ރިސޯޓު ހަދަން ދޫކޮށްފައިވާ 22 ރަށެއްގެ އެއްބަސްވުން ބާތިލުކުރަން އޭޖީގެ ލަފާ ހޯދަނީ

ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޮށި: ރައީސް މައުމޫންގެ ސަރުކާރުގައި ދޫކުރި މި ރަށުގައި އަދިވެސް ރިސޯޓެއް ތަރައްގީނުކުރެވޭ -- ފޮޓޯ: ރެޑިސަން

ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޮށި: ރައީސް މައުމޫންގެ ސަރުކާރުގައި ދޫކުރި މި ރަށުގައި އަދިވެސް ރިސޯޓެއް ތަރައްގީނުކުރެވޭ -- ފޮޓޯ: ރެޑިސަން

ޓޫރިސްޓު ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެ ތަންތަން ތަރައްގީކުރަން އެއްވެސް މަސައްކަތެއް ނުކޮށް ހުރި 22 ރަށެއްގެ އެއްބަސްވުން ބާތިލުކުރުމާ މެދު ގޮތެއް ނިންމަން ބަންޑާރަނައިބުގެ ލަފަޔަކަށް އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ، ރިސޯޓު ތަރައްގީކުރަން ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ 58 ރަށެއް ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 15 އަހަރާއި 20 އަހަރާއި 30 އަހަރު ވެފައިވާ ރަށްތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި 15، 20، 30 އަހަރު ވަންދެން ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރެވިފައި އެބަހުރި. އަޅުގަނޑުމެން އެކަމުގެ މަސައްކަތް މިނިސްޓްރީން ފަށާ، އޭގެ ދަފުތަރެއް އެކުލަވާލެވުނުއިރު، މިއަދާ ހިސާބަށް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވި، ދަފުތަރު ކުރެވިފައި އޮތީ މުޅި ރާއްޖޭގައި ޓޫރިޒަމްގެ ބޭނުމަށް ދޫކުރެވި، އެ ރަށްތައް މާކެޓަށް ނުނެރެވި ހުރި," ފައިސަލް ވިދާޅުވި އެވެ.

މަސައްކަތް ހުއްޓިފައިވާ ރަށްތަކުގެ މައުލޫމާތު ސާފުކުރަން އެ ތަންތަން ނަގާފައި ތިބި މީހުންނާއި ވިޔަފާރިތަކާ ޓޫރިޒަމް މިނިސްޓްރީން ބައްދަލުކޮށް، އެ ރަށްތައް ތަރައްގީކުރަން ކުރަމުންދާ މަސައްކަތް ސާފުކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މި މައުލޫމާތު ސާފުކުރުމަށް ފަހު ޕޮލިސީ ޕޭޕަރެއް ތައްޔާރުކޮށް، އިކޮނޮމިކް ކައުންސިލުން ގޮތްތަކެއް ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ޓޫރިޒަމް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން އަންނަ މަހު މަޖިލީހަށް ހުށަހަޅާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. މިގޮތަށް ގާނޫނު ބަދަލުކުރަން ނިންމި ސަބަބު ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ ރަށްތަކުގެ އެއްބަސްވުން ބާތިލުކުރުމުން ކޯޓަށް ގޮސް އެކަށީގެން ނުވާ ބަދަލު ހޯދާފައިވާ ކަމަށާއި، ބޭނުމަކީ އެ ފުރުސަތު ނުދިނުން ކަމަށެވެ.

"އަޅުގަނޑުމެން އެގޮތަށް އިސްލާހު ގެންނަން ހުށަހެޅީ ދިވެހިރާއްޖޭގައި މިގޮތަށް ދޫކުރެވިފައި ހުރި ރަށްތައް ދައުލަތުން، ޓޫރިޒަމް މިނިސްޓްރީން ޓާމިނޭޓު ކުރުމުން އެ ފަރާތްތަކުން ކޯޓަށް ވަޑައިގެން އެކަށީގެން ނުވާ ބަދަލުތަކެއް އޭގެ ތެރެއިން ހޯދަމުންދާކަން ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތަކުން ބެލިބެލުމުގައި ފާހަގަކުރެވިފައި ވާތީ، އެ ފުރުސަތު ނުދިނުމުގެ ގޮތުން،" އޭނާ ވިދާޅުވި އެވެ.

ނުހެދި ހުރި ރަށްތަކާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތަކުގައި އެ ރަށްތައް ހުއްޓިފައިވާ މައިގަނޑު ސަބަބަކީ ރާއްޖޭގެ ބޭންކުތަކުން އެ ރަށްތައް ތަރައްގީކުރަން ފައިސާ ނުލިބުން ކަމަށް ފައިސަލް ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ ޑިވެލޮޕްމަންޓު ބޭންކު ވުޖޫދަށް އައުމުން މިކަމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިވެލޮޕްމަންޓް ބޭންކު ގާއިމުކުރެވުނީމައި، އެއީ ދިވެހި ޒުވާނުންނަށާއި ދިވެހި ރައްޔިތުންނަށް ހާއްސަކޮށް ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އިންވެސްްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ފަހިވެގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ފައިސަލް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރަށްތައް އަތުލުމުގެ ބަދަލުގައި ރަށްތައް ނަގާފައި ތިބި މީހުންނާއި ރާއްޖެއަށް އިންވެސްޓުކުރަން ބޭނުންވާ ބޭރުގެ އިންވެސްޓަރުންނާ ގުޅުވައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ހަމައެހެންމެ އެ ރަށްތަކުން ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށާއި، ރަށްތައް މާކެޓަށް ނެރޭ ނަމަ، އެކަމުގައި ވެސް ދެވޭނެ ލުއިތަކެއް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓު ތަރައްގީކުރަން ނަގާފައިވާ ރަށްތައް ނުނިމި ދިގުލައިގެންދާ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެކެވެ. ކުރީ ސަރުކާރުގައި ވެސް މިކަން ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭރު ބުނީ އެއްބަސްވުންތަކަށް ބަދަލު ގެނެސް ފަހުން ދިން މުއްދަތުގެ ތެރޭގައި ރަށްތައް ތަރައްގީކޮށް ނުނިންމައިފި ނަމަ އެ ރަށްތައް އަތުލާނެ ކަމަށެވެ. މިހެން ނަމަވެސް މިހާތަނަށް އެއްވެސް ރަށެއްގެ އެއްބަސްވުން ބާތިލެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox