ފިޔާ އަގުބޮޑުވެއްޖެ، ކިލޯއެއް މިހާރު ހުރީ 50 އަށް, 60 އަށް

ބާޒާރުގައި ފިޔާ ވިއްކަން ބަހައްޓާފައި: ފިޔާ ކިލޯއެއް ލިބޭ އަގު 60ރ. އަށް ވަނީ އުފުލިފައި

ބާޒާރުގައި ފިޔާ ވިއްކަން ބަހައްޓާފައި: ފިޔާ ކިލޯއެއް ލިބޭ އަގު 60ރ. އަށް ވަނީ އުފުލިފައި

ބާޒާރުގައި ފިޔާގެ އަގު ބޮޑުވެ، ކިލޯއެއްގެ އަގު 60ރ. އަށް އަރައިފި އެވެ.

ބާޒާރުގައި އެކި ތަންތަނުގައި މިއަދު ފިޔާ ކިލޯއެއްގެ އަގު 50ރ. އާއި 60ރ. އާ ދެމެދު ހުރިއިރު، 25 ކިލޯގެ ބަސްތާއެއްގެ އަގު ހުރީ 900ރ. އަށްވުރެ މަތީގަ އެވެ.

ބާޒާރުން ވާހަކަ ދެއްކި މީހަކު "އަދަދު" އަށް ބުނީ ފިޔާ ބަސްތާތައް ހޯލްސޭލްކުރާ ގިނަ ތަންތަނުން ހުސްވަމުންދާ ކަމަށާއި ބައެއް ތަންތަނުން ބަސްތާ ނުލިބުމުގެ ސަބަބުން ފިޔާގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.

"ފިޔާގެ އަގު ބޮޑުވެގެން އުޅެނީ އިންޑިއާއިން ފިޔާ ލިބޭ އަގު ބޮޑުވީމަ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަގު އުފުލޭނެ ކަމަށް ބެލެވޭ،" ބާޒާރުން ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުންޏެވެ.

ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން 25ރ. އާއި 30ރ. އާ ދެމެދު ހުރިއިރު ފިޔާ ބަސްތާއެއްގެ އަގު ހުރީ 500ރ. އަށްވުރެ މަތީގަ އެވެ.

ބާޒާރުން ވާހަކަ ދެއްކި އިތުރު ވިޔަފާރިވެރިޔަކު "އަދަދު" އަށް ބުނީ ތަކެތީގެ އަގު އެވްރެޖުކޮށް ބޮޑުވެފައިވާ ކަމަށާއި މިހާރު ބައެއް ތަކެތީގެ އަގު ހުރީ ރޯދަ މަހު ވެސް ނުއުފުލޭ ވަރަށްވުރެ ބޮޑުވެފައި ކަމަށެވެ.

ބާޒާރުގައި ލުނބޯ އަދި ލޮނުމެދު ކިލޯއެއްގެ އަގު 60ރ. އަށް ހުރިއިރު އިނގުރު ކިލޯއެއްގެ އަގު ހުރީ 50ރ. އަށެވެ. އަދި ކެރެޓް ކިލޯއެއްގެ އަގު 30ރ. އަށް ހުރިއިރު ކެބެޖް ކިލޯއެއްގެ އަގު ހުރީ 40ރ. އަށެވެ.

އޭގެއިތުރުން ބީންސް ކިލޯއެއްގެ އަގު 80ރ. އަށް ހުރިއިރު ކެޕްސިކަމް ކިލޯއެއްގެ އަގު ހުރީ 75ރ. އަށެވެ. އަދި ލީކްސް ކިލޯއެއްގެ އަގު ހުރީ 90ރ. އަށެވެ.

ފަތްޕިލާވެއްޔަށް ބަލާއިރު ލެޓިއުސްގެ އަގު 100ރ. އަށްވުރެ މަތީގައި ހުރިއިރު ކޮޕީފަތް ހަތަރު ފަތުގެ ބޮނޑިއެއް ލިބެން ހުރީ 10ރ. އަށެވެ. އަދި ކަންކުން ދެ ބޮނޑި ލިބެން ހުރީ 15ރ. އަށެވެ.

މޭވާއަށް ބަލާއިރު ކަރާ ކިލޯއެއްގެ އަގު 25ރ. އާއި 30ރ. އާ ދެމެދު ހުރިއިރު މެންޑަރިން ކިލޯއެއްގެ އަގު ހުރީ 70ރ. އަށެވެ. ފަޅޯ އަދި ދޮންކެޔޮ ކިލޯއެއް ލިބެން ހުރީ 50ރ. އާއި 60ރ. އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox