އޭއެފްސީ ޗެލެންޖް ލީގު: އަލް އަރަބި އަތުން ބަލިވެ މާޒިޔާ އަށް ގެއްލުން

މާޒިޔާ އާއި އަލް އަރަބި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

މާޒިޔާ އާއި އަލް އަރަބި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ކުވައިތު ލީގުގެ ދެ ވަނަ، އަލް އަރަބި އަތުން 2-0 އިން ބަލިވެ, މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އޭއެފްސީ ޗެލެންޖް ލީގުގެ ދެ ވަނަ ބުރަށް ދިއުމުގައި އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

މި މެޗު ފަށައިގެން މާޒިޔާ އަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް އަރަބި ޓީމުން ވަނީ ކައިރި ކައިރީގައި ދެ ގޯލު ޖަހާ ލީޑު ނަގާފަ އެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި އަލް އަރަބީގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހާދިނީ ޔޫސުފް މަޖީދެވެ. މިއީ ހަމްޒާ ޚަބާ ނަގާދިން ކޯނަރަކަށް ފުންމައިގެން އަރާ ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން މަޖީދު ޖެހި ގޯލެކެވެ.

އޭގެ މިނެޓެއް ފަހުން, އަލީ ޚަލަފް ވަނީ އިތުރު ގޯލެއް ޖަހާ އަރަބީގެ ލީޑު ފުޅާކޮށްދީފަ އެވެ. މިއީ މާޒިޔާގެ އޭރިއާ މެދުގައި ހުރެ, ފޮނުވާލި ބާރު ހަމަލާއަކުން ޚަލަފް ކާމިޔާބުކުރި ގޯލެކެވެ. މާޒިޔާގެ ކުޅުންތެރިން ވަނީ ޚަލަފް ގޯލް ޖެހުމުގެ ކުރިން އަރަބީގެ ކުޅުންތެރިޔަކު, މާޒިޔާގެ ސަމޫހް އަލީ (ސަމުއްޓޭ) އަށް ފައުލްކުރި ކަމަށް ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.

މި ދެ ލަނޑަށްފަހު މާޒިޔާ އިން ގޭމުގެ ތެރެއަށްވަދެ އަރަބި ޓީމަށް ނުރައްކާކުރި އެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި މާޒިޔާގެ ބްރެޒިލް ފޯވާޑް ވިލްކްސަން ބޮލުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ހަތް މިނެޓު ފަހުން ވެސް ވިލްކްސަން އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

ހަމްޒާ މުހައްމަދު (ހަމްޕު) ނަގާދިން ހުރަސް މުޅިން ހުސްކޮށް ވިލްކްސަން އަށް ލިބުނުއިރު, އޭނާ އަށް މި ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަމްޕު ވަނީ އަރަބީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ މަތީ ކަނާ އަމާޒުކޮށް ބާރު ހަމަލާ އެއް ފޮނުވާލާފަ އެވެ. އެކަމަކު އެ ހަމަލާގެ ހުރަހަކަށްވީ އަރަބީގެ ކީޕަރު ސުލައިމާން އަބްދުލް ގަފޫރެވެ.

މެޗުގެ 57 ވަނަ މިނެޓުގައި މާޒިޔާގެ މިޑްފީލްޑަރު އަހުމަދު އައިހަމް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ބަދަލަކަށް ކުޅެން އެރި އަބްދުالله ލޫތް އަދި ނާއިޒް ހަސަން (ދާދު) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް ނުހިފުނެވެ.

މާޒިޔާ އިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ތުރުކުމެނިސްތާން ޗެމްޕިއަން އަރްކަޑަގް އަތުން ވަނީ 2-1 ގެ ނަތީޖާ އަކުން ބަލިވެފަ އެވެ. އިއްޔެ ކުޅުނު ފުރަތަމަ، އަރްކަޑަގް ކުޅުނު މެޗުން އެ ޓީމު ވަނީ އަބްދޭޝް އަތުން 3-0 ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ.

ތުރުކުމެނިސްތާންގެ ޗެމްޕިއަން، އަރްކަޑަގް މި ވަގުތު އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް އަބްދީޝް އާއި ތިން ވަނައިގައި އޮތް އަލް އަރަބި އަށް ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. މާޒިޔާ ހަތަރެއްގައި އޮތީ އަދި ޕޮއިންޓެއް ނުލިބި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox