އެހެން އިންޝުއަރެންސުން ކަނޑާފައި އާސަންދައިން ކަނޑާ ގޮތަށް ގެންނަން ބުނި ބަދަލުގެ ހަބަރެއް ނެތް

އޭޑީކޭ ހޮސްޕިޓަލު ކުރިމަތީގައި ހުންނަ ބޭސްފިހާރަތައް: މިހާރު އޮންނަ ގޮތުން އެހެން އިންޝުއަރެންސަކުން ކަނޑަނީ އާސަންދައަށް ބިލުކޮށްފައި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އޭޑީކޭ ހޮސްޕިޓަލު ކުރިމަތީގައި ހުންނަ ބޭސްފިހާރަތައް: މިހާރު އޮންނަ ގޮތުން އެހެން އިންޝުއަރެންސަކުން ކަނޑަނީ އާސަންދައަށް ބިލުކޮށްފައި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެހެން އިންޝުއަރެންސް ޕޮލިސީ ހުންނަ މީހުންނަށް އާސަންދަ ދިނުމުގެ ކުރިން އެ އިންޝުއަރެންސް ޕޮލިސީތަކުން ކަނޑާ ގޮތަށް މި މަހު ބަދަލު ގެންނާނެ ކަމަށް ބުނުމަށް ފަހު، އެ ސިޔާސަތު ތަންފީޒުކުރުން މަޑުޖެހިއްޖެ އެވެ.

ދައުލަތުގެ ވެލްފެއާ ނިޒާމު އޮންނަ ގޮތުން އެހެން އިންޝުއަރެންސް ޕޮލިސީ ހުންނަ މީހުންނަށް އާސަންދަ ލިބެ އެވެ. މި ނިޒާމު އިސްލާހުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެކަން ބަދަލުކުރާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއޯއީ ހީނާ ވަލީދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވީ މިދިޔަ އޯގަސްޓު 12، ގަ އެވެ.

"މިހާރު 1 އޮކްޓޯބަރުން ފެށިގެން އަޅުގަނޑުމެން އިމްޕްލިމެންޓް ކުރަން ފަށާ ބައެއް ކަހަލަ ޕޮލިސީސްތައް އެބަހުރި. އޭގެ ތެރޭގައި އެހެން އިންޝުއަރެންސެއް ހުރި ބޭފުޅެއް ކަމަށް ވާނަމަ، މިސާލަކަށް ބިލް ކްލިއާ ކުރާއިރުގައި އެންމެ ފުރަތަމަ އިތުރު އިންޝުއަރެންސްއަކުން ކްލިއާ ކުރުމަށް ފަހު އާސަންދަ އެންސްޕާގެ ތެރެއިން އެބައި ކްލިއާ ކުރާ ކަހަލަ ގޮތަކަށް," އެ ދުވަހު ހީނާ ވިދާޅުވި އެވެ.

މިހެން ވިދާޅުވި ނަމަވެސް މި ތާރީހަށް ވެލްފެއާ ނިޒާމަށް ގެންނަން ބުނި އެއްވެސް ބަދަލެއް ތަންފީޒުކުރަން ނުފަށަ އެވެ. މި ބަދަލުގެ ކަންކަން އޮތީ ކިހާ ހިސާބެއްގައިތޯ ސާފުކުރަން "އަދަދު" އިން ހީނާއަށް ތަކުރާރުކޮށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބުނެވެ.

ވެލްފެއާ ނިޒާމު އިސްލާހުކުރުމަކީ، މި އަހަރަށް ފާސްކުރި ބަޖެޓުގައި ހަރަދުތައް ކުޑަކުރުމުގެ ގޮތުން ތަންފީޒުކުރަން ކަނޑައަޅާފައިވާ ސިޔާސަތެކެވެ. މި ކަންކަމުގެ ތެރޭގައި އާސަންދައިގެ އިތުރުން އެންސްޕާއިން އެހީ ދޭ ނިޒާމާއި ބަލްކް ޕްރޮކިޔުމަންޓުގެ ދަށުން ބޭސް ގަތުން ހިމެނެ އެވެ. މީގެ ތެރެއިން މިހާތަނަށް ތަންފީޒުކުރަން ފަށާފައި ވަނީ ބަލްކް ޕްރޮކިޔުމަންޓުގެ ދަށުން ބޭސް ގަތުން އެކަންޏެވެ.

މުޅި ވެލްފެއާ ނިޒާމު މިހާރު އޮތް ގޮތް އިސްލާހުކުރަން ވޯލްޑް ބޭންކު ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދޭތާ އެ ނިޒާމަށް ވީހާ ދުވަހެއް ވެއްޖެ އެވެ. އެކަން ބަދަލުކުރަން އެކި ސަރުކާރުތަކުން އެކި ސިޔާސަތުތައް ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް، މިއަދާ ހަމައަށް މިއިން އެއްވެސް ސިޔާސަތެއް ތަންފީޒެއް ނުވެ އެވެ.

މިފަހުން ވޯލްޑް ބޭންކުން ނެރުނު ޑިވެލޮޕްމަންޓު އަޕްޑޭޓު ރިޕޯޓުގައި ވެސް މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އިގުތިސޯދީ ދުވެލި ހިފަހައްޓަން، އިތުރަށް ފަސް ނުކޮށް، ވީހާ ވެސް އަވަހަކަށް ހަރަދު ކުޑަކުރަން އަޅަން ނިންމާފައިވާ ހުރިހާ ފިޔަވަޅެއް އަޅަން ލަފާދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox