ޖަލުގައި މީހުން މަރުވުމުގެ ހާދިސަތައް ތަކުރާރުވާތީ އެމްޑީޕީގެ ކަންބޮޑުވުން

އެމްޑީޕީގެ ލީޑަޝިޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީން ބުނީ މިއަދު މާފުށީގައި ހުއްޓާ މަރުވި ހާދިސާގައި ދައުލަރުގެ އިދާރާތަކުގެ އިހުމާލު އެބަ އޮތް ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ލީޑަޝިޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީން ބުނީ މިއަދު މާފުށީގައި ހުއްޓާ މަރުވި ހާދިސާގައި ދައުލަރުގެ އިދާރާތަކުގެ އިހުމާލު އެބަ އޮތް ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުން ދާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާފުށީ ޖަލުގައި 62 އަހަރުގެ މީހަކު އަމިއްލައަށް މަރުވީ، އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި އަމިއްލައަށް މަރުވި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވާލާފައި އޮއްވައި ކަމަށް ވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ މާފުށީ ޖަލުގައި ހުއްޓައި މިއަދު އަމިއްލައަށް މަރުވި މީހާގެ، މަރުގައި ވެސް ޖަލު ބެލެހެއްޓުމާއި އެކަށީގެންވާ ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

Advertisement

"ދައުލަތުގެ ބެލުމުގެ ދަށުން ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު، އަދި ދާދިފަހުން މި ބާވަތުގެ އެހެން ހާދިސާއެއް ހިނގާފައިވާއިރު، މި ގައިދީ (މިއަދު މަރުވި މީހާ) ޖަލު ގޮޅީގައި ހަރަކާތްތެރިވަމުން ދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް މި ޕާޓީއަށް ގަބޫލު ކުރެވޭ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓައި މިއަދު އަމިއްލައަށް މަރުވީ ޖިންސީ ގޯނާގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާ މަރުވީ ބެޑްޝީޓެއް ބޭނުން ކޮށްގެން ދަންޖެހިގެން ކަމަށް ސަރުކާރުގެ އޮފިޝަލަކު "އަދަދު" އަށް ކަށަވަރު ކޮށްދިނެވެ.

އޭނާ މަރުވިއިރު، އެ ގޮޅީގައި އިތުރު މީހަކު ނެތް ކަމަށް އެ އޮފިޝަލް މައުލޫމާތު ދިނެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ޖަލު ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވުމުގައި ދައުލަތުގެ މުއައްސަސާތަކުގް އިހުމާލު އޮތް ކަމަށް ގަބޫލު ކުރުމުގެ ޖާގަ އޮތްއިރު، މިކަމުގައި މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމު ކުރަން ގޮވައިލާ ކަމަށެވެ.

އެ ތަހުގީގުގެ މައްޗަށް ބިނާކޮށް އެފަދަ ހާދިސާތައް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ފިޔަވަޅުތައް އެޅުމަށް ހުރިހާ އިދާރާއަކަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.

މިމަހުގެ ކުރީކޮޅު، އާދަމް އަތުހަރު ދަންޖެހި އަމިއްލައަށް މަރުވީ ފުލުހުން ބަލަހައްޓަމުންދާ ދޫނިދޫ ޖަލުގައި ހުއްޓަ އެވެ. އޭނާ ދަން ޖެހެން ބޭނުން ކުރީ ލައިގެން ހުރި ސޯޓުގެ ނާޑުވަ އެވެ. ނާޑުވާ ފަދަ ތަކެތި ޖަލު ގޮޅިއަށް ވެއްދުމަކީ ގަވާއިދުގައި މަނާ ކަމެކެވެ.

އަތުހަރުގެ ޖަލު ގޮޅިއަށް ނާޑުވާއެއް ވެއްދި ގޮތެއް ފުލުހުން އަދިވެސް ހާމައެއް ނުކުރެ އެވެ. އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ހުއްޓާ މުގުރަކުން ބޮލުގައި ޖެހުމުން އަތުހަރަށް ލިބުނު އަނިޔާތަކަށް އެކަށީގެންވާ ފަރުވާއެއް ނުލިބެނީސް އޭނާ ޖަލު ގޮޅީގައި ބަންދު ކޮށްފައި ހުރި މައްސަލައިގައި ވެސް ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އަތުހަރުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް އެޗްއާރުސީއެމުން ގެންދަނީ ތަހުގީގެއް ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox