ބުޅާމަސް އަޅައިގެން ކާތަކެތި ތައްޔާރު ކުރިކަމުގެ ހެކި ނުފެނުމުން އަރަފާތު ޑީޕޯޓުކޮށްފި

މުޑުދާރު ބަދިގެއެއްގައި ކާތަކެތި ތައްޔާރު ކުރަމުންދިޔަ އަރަފާތު ހޮސެއިން -- ފޮޓޯ: އިމިގުރޭޝަން

މުޑުދާރު ބަދިގެއެއްގައި ކާތަކެތި ތައްޔާރު ކުރަމުންދިޔަ އަރަފާތު ހޮސެއިން -- ފޮޓޯ: އިމިގުރޭޝަން

ބުޅާމަސް އަޅައިގެން ކާތަކެތި ތައްޔާރުކުރި ކަމުގެ އެއްވެސް ހެއްކެއް ނުފެނުމުން ތަހުގީގު ނިންމާލައި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަރަފާތު ހޮސެއިން، 32، ރާއްޖެއިން ޑީޕޯޓު ކޮށްލައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މިހާތަނަށް ކުރި ތަހުގީގުން ބުޅާމަސް އަޅައިގެން އެއްވެސް ކާއެއްޗެއް އަރަފާތު ތައްޔާރުކުރި ކަމުގެ ހެއްކެއް ނުފެންނަ ކަމަށެވެ. އަދި، އޭނާ ޑީޕޯޓު ކޮށްފައި ވަނީ އިމިގުރޭޝަނާ ހަވާލުކުރުމުން އެ އިދާރާއިން ކަމަށް ފުލުހުން ބުންޏެވެ.

"މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލައިގައި ފުލުހުން ކުރަމުންދިޔަ ތަހުގީގު ވަނީ ނިންމާލާފައި، މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ފުލުހުން އިމިގުރޭޝަނާ ހަވާލު ކުރުމުން އެމީހާ ވަނީ ޑީޕޯޓު ކޮށްފައި،" ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

ގ. ރަނައުރާގޭއާގޭ ގޯޅިގަނޑު ތެރޭގައި އަރަފާތު ހިންގަމުންދިޔަ ބަދިގޭގައި ބުޅާ ގެންގުޅޭ ކަމަށް ތުހުމަތު ކުރީ އެ ގޭގެ އެހެން ބައިބައިގައި ދިރިއުޅޭ މީހުންނެވެ. އެމީހުން ތުހުމަތު ކުރީ އެތަނުގައި އަރަފާތު އަބަދުވެސް ބުޅާ ގެންގުޅޭ ކަމަށެވެ.

އެ ބަދިގެއަށް އިމިގުރޭޝަން އޮފިސަރުން ވަދެ، އެތަން ބަންދު ކުރީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިންނެވެ. ނަމަވެސް ބުޅާމަސް އަޅައިގެން އެއްވެސް ކާއެއްޗެއް އޭނާ ތައްޔާރުކުރި ކަމުގެ ހެއްކެއް އޭރު ވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އާންމުން ކުރަމުންދިޔަ ޝަކުވާތަކާއި ބުޅަލުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ސޯޝަލްމީޑިއާގައި ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކާ ގުޅިގެން ބުޅާމަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރިތޯ ބަލަން އެތަނުން ސާމްޕަލް ނަގައި ތަހުގީގު ފެށީ އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު، އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ އަރަފާތުގެ ބަދިގެއިން ސާމްޕަލް ނެގި ނަމަވެސް އޭނާ ހައްޔަރު ކޮށްފައި ހުރީ ވިސާގެ މައްސަލައެއްގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox