އޮގަސްޓުގައި އިތުރުވީ ބޭނުންކުރެވޭ ރިޒާވު އަނެއްކާ ވެސް 50 މިލިއަން ޑޮލަރުން ދަށަށް ސޮއްސާލައިފި

އެމްއެމްއޭގެ އިދާރާގެ ކުރިމަތިން މީހަކު ހިނގާފައިދާ މަންޒަރު: ކަރަންސީ ސްވޮޕް ފެސިލިޓީތަކުގައި ސޮއިކުރުމުން މި މަހު ރިޒާވުގެ ހާލަތު ރަނގަޅު ވާނެ ކަމަށް ބެލެވޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެމްއެމްއޭގެ އިދާރާގެ ކުރިމަތިން މީހަކު ހިނގާފައިދާ މަންޒަރު: ކަރަންސީ ސްވޮޕް ފެސިލިޓީތަކުގައި ސޮއިކުރުމުން މި މަހު ރިޒާވުގެ ހާލަތު ރަނގަޅު ވާނެ ކަމަށް ބެލެވޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މިދިޔަ އޮގަސްޓު މަސް ނިމުނުއިރު ބޭރު ފައިސާ ރިޒާވުގައި ހުރި ފައިސާ އިތުރުވުމަށް ފަހު، މި ނިމުނު މަހު ޖުމްލަ ރިޒާވާއި ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ ވެސް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާފައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ގްރޮސް އިންޓަނޭޝަނަލް ރިޒާވުގައި ހުރީ 322 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ 72 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ޖުމްލަ ރިޒާވުގައި ހުރި އަދަދުގެ ތެރެއިން ކަނޑަންޖެހޭ ބައިތައް ކެނޑުމުން ބޭނުންކުރެވޭ ރިޒާވުގައި ހުރީ 49 މިލިއަން ޑޮލަރެވެ. މިއީ އޮގަސްޓު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރި 61 މިލިއަން ޑޮލަރަށް ވުރެ 12 މިލިއަން ޑޮލަރު މަދު އަދަދެކެވެ. މިއީ މަހެއްގެ ޒަރޫރީ އިމްޕޯޓަށް ބޭނުންވާ ވަރަށް ވުރެ މަދު، ކިރިޔާ ފަރުޖައްސައިލެވޭ ވަރުގެ ފައިސާ އެވެ.

Advertisement

މިދިޔަ މަސް ނިމުނުއިރު ރިޒާވު ދަށްވީ ނަމަވެސް، މި ހިނގާ މަހުގެ ތެރޭގައި ރިޒާވުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އެމްއެމްއޭ އިން ކުރިން ބުނި ގޮތަށް އިންޑިއާގެ ސެންޓްރަލް ބޭންކު، ރިޒާވު ބޭންކު އޮފް އިންޑިއާ (އާރުބީއައި) އިން ހަމަޖައްސަން އުޅުނު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގައި އިއްޔެ ސޮއިކުރުމުންނެވެ.

ޑޮލަރު ސްވޮޕް ފެސިލިޓީގެ އިތުރުން ސާކުގެ ކަރަންސީ ސްވޮޕް ފްރޭމްވޯކްގެ ތެރެއިން އިންޑިއަން ރުޕީސް ފެސިލިޓީއެއްގައި ވެސް އިއްޔެ ސޮއިކޮށްފައިވެ އެވެ. އެއީ 30 ބިލިއަން އިންޑިއަން ރުޕީސްގެ ފެސިލިޓީއެކެވެ. އެމްއެމްއޭ އިން ބުނީ މި ފެސިލިޓީގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެ ގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ރިޒާވުގެ ހާލަތު ރަނގަޅު ނުވާ ކަމުގައި ވަނީ ނަމަ، ރާއްޖެއިން އަދާކުރަން ޖެހޭ ދަރަނި އަދާނުކުރެވުމުގެ ހިރާސް ބޮޑު ކަމަށް ނިންމައި، ބޭރުގެ ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖޭގެ ސޮވަރިން ކްރެޑިޓު ރޭޓިން ދަށްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox