މީޑިއާ ކޮމިޝަނުން ފެންނަނީ ހިޔާލުފާޅުކުރުން ހުއްޓުވުމުގައި ސަރުކާރުގެ އަޅަކަށްވި ތަން: ޒަރިޔަންދު

މީޑިއާ ކޮމިޝަނުން ފެންނަނީ ހިޔާލުފާޅުކުރުން ހުއްޓުވުމުގައި ސަރުކާރުގެ އަޅަކަށްވި ތަން: ޒަރިޔަންދު

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު، ސަރުކާރަށާއި އަލަށް އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ 22 ނަންބަރު ސިޔާސީ ކާޓޫނު ނޫސްތަކާއި އާންމުން ވެސް ފެތުރުން މަނާކޮށްފައި ވަނިކޮށް ޒަރިޔަންދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުރެހުމުން ސަރުކާރު ކަންބޮޑުވާ ސަބަބަކީ ދައުލަތުގެ ހިންގުމުގެ ތެރޭގައި މިއަދު އާންމުވެފައިވާ ކޮރަޕްޝަންގެ ހަގީގަތް އެއިން ސިފަކޮށްދޭތީ ކަމަށެވެ.

މީޑިއާ ކޮމިޝަންގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދަވަމުން އޭނާ ވިދާޅުވީ އެ ކޮމިޝަން އުފެދުނު ތަނުން މި ފެނުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގައި ސަރުކާރުން ބޭނުންކުރާ ވަސީލަތަކަށް ވީތަން ކަމަށެވެ.

Advertisement

"މި ކުރެހުމަށް ސަރުކާރުން ކަންބޮޑުވާ ސަބަބެއްކަމަށް ފެންނަނީ؛ ދައުލަތުގެ ހިންގުމުގައި މިއަދު ޢާއްމުވެފައިވާ ރިޝްވަތާއި ކޮރަޕްޝަންގެ ހާލަތު ސިފަކޮށްދިނުމެވެ. މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއުފެދުނު ތަނުން މިފެނުނީ ހިޔާލުފާޅުކުރުން ހުއްޓުވުމުގައި ސަރުކާރުގެ އަޅަކަށް ވީތަނެވެ،" އޭނާ ވިދާޅުވި އެވެ.

އަދަދު ނޫހުގެ އެކްސް އަދި ފޭސްބުކްގައި ޝާއިއުކުރި މި ކާޓޫނު ނެގުމަށާއި މައްސަލަ ބަލައި ނިމެންދެން އެ ސެގްމަންޓު ހުއްޓާލަން އަދަދު ނޫހަށް އަންގާފައިވެ އެވެ.

އެކަމާ ގުޅިގެން އާންމުން ހިތްހަމަ ނުޖެހި، އެ ކާޓޫނުން ދީނަށް ފުރައްސާރަކޮށްފައި ނެތްކަމަށް ބުނެ އާންމުން މި ކާޓޫން ވަރަށް ބޮޑަށް ދައުރުކުރަން ފެށުމުން އެކަން ހުއްޓުވަން މީޑިއާ ކޮމިޝަނުން އިއްޔެ ބަޔާނެއް ނެރުނެވެ. ނަމަވެސް އެ ބަޔާނަށް އިންތިހާ އަށް ފާޑުކިޔުން އަމާޒުވެ، ކާޓޫނު އިތުރަށް ފަތުރަން ފެށުމުން، މީޑިއާތަކުން ފެތުރުން މަނާކަމަށް ބަޔާން ބަދަލުކުރި އެވެ.

ކާޓޫނުގެ މައްސަލައިގައި އަދަދު ނޫހުން މިއަދު ކޮމިޝަނަށް ޖަވާބެއް ފޮނުވަން ޖެހޭނެ ކަމަށް އަންގާފައިވެ އެވެ.

ކާޓޫނުގެ މައްސަލައާ ގުޅޭ ހަބަރުތައް

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox