ އެވެ. މި ބޯޓު ކުޅުދުއްފުށީ ބޭރުގައި އޮތުމަށް ފަހު މާލެއަށް ފުރީ އޮކްޓޯބަރު 20، ގަ އެވެ.

މެރިން ބެލާ މާލެ ސަރަހައްދަށް އައީ ނޮވެމްބަރު 5، ގަ އެވެ. އެ ބޯޓު ވަނީ އޮކްޓޯބަރު މަހުގެ ވ. އަތޮޅަށް ވެސް ދަތުރެއް ކޮށްފަ އެވެ. އެ ދަތުރު ނިންމާލުމަށް ފަހު ނޮވެމްބަރު 4، ގައި މާލެ އައުމަށް ފަހު މާލެ އަތޮޅުގެ ދެކުނަށް ވެސް ވަނީ ދަތުރެއް ކޮށްފަ އެވެ.

މި ދެ ބޯޓު ގިނަ ދުވަސްތަކެއް ވަންދެން މާލޭ ސަރަހައްދުގައި ބަނދަރުކޮށްފައި އޮތީ ކީއްވެ ކަމެއް ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން އެސްޓީއޯގެ ބަހެއް އަދި ނުލިބެ އެވެ.

ބަންކަރިންގެ ހިދުމަތަށް ގެނައި ދެ ބޯޓު މާލެ އަށް ގެނެސް ގުޅީފަޅު ބޭރުގައި ބަނދަރުކޮށްފަ --- ފޮޓޯ: މެރިން ޓްރެފިކް
ބަންކަރިންގެ ހިދުމަތަށް ގެނައި ދެ ބޯޓު މާލެ އަށް ގެނެސް ގުޅީފަޅު ބޭރުގައި ބަނދަރުކޮށްފަ --- ފޮޓޯ: މެރިން ޓްރެފިކް

ބަންކަރިންގެ ހިދުމަތަށް ގެނައި ދެ ބޯޓު މާލެ އަށް ގެނެސް ގުޅީފަޅު ބޭރުގައި ބަނދަރުކޮށްފަ --- ފޮޓޯ: މެރިން ޓްރެފިކް

ސިންގަޕޫރާއި ޔޫއޭއީގެ އިތުރުން މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދެމުންދާ ވިޓޯލް އާއި އެސްޓީއޯ ގުޅިގެން ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށީ ސެޕްޓެމްބަރު 19، 2024 ގަ އެވެ.

ބަންކަރިންގެ ހިދުމަތް އެ ދުވަހު ފެށިއިރު، އެންމެ ފުރަތަމަ ހިދުމަތް ދީފައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އޮޕަރޭޓު ކުރާ ވައިސީ ބެރިއާ އަށެވެ.

އެ ބޯޓު މީގެ ކުރިން ބަންކަރިންގެ ހިދުމަތް ހޯދަމުން ދިޔައީ ކޮލަމްބޯއިންނެވެ. 1100 ކޮންޓޭނަރު އުފުލުމުގެ ގާބިލުކަން ހުންނަ އެ ބޯޓުން މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ 8 ޑިގްރީ ޗެނަލުން މަހަކު 300 އަށް ވުރެ ގިނަ އުޅަނދު ހުރަސް ކުރާއިރު، ބަންކަރިންގެ ހިދުމަތުން ރާއްޖޭގެ އިގުތިސާދަށް އަހަރަކު 400 މިލިއަން ވަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ނަމަވެސް ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށިތާ ދެމަސް ވުމަށް ގާތްވެފައިވާއިރު 8 ޑިގްރީ ޗެނަލުން ދަތުރުކުރި ބޭރުގެ އެއްވެސް ބޯޓަކަށް ތެލެއް ނާޅަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox