މި މަސް ނިމުމުގެ ކުރިން ފުލެޓު ލިސްޓު އިއުލާނު ކުރާނަން، ޕޮއިންޓުތަކަށް ބަދަލު އަތުވެދާނެ: މިނިސްޓަރު ހައިދަރު

ހައުސިން މިނިސްޓަރު، އަލީ ހައިދަރު: އޭނާ ވިދާޅުވީ އައު ލިސްޓު އާންމުކުރާއިރު، ކުރިން ލިބިފައި ހުރި ޕޮއިންޓުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ހައުސިން މިނިސްޓަރު، އަލީ ހައިދަރު: އޭނާ ވިދާޅުވީ އައު ލިސްޓު އާންމުކުރާއިރު، ކުރިން ލިބިފައި ހުރި ޕޮއިންޓުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އަމާޒަކީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މި ހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އިއުލާނު ކުރުން ކަމަށާއި، ލިސްޓު އާންމު ކުރާއިރު ޕޮއިންޓުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ހައުސިން މިނިސްޓަރު، އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ފުލެޓު ލިބުނު މީހުންގެ ލިސްޓު އާންމު ކުރާނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރުމުން ހައިދަރު ވިދާޅުވީ މިހާރު ވެސް ލިސްޓުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި މި މަސް ނިމުމުގެ ކުރިން ލިސްޓު އާންމު ކުރަން އަމާޒު ހިފާފައިވާ ކަމަށެވެ.

"މި މަސް ނިމުމުގެ ކުރިން އިނގޭތޯ؟ އެއީ އަޅުގަނޑުގެ ޓާގެޓަކީ،" ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތް ކުރިއަށްދިޔަ ސީދާ މިންވަރެއް ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް މިހާރު ވެސް މަސައްކަތް ކުރިއަށް ދާ ކަމަށް ހައިދަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ޕޯޓަލުން މީގެ ކުރިން ފެންނަން ހުރި ޕޮއިންޓުތައް މިހާރު ނުފެންނަނީ ރީއިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"ރީއިވެލުއޭޓު ކުރުމަކީ އެޔެއް ނޫންތޯ؟ ދެން [ކުރީގެ ލިސްޓާ ޕޮއިންޓު] އެއްގޮތް ވެސް ވެދާނެ އެހެންނޫންތޯ؟ ދެން ނޭނގެ، [ޕޮއިންޓު] ބަދަލުވެދާނެތީ އެ ނުފެންނަ ގޮތަށް ހަދާފައި އެހުރީ،" ހައިދަރު ވިދާޅުވި އެވެ.

މިދިޔަ ޖުލައި 29، ގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް މިނިސްޓަރު ހައިދަރު ހާޒިރުކޮށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް އަޅަމުން ދާ އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުގެ ކުރިން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލެވޭތޯ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން އިންޑިއާގެ އެހީތެރިކަމާއެކު ހުޅުމާލޭގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމައި މިމަހުގެ ހަތްވަނަ ދުވަހު އެގައުމުގެ ސަރުކާރުން ވަނީ ރާއްޖޭގެ ސަރުކާރާ އެ ތަންތަން ހަވާލުކޮށްފަ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކޮށް، މަސައްކަތް ފަށާފައި ވަނީ 4000 ފުލެއްޓެއްގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox