ފާޑުކިޔުން އަމާޒުވި ފަހުން މުސްތަފާއަށް ޕީއެސްއެމް އިން އަލުން ވަޒީފާ ދީފި

Nov 1, 2024, 2:39 PM
ފާޑުކިޔުން އަމާޒުވި ފަހުން މުސްތަފާއަށް ޕީއެސްއެމް އިން އަލުން ވަޒީފާ ދީފި

"އަދަދު" އިން ހެދި ތަހުގީގީ ޑޮކިއުމެންޓަރީ "ޖީ ސްކީލާން" އަށް އިނާމު ލިބުނު މަންޒަރު ޕީއެސްއެމް އިން ލައިވް ކުރުމުން، މީޑިއާ ކައުންސިލުގައި ޕީއެސްއެމް ތަމްސީލު ކުރާ އެ ކައުންސިލުގެ ރައީސް އަހުމަދު މުސްތަފާ ވަޒީފާއިން އިއްޔެ ކަނޑާލުމަށްފަހު އަނެއްކާ މިއަދު އަލުން ވަޒީފާ ދީފި އެވެ.

މުސްތަފާއަށް ވަޒީފާ ދިނީ އޭނާ ވަކި ކުރުމުން ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ފަހުންނެވެ. އެގޮތުން އިދިކޮޅު ޕީއެންއެފް، އެމްޑީޕީ އަދި ޖަމިއްޔާތަކުގެ ފާޑުކިޔުން ވެސް އެކަމާ ގުޅިގެން ސަރުކާރަށް އަމާޒުވި އެވެ.

ޕީއެސްއެމް އިން ބުނީ މުސްތަފާއަށް އަލުން ވަޒީފާ ދިނީ އޭނާ ވަކި ކުރަން ނިންމި ނިންމުން ބޯޑަށް އެޕީލް ކުރުމުން އެކަން ބެލުމަށްފަހު ކަމަށެވެ. އަދި އެ ކުންފުނިން ބުނީ މުސްތަފާއަށް އަލުން ވަޒީފާ ދިނީ، އިއްޔެ ވަޒީފާއިން ވަކި ކުރިއިރު، ނޭނގޭ ކަންތައްތައް އެނގުމުން ކަމަށެވެ.

ސިޔާސީ ޕާޓީތަކުންނާއި އެހެނިހެން ފަރާތްތަކުން ބުނެފައި ވަނީ ޕީއެސްއެމްގެ ވަޒީފާއިން މުސްތަފާ ވަކި ކުރީ މީޑިއާއަށް ނުފޫޒު ފޯރުވައި، މިނިވަން މީޑިއާއެއް ހިންގުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.

"މީޑިއާގެ އަޑު ކެނޑުމަށް ނުވަތަ ފަރުދުންގެ ޕްރޮފެޝަނަލް ނަޒާހަތްތެރި ކަމަށް އަދަބު ދިނުމަކީ މި ޑިމޮކްރެޓިކް ތަނބުތައް ބަލިކަށިކުރާނޭ ކަމެއް. މިނިވަން ނޫސްވެރިކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް އަޅުގަނޑުމެން އެންމެން ހިތްވަރާއެކު ތެދުވަން ޖެހޭ،" މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވި އެވެ.

ޕީއެސްއެމް އިން ވަކި ކުރިއިރު، މުސްތަފާ ހުންނެވީ ނިއުސް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގަ އެވެ. އިއްޔެ ވަޒީފާއިން ވަކި ކުރިއިރު، ޕީއެސްއެމްގައި އޭނާ 30 އަހަރު ވަނީ ހިދުމަތްކޮށްދީފަ އެވެ.

"ޖީ ސްކީލާން" އަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަވަހާރަވި ފަހުން ބައްޕާފުޅުގެ އަނބިކަނބަލުން މާލެ ވަޑައިގަތުމަށް މަސައްކަތް ކުރުމުން ރާއްޖެ ނާރުވައި ޑީޕޯޓްކޮށްލި މައްސަލައަށް ތައްޔާރުކޮށްފައިވާ ތަހުގީގީ ޑޮކިއުމެންޓަރީއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox