ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުނަގަން ބޭނުންވާ އައިޓީ ސާމާނު ހޯދަނީ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: އެ މިނިސްޓަރީން މިއަދު ގެޒެޓުކުރި ކުރީ އައި7 ގެ ލެޕްޓޮޕަކާއި 24 އިންޗީގެ މޮނިޓަރެއްގެ އިތުރުން 55 އިންޗީގެ ހަތަރު ޓީވީ ހޯދުމަށް -- ފޮޓޯ: އަދަދު ފައިލް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: އެ މިނިސްޓަރީން މިއަދު ގެޒެޓުކުރި ކުރީ އައި7 ގެ ލެޕްޓޮޕަކާއި 24 އިންޗީގެ މޮނިޓަރެއްގެ އިތުރުން 55 އިންޗީގެ ހަތަރު ޓީވީ ހޯދުމަށް -- ފޮޓޯ: އަދަދު ފައިލް

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނެގުމަށް ބޭނުންވާ އައިޓީ ސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓަރީން އިއުލާނު ކޮށްފި އެވެ.

އެ މިނިސްޓަރީން މިއަދު ސަރުކާރުގެ ގެޒެޓްގައި އިއުލާނުކުރީ އައި7 ގެ ލެޕްޓޮޕަކާއި 24 އިންޗީގެ މޮނިޓަރެއްގެ އިތުރުން 55 އިންޗީގެ ހަތަރު ޓީވީ ހޯދުމަށެވެ.

ބީލަމާ ބެހޭ މައުލޫމާތު ސާފު ކުރުން މާދަމާގެ މެންދުރު 2:00 އަށް ތާވަލުކޮށްފައިވާއިރު، ބީލަން ހުށަހަޅަންޖެހޭ ތާރީހަކީ އަންނަ އާދީއްތަ ދުވަހެވެ.

ބީލަމުގެ މައުލޫމާތު ޝީޓުގައި ބަޔާން ކޮށްފައި ވާގޮތުން ބީލަން ކާމިޔާބު ކުރާ ފަރާތަކުން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން އެއް ދުވަސް ތެރޭގައި އެ ތަކެތި ހައުސިން މިނިސްޓަރީއާ ހަވާލު ކުރަންޖެހެ އެވެ.

ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނަގަން ހައުސިން މިނިސްޓަރީން މަސައްކަތް ކުރަނީ އަލަށް ފާސްކުރި ލޭންޑް ޔޫސް ޕްލޭންގެ ސަބަބުން ގޯތި ލިބުނު މީހުންގެ ޕްލޮޓުތަކަށް ބަދަލު އަންނާނެތީ އެވެ.

ގޯތި ލިބުނު މީހުންނަށް ކުރިން ދީފައި ހުރި ޕްލޮޓު ނަންބަރުތައް ބަދަލުވާއިރު، އެކަން ކުރަން އެންމެ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލު ކުރެވެނީ ގުރުއަތަކަށް ގޮސްގެން ކަމަށް މިނިސްޓަރު ހައިދަރު މީގެ ކުރިން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

"ގުރުއަތުލައިގެން އެންމެ އިންސާފުވެރިގޮތެއް ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ، ޕްލޮޓު ނަންބަރު ޖަހާފައި ގުރުއަތަކަށް ދާނީ،" ހައިދަރު ވިދާޅުވި އެވެ.

ގުރުއަތަކަށް ދިޔުމުގެ ވިސްނުން ހުރި ނަމަވެސް ގޯތި ލިބުނު މީހުންނަށް ދޫކޮށްފައި ހުރި އެގްރީމެންޓުތަކުގައި ކޯޑިނޭޓްސް ޖަހާފައި ހުރުމުން އަލުން ގުރުއަތަކަށް ދިޔުމުގެ ކުރިން އެކަމުގައި ހޯދަންޖެހޭ ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށް ހައިދަރު އެދުވަހު ވިދާޅުވި އެވެ.

"ތިކަމާ ބެހޭގޮތުން އަޅުގަނޑުމެން ގާނޫނީ ލަފާ ހޯދައިގެން ކުރިއަށް ގެންދާނީ އިނގޭތޯ؟" ހައިދަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހެދި ލޭންޑް ޔޫސް ޕްލޭންގެ ބަދަލުގައި އާ ޕްލޭންތަކެއް ހަދަން މި ސަރުކާރުން ނިންމީ ކުރިން އެކަން ކޮށްފައި ހުރީ ރަނގަޅު ޕްލޭނެއް ނެތި ކަމަށް ބުނެ އެވެ.

ގިރާވަރުފަޅާއި ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ގެޒެޓު ކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ޕްލޭންތަކުގައި ވަނީ ކުރިން، މިދިޔަ ސަރުކާރުން ފާސްކުރި ލޭންޑް ޔޫސް ޕްލޭން އާ ހިލާފަށް ކުޅިވަރު ކުޅެން ހާއްސަ ސަރަހައްދުތަކާއި މުނިސިޕަލް ހިދުމަތްތައް ދޭ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުތަކުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތަކަށް އިތުރު ބިންތައް ކަނޑައަޅައިފަ އެެވެ.

ލޭންޑް ޔޫސް ޕްލޭންތަކަށް ގެނައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެންނަނީ ކުރީ ސަރުކާރުން ގުޅީފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީ ކުރަން އުޅުނު ސަރަހައްދަށް ގެނެސްފައި އޮތް ބަދަލެވެ.

ކުރީގެ ސަރުކާރުން ނިންމީ ބިންވެރިޔާ ސްކީމަށް ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށެވެ. އެއީ 18،955 މީހުންނަށް 9001 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox