ތަރުޖަމާނުކަން ނުގެއްލޭ ކަމަށާއި މަގާމު ބަދަލުކުރީ މައްސަލައެއް އޮވެގެން ނޫން ކަމަށް ޝިފާން ވިދާޅުވެއްޖެ

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާންއ -- ފޮޓޯ: ފުލުހުން

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާންއ -- ފޮޓޯ: ފުލުހުން

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާންގެ މަގާމަށް ބަދަލު ގެނައީ މައްސަލައެއް އޮވެގެން ނޫން ކަމަށާއި ފުލުހުންގެ ތަރުޖަމާނުގެ މަގާމު ނުގެއްލޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އޮނިގަނޑަށް ގެނައި ބަދަލެއްގެ ދަށުން ހެޑް އޮފް ދަ އޮފީސް އޮފް ދަ ކޮމިޝަނާގެ މަގާމުން، ހެޑް އޮފް ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓަރޭޓުގެ މަގާމަށް ޝިފާން ބަދަލު ކޮށްފައިވާކަމަށް ފުލުހުން ބުނީ މިއަދު އެވެ.

ނަމަވެސް، މި ބަދަލަކީ މެސެޖިން ޕްލެޓްފޯމެއްގައި ހަދާފައި އިން ގްރޫޕެއްގައި ކުރި މުއާމަލާތަކާ ގުޅިގެން ޝިފާން އާމެދު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ހިތްހަމަނުޖެހިގެން ގެންނެވި ބަދަލެއް ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ ހަބަރު މި ނޫހުން ވާނީ ގެނެސްދީފަ އެވެ.

އެކަމަށް ރައްދު ދެއްވާ ޝިފާން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އޭނާ މިހާރު ހުންނެވީ ކޯހެއް ފުރިހަމަ ކުރުމަށް އިނގިރޭސިވިލާތުގައި ކަމަށާއި މިކަން ހިނގި ގޮތް ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ. އެގޮތުން ފުލުހުންގެ އޮނިގަނޑަށް ބަދަލު ގެނައުމަކީ އާންމު ކަމެއް ކަމަށާއި އޭނާގެ މަގާމަށް ބަދަލު ގެނައީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.

އަދި، ފުލުހުންގެ ތަރުޖަމާނުގެ މަގާމު އަދިވެސް އަދާކުރައްވާނީ އޭނާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާ ވަނީ ސުވާލުވެސް ކޮށްފަ އެވެ. ޖަވާބުގަައި އޭނާވެސް ވިދާޅުވީ ޝިފާނާ ގުޅޭ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox