މާލެ އާއި ހުޅުމާލެ އާ ދެމެދު އޮންނަ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލުގެ ހުންގާނު ދީގެން ދުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ސޯޝަލްމީޑިއަގެ ޒަރިއްޔާއިން ކަމަށެވެ.
އެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ވީޑިއޯއިން ފެންނަީ ފަސް ވަރަކަށް އަހަރުގެ ތުއްތު ކުއްޖެއްގެ އަތަށް ސައިކަލުގެ ރޭސް މުއްގަނޑުގެ ކޮންޓްރޯލް ދީގެން ދުއްވާފައި ދާ ތަނެވެ. ސައިކަލު ދުއްވަން އިން މީހާގެ އަތް ވާތު މުއްގަނޑުގައި ޖައްސާލައިގެން އިންއިރު، އޭނާގެ ކަނާތު އަތް ފެންނަނީ ކަނާތު ފައި މަތީގައި ބާއްވާފައި އޮންނަ ތަން ވީޑިއޯއިން ފެނެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.













