"ތިމާހުރި ހާލު ކުޑަކޮށްވެސް ނުވިސްނޭތީ ނުވޭހެ އަޖައިބު!"

"ތިމާހުރި ހާލު ކުޑަކޮށްވެސް ނުވިސްނޭތީ ނުވޭހެ އަޖައިބު!"

މިހާރުގެ ގައުމިއްޔަތު މިނިސްޓަރުގެ ޅެމެކެވެ. ވަރަށް ފަށުވި އިބާރާތުން ވިދާޅުވެފައި އޮތީ މިހެންނެވެ.

ދިމާޔަށް ފެންނަމުންދާއިރު، އެހެން މީހުންގެ ހުރިހާ އައިބު

ތިމާ ހުރި ހާލު ކުޑަކޮށްވެސް، ނުވިސްނޭތީ ނުވޭހެ އަޖައިބު

ޅެމުގެ މިބައިތުގައި އޮތް ހިޔާލަކީ އައު ހިޔާލެއް ނޫނެވެ. އެ ބައިތުގެ އަސްލަކީ 'ގުދޯގުދޯ ގޮވުން' ފަދަ މުހާވަރާތަކެވެ. ތިމާގެ ކިބައިގައި ހުރި އުނިސިފައެއްގެ މައްޗަށް ބެލުމެއްނެތި އެހެން މީހެއްގެ ކިބައިގައި ހަމަ އެސިފަ ހުރިކަމަށް ބުނެ އެއްޗެހި ކިޔުމަކީ ގުދޯގުދޯ ގޮވުމެވެ. އެ މުހާވަރާ އިތުރަށް ވަރުދަގަކޮށްލުމަށް 'ހަތް ގުދު އޮތް މީހާ، އެއް ގުދު އޮތް މީހާއަށް ގުދޯގުދޯ ގޮވުމޭ' ވެސް ކިޔައި އުޅެ އެވެ.

މިއީ ދިވެހި ބަހަށް އެކަނި ހާއްސަ މުހާވަރާއެއް ނޫނެވެ. އިނގިރޭސި ބަހުގައި ކިޔައި އުޅޭ ގޮތުގެ މާނައަކަށް ވަނީ 'ކުރާ، ފޯންޗާ ދިމާލަށް ކަޅޭ ބުނުން' އަށެވެ. މި ބަސް އުފެދިގެން އައިކަމަށްވަނީ ސްޕެއިންގެ ލިޔުންތެރިޔާ ތޯމަސް ޝެލްޓަން އޭނާގެ ނާވިލެއްގައި ބޭނުންކޮށްފައިވާ އިބާރާތަކުންނެވެ. އެއީ މީލާދީން 1620 ވަނަ އަހަރުގަ އެވެ. ފޯންޗާއި، ކުރާގެ އަރައިރުން އެ ނާވިލުގައި ގެނެސްދީފައިވަނީ މިހެންނެވެ.

Advertisement

ކުރާ ފޯންޗަށް ބުނެ އެވެ.

ކަލޭގެ ހުތުރުކަމާއި، ހަޑިކަމާއި، ކަޅުކަމާ އެވެ!

ހަމަ ޔަގީނުންވެސް ތިޔައީ ދަގަނޑު ކަންވާރެކޭ މީހަކު ނުހިތާނެ އެވެ.

ކަލޭ އަނދައި އަޅިޔަށްވެ، ކަލޭގެ ހަށިގަނޑުގައި ރެނދުލައިފި ހިނދެއްގައި މެނުވީ އެވެ.

އެހެނަކުން ނޫނެވެ. އެހެނަކުން ނޫނެވެ. ފޯންޗު ކުރަޔަށް ބުނެ އެވެ.

ކަލެއަށް ތިޔަ ފެންނަނީ ކަލޭގެ ނަފުސުގައި ހުރި ހަޑިކަމާއި، ކަޅުކަމާއި މުޑުދާރުކަމެވެ.

އަހަރެންގެ ހަށިގަނޑު ބިއްލޫރިހާ ސާފެވެ.

މި ހަށިގަނޑުގެ ދިހުމުން ކަލޭގެ އަމިއްލަ ސޫރަ ރިވެލިވަނީ އެވެ.

މި ބަސް އުފެދިފައި މިއޮތީ ފެބަލް ވާހަކަތައް މަޝްހޫރުވާން ފެށި ޒަމާނުގަ އެވެ. ފެބަލް އަކީ އިންސާނީ ކުޅަދާނަކަން ނުހުންނަ ޖަނަވާރާއި، ގަސްގަހާ ގެއްސާއި ހިފައި ގެންގުޅޭ ތަކެއްޗަށް އެ ސިފަތައް ދީގެން އިންސާނީ ދިރިއުޅުމުގެ ފިލާވަޅުތައް ކިޔައިދޭ ވާހަކަތަކެވެ. އެފަދަ ވާހަކަތަކުގައި ގަސްގަހާގެއްސާއި ޖަނަވާރު ވާހަކަ ދައްކާނެ އެވެ. އިންސާނީ ދިރިއުޅުމުގައި ކުރާ އެ ނޫންވެސް ކަންކަން ކޮށްއުޅޭނެ އެވެ. މިއީ ވާހަކަ ހުށަހަޅައިދިނުމުގެ ބަހާތަކުގެ ތެރެއިން ތަދު އެހެންނަމަވެސް މަގުބޫލު ބަހާއެކެވެ.

މިއީ އެ ބަސް އުފެދިގެން އައި ގޮތެވެ. މި މާނަ ދޭހަވާގޮތަށް ހުރިހާ މުޖުތަމައުއެއްގައިވެސް މި މިސާލު ބަސް ބޭނުންކުރެ އެވެ.

މި ހުރިހާ ވާހަކައެއް މި ދެއްކީ އެހެން ވާހަކައެއް ދަންނަވަން ވެގެންނެވެ. އަޅުގަނޑުމެންގެ ގައުމުގެ އިއްޒަތްތެރިން އެ މީހުންގެ ބަސްމަގާއި އަމަލުތަކާމެދު މިހާރަށްވުރެ ފަރުވާތެރިވާން އެބަ ޖެހެ އެވެ. ރައްޔިތުންނަށް ނަސޭހަތް ދީ އިރުޝާދު ދޭން ތިބި ބަޔަކީ އެއީ އެވެ. އެފަދަ މީހުންގެ ބަސްމަގާއި އަމަލު ދިމާ ނުވާނަމަ ރައްޔިތުން އެކަން ފާހަގަކުރާނެ އެވެ. މީހުންގެ ތެރޭގައި ހުނި ޖެހެންވާނީ ވަކި ބަޔަކު ކުރާ ކަމަކާ ގުޅިގެން އެކަނި ކަމަށް ދެކޭ ދެކުމަކީ ގޯހެކެވެ. އަޑުގަދަ މީހާ ރުއް ގިނަވީ ޒަމާން އެވޭލާ ވެއްޖެ އެވެ.

ރައްޔިތުން ހަރަދު ކުޑަކުރަން ގޮވާލާނަމަ އަމިއްލަ ނަފުސަށް ކުރާ ހަރަދު ކުޑަކުރަންވާނެ އެވެ. ވިހި ތިރީސްހާސް ރުފިޔާގެ ފައިވާންކޮޅު ތުރުކުރެއްވުމަކީ ހައިބަތުގެ ދަރަޖަ އުފުލޭނޭ ކަމެއް ނޫނެވެ. ދޮގު ނުހަދަން ހިތްވަރުދީ އެކަމަށް ގޮވާލާ ދުލަކީ ތެދުވެރި ދުލަކަށް ވާންޖެހެ އެވެ. އިސްލާމީ ތާރީހުގެ ބޮޑެތި ހާދިސާތަކުން މިސާލު ޖައްސަވަމުން، ދޮގާއި ފިތުނައިގެ ބިރުވެރިކަން ބުނެދޭ ދުލަށް އިތުބާރު ކުރެވޭނޭ އަމަލުތައް ފެނިފައި ހުންނަންޖެހެ އެވެ. އެހެންނަމަވެސް ފެނިފައި ހުރީ އެ މަންޒަރެއް ނޫނެވެ. ކިޔާ މީހުން ކިޔާ ގޮތުންނަމަ ހަދާފައި ހުރީ އާދައިގެ ދޮގެއް ނޫނެވެ. ރޯމަރު ދޮގެވެ. އެވާހަކަ އެހެން ދައްކާ ބަޔަކު ދައްކާނީ ކަމެއް ވީމަ އެވެ. ކުޑަމިނުން އެ ޝައްކު ފިލުވައިދިނުމަކީވެސް ދައުލަތުގެ ހިންގުންތެރިންނަށް އޮންނާނޭ ޒިންމާއެކެވެ.

ހެދިހާ ދޮގުމަތީގައި ތައުބާނުވެ، ސާފުކޮށްދިނުމެއްވެސް ނެތި ހުރެ، އެހެން ބަޔަކު ދޮގު ހަދައިފިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރީމާ ރައްޔިތުންގެ ތެރެއިން ބަޔަކު އަންނާނީ ރުޅި އެވެ. ގަންނާނީ ލަދެވެ. އެންމެންނަކީ މަނިކުފާނު މޮޅުފުޅުކަމަށް ކިޔައި އަތްޖަހަން ތިބޭނޭ ބަޔަކަށް ނުވާނެތާ އެވެ.

ހެޔޮކަންތަކަށް ގޮވައިލުމާއި، ހެޔޮކަންތައްތަކަށް އަމުރުކުރުމަކީ ވެރިންގެ މައްޗަށް ލާޒިމުކަމެކެވެ. އެހެންނަމަވެސް އެއަށްވުރެ ކުރިން ލާޒިމުވަނީ ވެރިންގެ ފުށުން ހެޔޮ އަމަލުތައް ދެއްކުމެވެ. އެހެން މީހުންގެ ނިޔަތާއި އަމަލުތަކާމެދު ޝައްކު ކުރުމުގެ ކުރިން ތިމާގެ އަމިއްލަ ނަފުސު ކިރައި ވަޒަންކޮށްލަންވީ އެވެ. ހެޔޮ މިނުގައި ހުރިނަމަ، ތިޔަހުރި މަކާރިމުލްއަހުލާގު ފެތުރުމަށް އެހެންމީހުންނަށް ހެޔޮނަސޭހަތް ދިނުން އެންމެ ރަނގަޅެވެ. އެހެން ނޫންނަމަ... ދޫ ހިމޭނުން ބޭއްވުމުގައި ހެޔޮކަން ބޮޑެވެ.

މި ވާހަކަވެސް ގައުމިއްޔަތު މިނިސްޓަރު ވިދާޅުވެފައި އޮތީ މިހެންނެވެ.

ތިމާގެ އަމިއްލަ ނަފުސު ކިރައި ވަޒަންކޮށްލަން ވަގުތު ނުވެފައި

ތިމާ ނޫން އެންމެނަށް ހިތް ޝައްކުވީމާ ދެން ހެދޭނީ ގޯސް

މި ލިޔުމާ ގުޅޭ ރަދީފު

  • ފޯންޗު: ސައި ނުވަތަ ސައިފަތުފެން އެޅުމަށް ހަދައިފައި ހުންނަ ކަންވާރެއް.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox