އާސެނަލުން ސިހުރު ހެދިކަމަށް ސިޓީ ކުޅުންތެރިން ތުހުމަތު ކޮށްފި

Sep 23, 2024, 12:36 AM
އާސެނަލުން ސިހުރު ހެދިކަމަށް ސިޓީ ކުޅުންތެރިން ތުހުމަތު ކޮށްފި

މެންޗެސްޓާ (ސެޕްޓެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗުގައި އާސެނަލުން ސިހުރު ހެދިކަމަށް ސިޓީ ކުޅުންތެރިން ތުހުމަތު ކޮށްފި އެވެ.

ސިޓީގެ ދަނޑުގައި، ރޭ ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. މި މެޗަށް ފަހު އާސެނަލް ކޯޗު މިކޭލް އާޓެޓާ ވަނީ، މިއީ ޖާދުލަކުން ލިބުނު ނަތީޖާއެއް ކަމަށް ސިފަ ކޮށްފަ އެވެ.

އެކަމަށް ރައްދު ދިނުމުގެ ގޮތުން، ސިޓީގެ ޕޯޗުގީސް މިޑްފީލްޑަރު، ބެނާޑޯ ސިލްވާ ބުނީ މި މެޗުގައި ކުޅުނީ ފުޓުބޯޅަ ނޫން ކަމަށް ސިފަކޮށްފަ އެވެ.

އަދި މި މެޗުގައި ފުޓުބޯޅަ ކުޅެން މަސައްކަތް ކުރީ ހަމައެކަނި ސިޓީ އިން ކަމަށާއި އަދި އާސެނަލުން ރެފްރީގެ އެހީތެރިކަމާ އެކު، މަސައްކަތް ކުރީ އެހެން ކަމަކަށް ކަމަށް ބެނާޑޯ ސިލްވާ ވަނީ ބުނެފަ އެވެ.

ބެނާޑޯ ސިލްވާ އިތުރަށް ބުނީ، މި މެޗުގައި އާސެނަލުން ސިޓީއާ އެއްވަރުކުރީ "ބްލެކް މެޖިކް" (ސިިހުރު) ހަދައިގެން ކަމަށް ބުނެފަ އެވެ.

އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މެންޗެސްޓާ ސިޓީގެ ދަނޑު އިއްތިހާދުގައި 10 ކުޅުންތެރިންނާ އެކު އެ ޓީމާ އެއްވަރު ކުރުމަކީ ޖާދުލެއް ކަމަށެވެ. އަދި މި މެޗުގައި އާސެނަލް ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތައް އާޓެޓާ ވަނީ ތައުރީފުކޮށްފަ އެވެ.

"އިއްތިހާދުގައި 10 ކުޅުންތެރިންނާއެކު ސިޓީއާ އެއްވަރުކުރުމަކީ ފަސޭހަކަމެއް ނޫން. މިއީ މިރަކަލް (އަަޖައިބެއް) އެއް. އަހަރެންގެ ކުޅުންތެރިންނާ މެދު ފަހުރުވެރިވަން" އާޓެޓާ ބުންޏެވެ.

ރޭގެ މެޗުގައި ސިޓީން އާލިން ބްރައުޓް ހާލަންޑްގެ ގޯލުން ލީޑުނަގާފައިވަނިކޮށް، އާސެނަލުން ވަނީ ފުރަތަމަ ހާފުގައި ނަތީޖާ އަނބުރާލައިފަ އެވެ. ރިކާޑޯ ކަލަފިއޯރީގެ ގޯލުން އާސެނަލުން އެއްވަރުކުރިއިރު، ގަބްރިއެލް މަގާޅައެސްގެ ގޯލުން ލީޑުނެގި އެވެ. އާސެނަލްގެ ލެއަންޑްރޯ ޓްރޮސާޑަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް، ދެ ވަނަ ހާފުގައި ކުޅުނު އާސެނަލް ކޮޅަށް ސިޓީން އެއްވަރުކުރި ގޯލު ޖެހީ އިތުރު ވަގުުތުގެ ފަހު މިނިޓްގަ އެެވެ. މިއީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، ޖޯން ސްޓޯންސް ޖެހި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox