މި ފިހާރައަށް ގޮސްފިންތަ؟

ޖޭ މޯލްޑިވްސް ހާޑުވެއާ ފިހާރަ

ޖޭ މޯލްޑިވްސް ހާޑުވެއާ ފިހާރަ

ރަނގަޅު ޝަވަރަކާއި، ފާހާނަ އަށް ބޭނުންވާ ބައެއް ސާމާނު ހޯދަން މަސައްކަތް ކުރަނިކޮށް އެކުވެރިޔަކު އަހައިލި އެވެ.

"ޖޭ މޯލްޑިވްސް ހާޑްވެއާ ފިހާރަ ބަލައިފިންތަ؟"

މިއީ އެ ފިހާރައިގެ ނަން އަޑުއިވުނު ފުރަތަމަ ފަހަރެވެ. ހުޅުމާލޭ ހަލަވެލި މަގުގައި ހުންނަ އެ ފިހާރައަށް ވަދެ ނަޒަރު ހިންގައިލިއިރު ލޮލުގައި އަޅައިގައީ އެކި ޒަމާނީ ވައްތަރުތަކުގެ ޝަވަރު ސެޓުތަކެވެ. އެއަށް ފަހު، ދެން ހިތް ދަމައިގަތީ ބަރިބަރިއަށް އަތުރާފައި ހުރި ފާހާނާގައި ބަހައްޓާ މޫނު ދޮންނަ މުށި ތަށިތަކަށެވެ.

ޝަވަރުގެ ފެންވަރު ވަޒަންކުރުމަށް ސޭޓު ދިނީ ނަރުގަނޑެކެވެ. އަތުގައި ހުރި ބާރުމިނުގައި އޭގެން ޝަވަރުގައި ކޭއްތިއިރު ކޫރުމެއް ވެސް ނޭޅުނެވެ.

"ވަރަށް ހިތްގައިމުކޮށް ފެންވަރައިލެވޭނެ،" ވިސްނާލަން އިން ވަގުތު ފިހާރައިގެ ސޭޓު، ފަހަތުން ބުނެލި އަޑު އިވުނެވެ.

ޖޭ މޯލްޑިވްސްގައި ހަމައެކަނި ހުރީ ޝަވަރު ސެޓާއި މޫނު ދޮންނަ ތަށްޓެއް ނޫނެވެ.

ފާހާނާ އާއި ފެންވަައިރުކުރަން ބޭނުންކުރާ ސާމާނުގެ އިތުރުން ބަދިގޭގައި ބޭނުންކުރާ ސިންކާއި، އިސްކުރުން ފެށިގެން ގަސްކޮށާ ކީހާ ހަމައަށް ހާޑުވެއާގެ ހުރިހާ ސާމާނެއް އެބަ ހުއްޓެވެ. ސިޓިން ރޫމާއި އޮފީސްތައް އިސާހިތަކު ރީތިކޮށްލަން ފާރުގައި ޖަހައިލެވޭ ޑިޒައިން އެޅި އޮފުއަރާ ފިލާ ވެސް އެބަ ހުއްޓެވެ.

ވަޑާމުގެ ބޭނުންތަކަށް ބޭނުންކުރާ ކީހާއި އެހެނިހެން ސާމާނާއި އެކި ވައްތަރުގެ ލައިޓާއި ކަރަންޓު ވައިރުކުރަން ބޭނުންވާ ސާމާނާއި ކުލަ ލާން ބޭނުންވާ ތަކެތި އަދި ވޯޓާ ޕިއުރިފައި މެޝިންގެ ފިލްޓަރު ވެސް މި ފިހާރައިން ލިބެން އެބަ ހުއްޓެވެ.

އަގުތައް ވެސް ހުރީ އަތްފޯރާ ފަށުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox