ކަރަންސީ ސްވޮޕް: ރާއްޖެއަށް 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސް ލިބޭނެ

ކަރަންސީ ސްވޮޕް: ރާއްޖެއަށް 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސް ލިބޭނެ

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު ސޮއި ކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް 400 މިލިއަން ޑޮލަރު ނުވަތަ ޔޫރޯގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސް ލިބޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ އިންޑިއާއެކު ސޮއިކުރީ 400 މިލިއަން ޑޮލަރު/ޔޫރޯ އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމެއްގައި ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހިވާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭއިން ބުނީ އެ އެއްބަސްވުމުގެ ދަށުން އެކި ފަހަރު މަތިން ފައިސާ ނެގުމުގެ ފުރުސަތު ދިވެހިރާއްޖެއަށް އޮންނާނެ ކަމަށެވެ.

"ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރުމުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅަކަށް ވާހިނދު، އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.

ކަރަންސީ ސްވޮޕް އެގްރިމެންޓުގައި މިއަދު ސޮއި ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ. އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެސް، މާލީ އެހީތެރިކަން ލިބޭނެކަމުގެ އިތުބާރު އޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެއްވި ސްޓޭޓްމަންޓުގައި ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާގެ ކަނޑުގެ ސަލާމަތަށް ރާއްޖޭގެ ހަމަޖެހުން ވެސް މުހިންމު ކަމަށާއި ހަމަ އެގޮތަށް އިންޑިއާއަކީ ވެސް އެ ކަނޑުގެ ސަލާމަތަށް މުހިންމު ގައުމެއް ކަމަށެވެ.

އޭގެ އިތުރުން ދެ ގައުމުން "ވިޝަން ޑޮކިއުމެންޓް" އަކަށް އެއްބަސްވެފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އޭގެ ބޭނުމަކީ އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމާއި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހި ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި ވިޔަފާރި އަދި އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމާއި ޑިޖިޓަލް އާދީ މާލީ އިނިޝިއޭޓިވްސްތަކާއި އެނާޖީ ޕްރިޖެކްޓްސްތަކާއި ހެލްތުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި މެރިޓައިމް އަދި ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހި ކުރުން ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

އިންޑިއާއާއެކު އިތުރަށް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، އެ މަސައްކަތުގެ ތެރޭގައި ދެ ގައުމުގެ ވެރިން އެއް ގައުމު އަނެއް ގައުމަށް ޒިޔާރަތް ކުރުން ވެސް ހިމެނޭ ކަމަށެވެ.

ރައީސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ގައުމެއް ކަމަށެވެ. އަދި ރާއްޖެއިން ބޭނުންވާ ކޮންމެ ކަމެއްގައި ވެސް އިންޑިއާއިން އޮންނަނީ އެހީތެރިވާން ތައްޔާރަށް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފަތުރުވެރިކަމަކީ ރާއްޖެއަށް މުހިންމު ސިނާއަތެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވާނެ ކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށެވެ. އޭގެ ސަބަބުން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox