ބަންކަރިން ހިދުމަތް ފަށަން ކޮންމެހެން ކުރަން ޖެހޭ ކަންކަން އަދިވެސް ނުކުރޭ

އެސްޓީއޯގެ ބަންކަރިން ހިދުމަތުގައި ބޭނުންކުރާ ބޯޓުތައް: މި ދެ ބޯޓު މިހާރު އޮތީ ރާއްޖޭގައި ބަނދަރުކޮށްފައި -- ފޮޓޯ: މެރިން ޓްރެފިކް

އެސްޓީއޯގެ ބަންކަރިން ހިދުމަތުގައި ބޭނުންކުރާ ބޯޓުތައް: މި ދެ ބޯޓު މިހާރު އޮތީ ރާއްޖޭގައި ބަނދަރުކޮށްފައި -- ފޮޓޯ: މެރިން ޓްރެފިކް

ބަންކަރިން ހިދުމަތް ބުރާސްފަތީގައި ފަށާނެ ކަމަށް ބުނި ނަމަވެސް، މި ހިދުމަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކުރާ ކަން "އަދަދު" އަށް އެނގިއްޖެ އެވެ.

އެސްޓީއޯގެ ނިމުނު އަހަރުގެ އަހަރީ ރިޕޯޓަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ދެއްވި މެސެޖުގައި ބަންކަރިން ހިދުމަތް ފެށުމުގެ ކުރިން ސަރުކާރުގެ އިދާރާތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފާހަގަކުރެއްވި އެވެ.

"[ބަންކަރިން] އޮޕަރޭޝަންތައް ފެށުމުގެ ކުރިން، ސަރުކާރުގެ އިދާރާތަކުގެ އެހީއާއެކީ ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން އެބަހުރި. އޭގެ ތެރޭގައި އިހަވަންދިއްޕޮޅު އަތޮޅުގެ މެރިން ޗާޓު އަދާހަމަ ކުރުމާއި، ފަޔާ އެންޑް ރެސްޕޮންސް ޕްލޭނެއް އެކުލަވާލުމާއި، ބަންކަރިންއާ ގުޅޭ އައިއެމްއޯ މުއާހަދާތަކެއް ތަސްދީގުކުރުން ހިމެނޭ," އޭނާ ވިދާޅުވެފައިވެ އެވެ.

މި ކަންކަން ފުރިހަމަކުރިތޯ އޮޅުން ފިލުވަން ކުރި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ސުވާލު ކުރީ ރައްޔިތުންގެ މަޖިލީހާ އެވެ. އެއީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ބަންކަރިންއާ ގުޅޭ މުއާހަދާއަށް ރުހުން ހޯދަން ފޮނުވާފައިވޭތޯ ސާފު ކުރާށެވެ.

ޝިމާދުގެ މެސެޖުގައި ސީދާ މުއާހަދާ ބަޔާންކޮށްފައި ނެތަސް، އައިއެމްއޯގައި އޮންނަނީ ސީދާ ބަންކަރިންއާ ގުޅޭ އެންމެ މުއާހަދާއެކެވެ. އެއީ "އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް ލަޔަބިލިޓީ ފޯ ބަންކާ އޮއިލް ޕޮލިއުޝަން ޑެމޭޖު" އެވެ. މިއީ މާޗު 23، 2001 ގައި އެޑޮޕްޓުކޮށް، ނޮވެމްބަރު 21، 2008 އިން ފެށިގެން އަމަލުކުރަމުން އަންނަ މުއާހަދާ އެކެވެ.

ބަންކަރިން މުއާހަދާގައި ރާއްޖޭން އަދި ސޮއިކުރި ކަމެއް އެއްވެސް ލިޔެކިޔުމަކުން އެނގޭކަށް ނެތެވެ. މި މުއާހަދާ ތަސްދީގުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާފައިވޭތޯ ސުވާލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އެފަދަ މުއާހަދާއެއް މަޖިލީހަށް ލިބިފައި ނުވާ ކަމަށެވެ.

ދެން "އަދަދު" އިން މަސައްކަތް ކުރީ އިހަވަންދިއްޕޮޅުގެ މެރިން ޗާޓުތައް އަދާހަމަ ކުރިތޯ އޮޅުންފިލުވާށެވެ. މިކަމާ ގުޅޭ ގޮތުން އެސްޓީއޯގެ ބަހެއް ނުލިބެ އެވެ. ނަމަވެސް، މިހާރު ބޭނުންކުރަމުން އަންނަ ޗާޓަކީ އެންމެ އަދާހަމަ ޗާޓެއް ނޫނެވެ.

އެކަން ޔަގީންވަނީ ބަންކަރިން ހިދުމަތާ އެކުއެކީގައި ފަށާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އުތުރު މެރިން ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓުގައި ފެންނަން އޮތް ޗާޓަށް ބެލުމުންނެވެ. ޔޫއެމްއެސްގައި އޮތް ޗާޓަކީ ބްރިޓިޝް އެޑްމިރަލްޓީގެ ނޯޓިކަލް ޗާޓެކެވެ.

ބްރިޓިޝް އެޑްމިރަލްޓީގެ ޗާޓުތަކަކީ 19 ވަނަ ގަރުނުގެ ފަހުކޮޅާއި 20 ވަނަ ގަރުނުގެ ކުރީކޮޅު ތައްޔާރުކޮށްފައިވާ ޗާޓުތަކެކެވެ. އެ ފަހުން ޓެކްނޮލޮޖީއަށް އައި ކުރިއެރުންތަކާއެކީ މި ޗާޓުތައް އަދާހަމަ ކުރަމުން އައި ނަމަވެސް، މިއީ ރާއްޖޭގެ އެންމެ އަދާހަމަ ޗާޓުތަކެއް ނޫނެވެ.

އިހަވަންދިއްޕޮޅުގެ މިއަށް ވުރެ އަދާހަމަ ނެވިކަމުގެ ޗާޓުތަކެއް ވަނީ އިންޑިއާ ސަރުކާރާއެކީ ވެވުނު ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން ތައްޔާރުކޮށްފަ އެވެ. މިދިޔަ އަހަރުގެ މާޗުގައި އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އިހަވަންދިއްޕޮޅު ހިމެނޭހެން ތިން ސަރަހައްދެއްގެ 6،308 ކިލޯމީޓާރުގެ ސައުންޑިން ކަވަރުކޮށް، ސައުންޑިން ލައިންތަކުން 2،630 އަކަކިލޯމީޓަރުގެ ސާވޭއެއް ކޮށްފައިވެ އެވެ.

އޭގެ އިތުރުން ފަޔާ އެންޑް އޮއިލް ސްޕިލް ރެސްޕޮންސް ޕްލޭން ވެސް އަދި ތައްޔާރުކުރި ކަމެއް ކަށަވަރެއް ނުވި އެވެ. މިކަން ކުރަނީ އެމްއެންޑީއެފްއާ ގުޅިގެންނެވެ. އެ ޕްލޭން ތައްޔާރުކޮށް ނިމުނުތޯ އެމްއެންޑީއެފްގައި ސުވާލުކުރުމުން ހަބަރު ޝާއިއުކުރުމާ ހަމައަށް ވެސް އެމްއެންޑީއެފްގެ ބަހެއް ނުލިބެ އެވެ.

މި ކަންކަން ފުރިހަމަ ނުވީ ނަމަވެސް، އެސްޓީއޯއިން ވަނީ ބުރާސްފަތީގައި ހިދުމަތް ފަށާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ދީފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ތެޔޮ އަޅާ ބޯޓަކީ އެސްޓީއޯގެ ސަބްސިޑަރީ، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ "ވައިސީ ބެރިއާ" އެވެ. މި ބޯޓަކީ ރާއްޖެ އާއި ލަންކާއާ ދެމެދު މުދާ އުފުލާ ބޯޓެކެވެ.

ބަންކަރިން ހިދުމަތަކީ އާ ސިނާއަތްތަކުން އާމްދަނީ ހޯދައި، އިގުތިސޯދު ސިންދަފާތު ކުރުމުގެ ގޮތުން ސަރުކާރުން ފަށައިގެން އުޅޭ މަސައްކަތެކެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި މި ހިދުމަތް ފަށާ ފުރަތަމަ އަހަރުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ.

އެސްޓީއޯއާއެކީ މި މަސައްކަތުގައި ބައިވެރިވަނީ ވިޓޯލް އެވެ. ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރިން ހިދުމަތް އިޝްތިހާރު ކުރުމުގައި ވެސް އެ ކުންފުނިން ބައިވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox