ބަޖެޓު 2025: ފަސް ސްޕެޝަލިސްޓު ހޮސްޕިޓަލެއް އަޅަން ބަޖެޓުގައި ހިމަނައިފި

ހެލްތު މިނިސްޓަރު ނާޒިމް: ސްޕެޝަލިސްޓު ފަސް ހޮސްޕިޓަލެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި --- ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓަރު ނާޒިމް: ސްޕެޝަލިސްޓު ފަސް ހޮސްޕިޓަލެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި --- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓުގައި ފަސް ސްޕެޝަލިސްޓު ހޮސްޕިޓަލެއް އަޅަން ހިމަނައިފި އެވެ.

2025 އަށް ލަފާކުރާ ބަޖެޓު ހުށަހެޅުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 1:00 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. ބަޖެޓު ހުށަހަޅުއްވާނީ މާލީ ވަޒީރު މޫސާ ޒަމީރު އެވެ.

ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމެނޭ ބައެއް ކަންކަމުގެ ތަފުސީލު ވަނީ މި ނޫހަށް ލިބިފަ އެވެ. އެގޮތުން ސިއްހީ ދާއިރާއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި އެންމެ ފުރަތަމަ އިސްކަމެއްގެ ގޮތުގައި އޮތީ ސްޕެޝަލިސްޓު ފަސް ހޮސްޕިޓަލެއް އެޅުމެވެ.

އެއީ ފަސް ހޮސްޕިޓަލު ހާއްސަކުރަނީ ކޮން ބޭނުމަކަށް ކަމެއް ބަޖެޓު ތަފުސީލުތައް ނުލިބޭތީ އަދި ނޭނގެ އެވެ. ނަމަވެސް، މި ސަރުކާރުން ވަނީ ކެންސަރުގެ ފަރުވާތަކަށް ހާއްސަ ހޮސްޕިޓަލެއް އަދި ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއްގެ އިތުރުން މައިންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަޅާނެކަން އިއުލާނުކޮށްފަ އެވެ.

ތެލަސީމިއާ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ކެބިނެޓުން ފާސްކޮށް، އެކަން އިއުލާނުކުރީ ޑިސެމްބަރު 10، 2023 ގަ އެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު މިހާތަނަށް ސަރުކާރުން ހާމަ ނުކުރެ އެވެ.

މީގެ އިތުރުން، ކެންސަރު ހޮސްޕިޓަލު އެޅުމަށް ބޭރުން ހިލޭ އެހީ ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގައި ބައިވެރިވާން ސަރުކާރުން ނިންމާ އެކަން ވަނީ މަޖިލީހުން ވެސް ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox