އިހަވަންދިއްޕޮޅު

5 ލިޔުން

ފަހުގެ

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ތިންވަނަ ކުންފުންޏަކަށްހަބަރު

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ތިންވަނަ ކުންފުންޏަކަށް

އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއު ހިންގުމަށް ޔޫއޭއީގެ ކުންފުންޏަކާއެކު ސަރުކާރުން އިއްޔެ ސޮއިކޮށްފައިވާއިރު، މީގެ ކުރިން މި މަޝްރޫއު ހަވާލުކުރި ދެ ކުންފުނީގެ އެއްބަސްވުމަށް ވީގޮތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ދުބާއީގެ އިފްޒާ އާއި ސިންގަޕޫރުގެ ސީއޭއައި ކުންފުންޏާއެކު އެކި ފަހަރުމަތިން އެއްބަސްވުންތަކުގައި ސޮއިކުރި ނަމަވެސް، އެ މަޝްރޫއުތަކުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ފެންނާކަށް ނެތެވެ.

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފިހަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.