ކެނަބިސް ވޭޕް ޝިޕްމަންޓް މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވޭޕް އޮއިލް ޝިޕްމަންޓް: އެ ޝިޕްމަންޓް މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވޭ -- ފޮޓޯ: ހޯމް މިނިސްޓަރު އަލީ އިހުސާން

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވޭޕް އޮއިލް ޝިޕްމަންޓް: އެ ޝިޕްމަންޓް މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވޭ -- ފޮޓޯ: ހޯމް މިނިސްޓަރު އަލީ އިހުސާން

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރި ކެނެބިސް ވޭޕް ޝިޕްމަންޓް މައްސަލައިގައި މިހާތަނަށް ވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ޓީއެޗްސީ" އެކުލެވޭ އެ ވޭޕް އޮއިލް ރާއްޖެ އެތެރެ ކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ ވޭޕް އޮއިލްތައް ބަލައި އެއާޕޯޓަށް ދިޔައީ ރާއްޖޭގައި ވޭޕް ވިއްކާ ފިހާރައެއްގެ ބިދޭސީ މުވައްޒަފެކެވެ. އަދި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި އެ ވޭޕް ފްލޭވާތައް ފިހާރައާ ހިސާބަށް ގެންދިޔުމަށްފަހު ވަނީ އަނބުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

Advertisement

ފުލުހުން ވޭޕް ވިއްކާ ފިހާރައާ ހިސާބަށް ވޭޕް އޮއިލްތައް ގެންދިޔައީ އެ ތަކެތި ގެނައި ފިހާރަ ކަށަވަރު ކުރުމަށް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައިވެ އެވެ.

ވޭޕް އޮއިލްގެ އެ ޝިޕްމަންޓް އޮކްޓޯބަރު 14، ގައި ރާއްޖެ ގެނައުމުން އެތަކެތި ހިފެހެއްޓީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަސްޓަމުގެ އޮފިސަރުންނެވެ. މިގޮތުން، ކަސްޓަމުގެ އިތުރުން ފުލުހުން ހެދި ޓެސްޓުތަކުން އޭގައި ހުރި ވޭޕް އޮއިލްތައް ވަނީ ޓީއެޗްސީއަށް ޕޮޒިޓިވްވެފަ އެވެ.

މީގެކުރިން ފުލުހުން ހިންގާ އެފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ބަލައި އެއާޕޯޓަށް ދާ މީހާ ނުވަތަ އެ ޝިޕްމަންޓަށް އޯޑަރު ކުރާ ފަރާތް ހޯދައި، މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެ އެވެ.

ރާއްޖެއަށް ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ނޮވެމްބަރު 15، އިން ފެށިގެން އެތެރެ ކުރުން މަނާކޮށް، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިސްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، އިން ފެށިގެން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox