އިކްރާމްގެ މައްޗަށް ހަ ދައުވާއެއް އުފުލައިފި

އެކްސިޑެންޓާއި ގުޅިގެން ދައުވާ އުފުލާފައިވާ ތިން މީހުން. މި ތިން މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި

އެކްސިޑެންޓާއި ގުޅިގެން ދައުވާ އުފުލާފައިވާ ތިން މީހުން. މި ތިން މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓުތައް ކައިރީ ޖުލައި 31، ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި މީހާގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް އުފުލައިފި އެވެ.

މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވެ އެވެ. އެއީ ހ. ނޫރަންމާގެ، އިކްރާމުއްރަހުމާން އާއި މ. ލޭންޑް އޮފް ގާޑަން އިބްރާހިމް އިކްރާމްގެ އިތުރުން ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއީލް އެވެ.

ކާރު ދުއްވަން އިން އިބްރާހިމް އިކްރާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ؛

Advertisement
  • އަނިޔާއެއް ދިނުން
  • މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުން
  • މުދަލަށް ގެއްލުން ދިނުން
  • މުދަލަށް ގެއްލުން ދިނުން
  • އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓު ނުކުރުން
  • އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުން

އޭގެއިތުރުން މި މައްސަލައިގައި އިކްރާމުއްރަހްމާންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ:

  • އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓު ނުކުރުން
  • އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުން
  • އަނިޔާއެއް ދިނުމުގައި ބައިވެރިވުން
  • މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގައި ބައިވެރިވުން
  • މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުން.
  • މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުން.

މި މައްސަލައިގައި ދެން ދައުވާކުރާ ޖިނާހު އިސްމާއިލަށް ދައުލަތުން ކުރާ ދައުވާތަކަކީ:

  • އަނިޔާއެއް ދިނުމުގައި ބައިވެރިވުން.
  • މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގައި ބައިވެރިވުން.
  • މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުން.
  • މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުން.

އެ އެކްސިޑެންޓް ހިނގައިފައިވަނީ ކާރު ކޮންޓްރޯލުން ނެެއްޓިގެން ގޮސް، މަގުގެ އެއްފަރާތެއްގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެވަގުތު ސައިކަލުގައި އިން މީހާ ވިއްސައިގެން ދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެނެ އެވެ

މި ދައުވާތަށް ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ސެޕްޓެމްބަރު 14 ގަ އެެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލުކުރި ނަމަވެސް ފަހުން އިދާރާއިން ވަނީ އެ އަޑުއެހުން ކެންސަލްވެފައިވާ ކަމަށް އަންގައިފަ އެވެ. ނަމަވެސް, ކެންސަލް ކުރި ސަބަބެއް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox