އަދަދުގެ ސިޔާސީ ކާޓޫނު ދައުރު ނޫހުން ޝާއިއު ކުރުމުން ކުށްވެރިވެއްޖެ

އަދަދުގެ ސިޔާސީ ކާޓޫނު ދައުރު ނޫހުން ޝާއިއު ކުރުމުން ކުށްވެރިވެއްޖެ

އަދަދު ނޫހުގެ ސިޔާސީ ކާޓޫނުގެ ވޮލިއުމް 22 ދައުރު ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އަންގާފައި ވަނިކޮށް އެ ފޮޓޯ ދައުރު ނޫހުން ޝާއިއު ކުރުމުން ކުށްވެރިވެއްޖެ އެވެ.

ދައުރު ނޫހަށް ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ބުނީ އަދަދު ނޫހުން ގެނެސްދިން ކާޓޫނުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާތީ، މައްސަލައިގެ ތަހުގީގު ނިމެންދެން ދައުރު ނޫހުގެ ހަބަރުގައި ޝާއިއުކޮށްފައިވާ ކާޓޫނުގެ ފޮޓޯ ރިމޫވް ކުރަން އިލްތިމާސްކުރާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގު ނިމި، ކޮމިޝަނުން މައްސަލައާ ގުޅިގެން ވަކި ގޮތެއް ނިންމަންދެން، ތިފަރާތުން 25 ޖެނުއަރީ 2026 ގެ 17:30 ގައި ތިފަރާތުގެ ވެބްސައިޓް (https://dhauru.com/post/news/41210) އަދި އެކްސްގައި ޝާއިއުކޮށްފައިވާ އެ ފޮޓޯ ވަގުތީ ގޮތުން ރިމޫވް ކުރުމަށް ތިފަރާތަށް އިލްތިމާސްކުރަން،" ކޮންޓްރޯލް ކޮމިޝަނުން ފޮނުވި ސިޓީގައި ބުންޏެވެ.

ދައުރު ނޫހުން އަދަދު ނޫހުގެ ސިޔާސީ ކާޓޫނުގެ ފޮޓޯ ޝާއިއުކުރީ އެއްވެސް ބަޔަކު އެ ފޮޓޯ ޝާއިއު ނުކުރުމަށް ބުނުމާއެކު ލިޔުނު ހަބަރުގެ އެތެރޭގަ އެވެ. ނަމަވެސް އޭގެ ފަހުން ކޮމިޝަނުން ވަނީ ހަމައެކަނި މީޑިއާތަކުން އެ ފޮޓޯ ދައުރު ނުކުރުމަށް އަންގާފަ އެވެ.

ކޮމިޝަނުން ފޮޓޯ ރިމޫވް ކުރުމަށް ދައުރު ނޫހަށް އެންގުމުން އެ ފޮޓޯ މިހާރު ވަނީ ރިމޫވްކޮށްފަ އެވެ.

އަދަދު ނޫހުން ގެނެސްދިން ސިޔާސީ ކާޓޫނު ރިމޫވް ކުރުމުގެ އިތުރުން އެ ސެގްމަންޓް ހުއްޓާލަން ދެވަނަ ފަހަރަށް ކޮންޓްރޯލް ކޮމިޝަނުން މިއަދު ވަނީ އަންގާފަ އެވެ. ނަމަވެސް އެ ނޫހުން އެ ކާޓޫނު ރިމޫވް ނުކުރާއިރު، އެ ސެގްމަންޓް ވެސް ހުއްޓާލާފައެއް ނުވެ އެވެ.

އެ ކޮމިޝަނުން ބުނީ އަދަދުގެ ސިޔާސީ ކާޓޫނުގެ މައްސަލަ ބަލަމުންދަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގައި ހިމެނޭ މައްސަލަ ބެލުމުގެ ބާރުގައި ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެ ކަމަށް ކޮމިޝަނަށް ފެންނަ ފަރާތްތަކުން، އެ މައުލޫމާތެއް ކޮމިޝަނަށް ދިނުމަށް އެންގިދާނެ ކަމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.

އަދަދު ނޫހުގެ ސިޔާސީ ކާޓޫނާ މެދު ގޮތެއް ނިމިގެންދާނީ، މައްސަލައާ ގުޅުންހުރި އެންމެހައި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި މައުލޫމާތުތަކުގެ މައްޗަށް ރިޔާޔަތްކޮށް ކަމަށް ކޮމިޝަނުން ބުންޏެވެ.

ނަމަވެސް އަދަދު އިން ގެނެސްދިން ސިޔާސީ ކާޓޫނުގެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދޭން އަދަދު ނޫހުން އެދިފައިވެ އެވެ.

އިންޓަނެޓުގައި ޝާއިއު ކުރާ ކޮންޓެންޓަށް އަމުރު ފޯރުވުމުގެ ބާރު ކޮމިޝަނަށް ނުލިބޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ދިޔައީ ބުނަމުންނެވެ. އެކަމަކު، ނޫސްވެރިންގެ ޖަމިއްޔާ އާއި ނޫސްވެރިން އެއިރު ވެސް ބުނަމުންދިޔައީ ގާނޫނު ފަރުމާކޮށްފައި އޮތް ގޮތުން އިންޓަނެޓުގައި ޝާއިއު ކުރާ ކޮންޓެންޓަށް ވެސް ކޮމިޝަނަށް ބާރު ފޯރުވޭނެ ކަމަށެވެ.

މިއީ އަދަދު ނޫހުގައި ޝާއިއުކުރި ކޮންޓެންޓެއް ނެގުމަށް މީޑިއާ ނެތިކޮށްލާ ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ. އޭގެއިތުރުން މިއީ އާންމުން ކޮންޓެންޓެއް ދައުރު ނުކުރުމަށް ކޮމިޝަނުން އެންގި ވެސް ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox