އޭއެފްސީ ޗެލެންޖް ލީގު: ތުރުކުމެނިސްތާން ޗެމްޕިއަން އަރްކަޑަގް އަތުން މާޒިޔާ ބަލިވެއްޖެ

އޭއެފްސީ ޗެލެންޖް ލީގު: ތުރުކުމެނިސްތާން ޗެމްޕިއަން އަރްކަޑަގް އަތުން މާޒިޔާ ބަލިވެއްޖެ

އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފުރަތަމަ މެޗުން ތުރުކުމެނިސްތާން ޗެމްޕިއަން، އަކްރަޑަގް އަތުން 2-1 އިން ބަލިވެއްޖެ އެވެ.

ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ އިން މި ފަހަރު މި ވާދަކުރަނީ އޭއެފްސީން މި ފަހަރު އަލަށް ފެށި ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޗެލެންޖް ލީގުގަ އެވެ. ކުވެއިތު ސިޓީގައި ކުޅޭ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުން، ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ ލީގު ޗެމްޕިއަން އަބްދީޝް އާޓާ ވަނީ، 1-0 އިން ކުވެއިތު ލީގުގެ ދެ ވަނަ، އަލް އަރާބީ އަތުން މޮޅުވެފަ އެވެ.

އަލް ކުވެއިތު ސްޕޯޓްސް ކްލަބްގައި މިރޭ ކުޅުނު މެޗު ފަށައިގެން މާޒިޔާ އިން ދިޔައީ ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކުރަމުންނެވެ. އެ ގޮތުން، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ހުސްކޮށްލާފައި އޭރިއާތެރެއިން ދިން ބޯޅައެއް އަރްކަޑަގްގެ ކީޕަރު، އަހަލިއޭވް ރުސްޓަމް ކައިރިން ނައްޓާފައި މާޒިޔާގެ އޮސްޓްރޭލިއާ ފޯވާޑް، ނިކޮލަސް އޮލްސެން ޖެހި ބޯޅަ އަރްކަޑަގް ޑިފެންޑަރަކު ވަނީ ސަލާމަތްކޮށްފަ އެވެ.

އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާގެ އޮލްސެން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އޭގެ ފަހުން، މާޒިޔާގެ ބްރެޒިލް ފޯވާޑް، ވިލްކްސަން ބޮލުން ޖެހި ބޯޅައެއް، އަރްކަޑަގް ކީޕަރު، އަހަލިއޭވް ވަނީ މަތަކޮށްފަ އެވެ.

މާޒިޔާގެ ކީޕަރު ނެމަންޏާ ލެމަޖިޗް ވަނީ މެޗު 0-0 ގައި އޮއްވައި، ރަނގަޅު ހަމަލާއެއް ހުއްޓުވައިފަ އެވެ. ކޯނަރެއްގައި ކުޑަ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އަރްކަޑަގްގެ ފޯވާޑް ޝަނާޒް ޓާކިޝޯފް ޖެހި ބޯޅަ ކީޕަރު ނެމާންޏާ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، މާޒިޔާ އިން ލީޑުނެގީ އެ ޓީމަށް ކުޅޭ ފަލަސްތީނުގެ މިޑްފީލްޑަރު ޖޮނަތަން ކަންޓިއާނާ ޖެހި ގޯލުންނެވެ. މެޗުގެ 42 ވަނަ މިނިޓްގައި، އަލީ ފާސިރު (ސެންޓޭ) ނެގި ހުރަހެއް ރަނގަޅަށް އަރްކަޑަގް ކުޅުންތެރިންނަށް ސަލާމަތްނުކުރެވުނުއިރު، އެ ބޯޅަ ހޯދައި، ޖޮނަތަން ވަނީ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އަރްކަޑަގް އިން ދެ ވަނަ ހާފް ފަށައިގެން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ، މެޗުގެ 57 ވަނަ މިނިޓްގައި ރަނގަޅު ޝޮޓެއް ފޮނުވާލި އެވެ. އެ ގޮތުން، އޭރިއާރޮނގުމަތިން ވެލްމިރާޓް ބަލަކޯވް ޖެހި ބޯޅަ ވެސް ކީޕަރު ނެމާންޏާ ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މެޗުގެ 62 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި މާޒިޔާގެ ހަމްޕުއާ ގުޅިގެން އޮލްސަން ކުރި އެޓޭކެއްގައި އޭނާ އޭރިއާތެރެއިން ޖެހި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. އޭގެ ހަތަރު މިނިޓް ފަހުން، އަރްކަޑަގް އިން އެއްވަރުކުރި އެވެ. މިއީ، އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ޑުރްޑިއޭވް ބޮލުން ވައްދާލި ގޯލެކެވެ. އޭނާ ކުޅެން އެރީ މި ހާފުގައި ބަދަލަކަށެެވެ. އަރްކަޑަގުން ލީޑުނެގީ މެޗުގެ 77 ވަަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އަނަދުއަދިއޭވް ބޮލުން ޖެހި ގޯލެކެވެ.

ބަދަލުތަކެއް ގެނެސްގެން މާޒިޔާ އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގައި އެ ޓީމުން ފޮނުވާލި ހަމަލާތައް ގޯލާ ސީދާނުވި އެވެ. އެ ގޮތުން، ނާއިޒު ހަސަން (ދާދު) ޖެހި ބޯޅަ ބްލޮކްވިއިރު، ހަސަން ރާއިފް (ހަންނަ) ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ފަހު ވަގުތު ދިގު އެއްލުންތަކެއް އެއްލައިގެން ގޯލެއް ޖަހައި އެއްވަރުކުރެވޭތޯ މާޒިޔާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން މާޒިޔާ އިން ކުޅުނު ފުރަތަމަ ރަސްމީ މެޗެެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފަށާތީ މާޒިޔާ އިން މި ފަހަރުގެ ޗެލެންްޖް ލީގަށް މި ނުކުތީ ދޮޅު މަހެއްހާ ދަވަހު ޕްރެކްޓިސްކޮށް ރަސްމީ މެޗެއް ނުކުޅެ އެވެ.

ޗެލެންޖް ލީގުގައި މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ބައްދަލުކުރާނީ އަލް އަރާބީއާ ދެކޮޅަށެވެ. ޗެލެންޖް ލީގުގެ ވެސްޓް ޒޯނުގައި އޮތީ ތިން ގްރޫޕެކެވެ. ތިން ގްރޫޕުން އެއް ވަނަ އަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވާއިރު، ދެން ކުއާޓާ އަށް ދާނީ، ތިން ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox