ދިރުވާލައިގެން 108 ކޮކެއިން ބުލެޓް އެތެރެކުރި ގާނާ މީހަކު 12 އަހަރަށް ޖަލަށް

ކްރިމިނަލް ކޯޓު: ރާއްޖެއަށް ދިރުވާލައިގެން 108 ކޮކެއިން ބުލެޓް އެތެރެކުރި ގާނާ މީހަކު 12 އަހަރަށް ވަނީ ޖަލަށް ލާފައި -- ފޮޓޯ: އަދަދު ފައިލް

ކްރިމިނަލް ކޯޓު: ރާއްޖެއަށް ދިރުވާލައިގެން 108 ކޮކެއިން ބުލެޓް އެތެރެކުރި ގާނާ މީހަކު 12 އަހަރަށް ވަނީ ޖަލަށް ލާފައި -- ފޮޓޯ: އަދަދު ފައިލް

ދިރުވާލައިގެން 108 ކޮކެއިން ބުލެޓް ރާއްޖެ އެތެރެކުރި ގާނާ މީހަކު 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ހުކުމް ކޮށްފި އެވެ.

އައްޕިއަހް ޖޭމްސް ނަމަކަށް ކިޔާ އެ މީހާގެ މައްޗަށް ދައުވާ ކުރީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާ އެވެ.

ގަތަރު އެއާވޭސްގެ ފްލައިޓަކުން ޖޫން 12، ގައި ރާއްޖެ އައި އެ މީހާ ހައްޔަރުކުރީ ކަސްޓަމު އޮފިސަރުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަ ކުރެވިގެން ސްކޭން ކުރިއިރު ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކޮށްފައިވާ ކަމަށް ޝައްކު ކުރެވިގެން، އައިޖީއެމްއެޗްއަށް ގޮސް ހެދި އިތުރު ސްކޭންތަކަށްފަހު އެވެ.

Advertisement

ފުލުހުންގެ ބެލުމުގެ ދަށުގައި އައްޕިއަހް ޖޭމްސް ހުއްޓައި އެކި ފަހަރު މަތިން ބޮޑު ކަމު ދިޔަ ތަކެތިން ފެނިފައިވާ 108 ބުލެޓުގެ ބަރުދަނުގައި 1.4 ކިލޯގެ ކޮކެއިން ހުރި ކަމަށް ތަހުލީލު ރިޕޯޓްތަކުން ދެއްކި އެވެ.

ދައުލަތުގެ ފަރާތުން އައްޕިއަހް ޖޭމްސްގެ މައްޗަށް ކުރި މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރި ކަމުގެ ދައުވާއަށް އޭނާ އިއުތިރާފުވުމުން، ދައުލަތާ އެކު އޭނާ ވަނީ އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފަ އެވެ.

އިއުތިރާފް އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަދަބެއްގެ ގޮތުގައި ކަނޑައެޅީ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، 100،000ރ. އިން ޖޫރިމަނާ ކުރުމެވެ.

އައްޕިއަހް ޖޭމްސް ތަހުގީގުގެ މުއްދަތަށް ބަންދުގައި ހުރި ހަތަރު މަހާއި 10 ދުވަސް އުނި ކުރުމަށްފަހު އޭނާގެ މައްޗަށް އިއްވީ 12 އަހަރާއި އެއް މަހާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox