ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 20 ގަވާއިދުގެ ތެރެއިން ހެދީ އެންމެ ހަތަރު ގަވާއިދު

މާލޭގެ ފުޑް ކޯޓުގެ ރެސްޓޯރަންޓެއްގެ ބުފޭގައި ހުރި ބައެއް ކާތަކެތި --- ފޮޓޯ: އަދަދު ފައިލް

މާލޭގެ ފުޑް ކޯޓުގެ ރެސްޓޯރަންޓެއްގެ ބުފޭގައި ހުރި ބައެއް ކާތަކެތި --- ފޮޓޯ: އަދަދު ފައިލް

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 20 ގަވާއިދުގެ ދަށުން މިހާތަނަށް ހަދާފައި އޮތީ އެންމެ ހަތަރު ގަވާއިދު ކަމަށްވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އޮގަސްޓު 2021، ގައި މަޖިލީހަށް ހުށަހެޅި މި ބިލު ފާސްކޮށް ގާނޫނެއްގެ ގޮތުގައި އަމަލުކުރަން ފެށީ އޮގަސްޓު 23، 2024 ގަ އެވެ. އެ ގާނޫނުގައި ޖުމުލަ 20 ގަވާއިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އޭގެ ތެރެއިން ބައެއް ގަވާއިދުތައް ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި އަދި އަނެއް ބައި ގަވާއިދުތަ ހަ މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ގެޒެޓު ކުރަން ޖެހެ އެވެ.

މި ގަވާއިދުތައް ހަދަން ޖެހެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިންނެވެ.

ގާނޫނުގެ ދަށުން ހަދަން ޖެހެ ގަވާއިދުތައް

  1. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމާގުޅޭ ގަވާއިދު
  2. ކާބޯތަކެތި އުފައްދާ، އަދި ތައްޔާރުކުރާ އަދި ބަންދުކުރާ އަދި ލޭބަލްކުރާ، އަދި ރައްކާކުރާ، އަދި ގުދަންކުރާ އަދި ކާބޯތަކެތި ގަނެ ވިއްކާ ތަންތަނާއި، އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ތަންތަނާއި، އެނޫންވެސް ގޮތަކަށް ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު
  3. ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ފުރިހަމަކުރަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު؛
  4. ކާބޯތަކެތި އުފައްދާ، އަދި ތައްޔާރުކުރާ އަދި ލޭބަލްކުރާ އަދި ބަންދުކުރާ އަދި ރައްކާކުރާ އަދި ގުދަންކުރާ އަދި ކާބޯތަކެތި ގަނެ ވިއްކާ އަދި ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި ނުވަތަ އެނޫންވެސް ގޮތަކަށް ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތައް ހިމެނޭގޮތުން، ކާބޯތަކެތި އުފެއްދުމުގައި ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ސާފުތާހިރުކަމާއި ޞިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު؛
  5. ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމާބެހޭ ގަވާއިދު؛
  6. ކާބޯތަކެތި ރައްކާތެރިކަމާއެކު ގުދަންކުރުމުގައާއި، އެއްތަނުން އަނެއްތަނަށް އުފުލުމުގައި ޢަމަލުކުރަންވީ ގޮތާއި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު
  7. ކާބޯތަކެތި އުފައްދާ ނުވަތަ ރައްކާކުރާ ތަންތަން ފަރުމާކުރުމުގެ މިންގަނޑުތައް ކަނޑައެޅުމުގެ ގަވާއިދު
  8. ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު؛
  9. ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށާއި ކާބޯތަކެތި އިމްޕޯޓުކުރުމުގައާއި އެކްސްޕޯޓުކުރުމުގައާއި ރީއެކްސްޕޯޓުކުރުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރާ ގަވާއިދު؛
  10. ކާބޯތަކެތި ޓެސްޓުކުރުމަށް ސާމްޕަލް ނެގުމާގުޅޭ މިންގަނޑުތަކާއި ސާމްޕަލް ނެގުމާއި ޓެސްޓު ހެދުމަށް ފީ ނަގާނެ ގޮތް ބަޔާންކުރާ ގަވާއިދު؛
  11. ކާބޯތަކެތީގެ ނުވަތަ އެޑަލްޓްރަންޓްގެ ސާމްޕަލް ޓެސްޓުކުރުމަށް ފޮނުވާނެ ގޮތާއި ކަމާ ގުޅޭގޮތުން ޢަމަލުކުރަންވީ ގޮތުގެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު؛
  12. ކެއިންބުއިމަށް ބޭނުންކުރާ ފެން ޓެސްޓުކުރުމާބެހޭ ގަވާއިދު؛
  13. ދިވެހިރާއްޖޭގައި ޞިނާޢީގޮތުން ކާބޯތަކެތި އުފައްދާ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކުރުމާއި ހުއްދަދިނުމާއި ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު؛
  14. ބާޒާރަށް ނެރެފައި ހުރި ކާބޯތަކެތީގެ ބާވަތެއް ބާޒާރުން އަނބުރާ ނެގުމުގެ ޝަރުޠުތަކާއި ހަމަތަކާއި، އަނބުރާ ނަގާ ޙާލަތުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު؛
  15. ނައްތާލަންޖެހޭ ކާބޯތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު؛
  16. ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލު ކުރާނޭގޮތުގެ ގަވާއިދު؛
  17. ކާބޯތަކެތި ތަހުލީލުކުރާ ލެބޯރަޓަރީތައް ހިންގުމުގެ ހުއްދަދިނުމާގުޅޭ ގަވާއިދު؛
  18. މި ގާނޫނުގެ ދަށުން އެކުލަވާލާ ކޮމިޓީ، ނުވަތަ ޕެނަލް ފަދަ ތަންތަނުގެ މަސްއޫލިއްޔަތުތަކާއި ދައުރާއި އެ ކޮމިޓީތަކާއި ޕެނަލްތަކުން މަސައްކަތް ކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު؛
  19. އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތު އަދާކުރުމާގުޅޭ ގަވާއިދު؛
  20. އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތަކާގުޅޭ ގަވާއިދު.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އޭނާ ވަނީ މަޖިލިސް ގަވާއިދު ކޮމިޓީ މެދުވެރިކޮށް ހެލްތު މިނިސްޓްރީން މި ގަވާއިދުތައް އެކުލަވާލައި ގެޒެޓުނުކުރާ ސަބަބު ސާފުކޮށްދިނުމަށް އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox