ޕްލޮޓު ނަންބަރު ކަނޑަނާޅައި، ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަންގާރަ ދުވަހު ގުރު ނަގަނީ

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ގޯތި ގުރު ނެގުން -- ފޮޓޯ: އަދަދު ފައިލް

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ގޯތި ގުރު ނެގުން -- ފޮޓޯ: އަދަދު ފައިލް

އަލަށް ފާސްކުރި ލޭންޑް ޔޫސް ޕްލޭނުގެ ދަށުން ޕްލޮޓުތަކަށް ނަންބަރު ނުދީ، އެތަނުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރު ނެގުން އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށް ސަރުކާރުން އިއުލާނުކޮށްފި އެވެ.

ހައުސިން މިނިސްޓަރީން ރޭ ގެޒެޓުކުރި އިއުލާނުގައި ބުނީ ގުރު ނެގުން އޮންނާނީ އޮކްޓޯބަރު 29، ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

ގުރު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ ހައުސިން މިނިސްޓަރީން އެކުލަވާލައިފައިވާ ލިސްޓުގައިވާ ތަރުތީބުން އެ މިނިސްޓަރީގެ މުވައްޒަފުންގެ ބެލުމުގެ ދަށުން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. ގުރު ނަގާ މަންޒަރު ޕަބްލިކް މީޑީއާއިން ލައިވް ކުރާނެ ކަމަށް ވެސް މިނިސްޓަރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ޖެހުނީ މިދިޔަ ސަރުކާރުން ފާސްކުރި ލޭންޑް ޔޫސް ޕްލޭންގެ ބަދަލުގައި އާ ޕްލޭންތަކެއް މި ސަރުކާރުން ފާސްކޮށް އާންމު ކުރުމުންނެވެ.

މި ސަރުކާރުން ފާސްކޮށް މި ހިނގާ އޮކްޓޯބަރު 16، ގައި އާންމުކުރި ލޭންޑް ޔޫސް ޕްލޭންތަކުގައި ކުޅިވަރު ކުޅެން ހާއްސަ ސަރަހައްދުތަކާއި މުނިސިޕަލް ހިދުމަތްތައް ދޭ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުތަކުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތަކަށް އިތުރު ބިންތައް ކަނޑައަޅައިފަ އެެވެ.

ނަމަވެސް އެ ޕްލޭންތަކުގައި ގޯތީގެ ޕްލޮޓް ނަންބަރުތައް ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންކަމުން ގުރުއަތު ލީ ނަމަވެސް، ބޭނުން ބަޔަކަށް ގުޅީފަޅުގެ ބޭނުން ސަރަހައްދަކުން ގޯތި ދިނުމުގެ ފުރުސަތު މިނިސްޓަރީއަށް އޮންނާނެ އެވެ.

ގުޅީފަޅާއި ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން
ގުޅީފަޅާއި ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން

ގުޅީފަޅާއި ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން

ހައުސިން މިނިސްޓަރީގެ އިއުލާނުގައި ބުނީ ގުޅީފަޅުން ގޯތި ލިބުނު މީހެއްގެ ބަދަލުގައި ގުރު ނަގަން އެހެން މީހަކު ހާޒިރުވާ ނަމަ ހާޒިރު ވާންޖެހޭނީ ބިން ލިބޭ މީހާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީ އަކާއެކު ކަމަށެވެ.

ގުރު ނަގާ މީހުންގެ ތެރޭގައި ގިރާވަރުން ގުޅީފަޅަށް ބިން ބަދަލު ކުރި މީހުން ވެސް ހިމެނޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. ގޯތިތަކުގެ ރެޖިސްޓަރީ އާއި ބިން ލިބޭ ފަރާތްތަކާ އެކުވާ އެއްބަސްވުން ތަކާގުޅޭ މައުލޫމާތު ގުރު ނަގާ ނިމުމުން ފަހުން ހިއްސާ ކުރާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ކުރީގެ ސަރުކާރުން ނިންމީ ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށެވެ. އެއީ 18،955 މީހުންނަށް 9001 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox