ކުޑަކުދިންގެ ވަނަވަރު އެނގޭ ގޮތަށް ބަރަހަނާ 41 ޓެލެގްރާމް ޗެނަލް ހިންގި، ސަބްސްކްރައިބް ކުރި މީހުން ވެސް ހޯދަނީ

ޓެލެގްރާމް ޗެނަލްތައް ހިންގި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން

ޓެލެގްރާމް ޗެނަލްތައް ހިންގި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން

ފުލުހުން ތަހުގީގު ކުރަމުންދާ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން ކުޑަކުދިންގެ ވަނަވަރު އެނގޭ ގޮތަށް 41 ޓެލެގްރާމް ޗެނަލް ހިންގި ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ސައިބާ އެނަލިސިސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފަޔާޒް އިސްމާއިލް ވިދާލުވީ އެ 43 ޗެނަލުން ކުޑަކުދިންގެ ނަމުގައި ވަކިވަކި ޗެނަލްތައް ހަދައި ބައެއް ކުދިންގެ ވަނަވަރުތައް ވެސް ޕޯޓުތަކުގައި ހިމަނާފައިވާ ކަމަށެވެ.

"571 ޗެނަލްގެ ތެރެއިން 43 ޗެނަލްއެއް ހާއްސަކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ޗައިލްޑް ސެކްސުއަލް އެބިއުޒިވް މެޓީރިއަލް ޕޯސްޓްކޮށްފައިވާކަން ފާހަގަކޮށްލަން،" ފަޔާޒް ވިދާޅުވި އެވެ.

Advertisement

އެ ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައި ހުރި މީހުން ވެސް ފުލުހުން ހޯދާނެ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

ފަޔާޒް ވިދާޅުވީ އެ ޗެނަލްތަކުގައި ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،718 ވީޑިއޯ ޕޯސްޓުކޮށްފައިވާއިރު އޭގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭހެން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ގިނަ ކޮންޓެންޓު ހުރި ކަމަށެވެ.

އޭގެ އިތުރުން އެ ޗެނަލްތަކަށް 36،780 މީހަކު ސަބްސްކްރައިބު ކޮށްފައިވާއިރު އޭގެ ތެރެއިން އެންމެ ގިނަ މީހުން ސަބްސްކްރައިބް ކޮށްފައި ހުރީ ހަތަރު ޗެނަލްއަކަށް އޭނާ ފާހަގަކުރެއްވި އެވެ.

ސައިބާ ކްރައިމްގެ މައްސަލައެއްގައި ވިކްޓިމައިޒްވި ފަރާތެއް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިންގި މި ބޮޑު ތަހުގީގުން ގިނަ ކަންތައްތަކެއް ހާމަވީ އެކަމާ ގުޅުންހުރި ތިން މީހަކު ހައްޔަރުކޮށް އެމީހުން ގެންގުޅޭ އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލު ކުރުމުންނެވެ.

މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އދ.މަހިބަދޫ، ބަހާރުގެ، ޒުބައިރު އަލީ 45، އާއި ކ.މާލެ، ދަފްތަރު ނަންބަރު ރސ14751، ނާސިފް އަލީ. 46، އަދި ކ.ކާށިދޫ، ސިލިންކޯ، އިސްމާއިލް ރަބީހު، 29، އެވެ.

މައްސަލައިގައި ހިމެނޭ ޒަބީރު އަލީ އެކި އުކުޅުތައް ބޭނުންކޮށްގެން ދުރާލައި ރާވައިގެން މިކަންކޮށް، އިތުރު ބަޔަކު މަސައްކަތުގައި ރެކްރޫޓުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

ފުލުހުންގެ ހެޑް އޮފް ސައިބާ ކްރައިމް ސެންޓާ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހް ވިދާޅުވީ ސައިބާ ކްރައިމްގެ މައްސަލަތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ދަނޑިވަޅުގައި ރައްޔިތުން ހުށިއާރުވެ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް އެފަދަ މަންޒަރުތައް އެއްގޮތަކަށް ވެސް ނުފޮނުވަން އެދޭ ކަމަށެވެ.

"ވަކިން ހާއްސަކޮށް ކުޑަކުދިން އެކި އެކި އިލެކްޓްރިކަލް ޑިވައިސްތައް ބޭނުންކުރާއިރު ބެލެނިވެރިން އިތުރަށް ސަމާލުކަން ދިނުމަށް. ކުރާ ކަންކަން ބަލައި މޮނިޓާކުރަން އެދެން. ސޯޝަލް މީޑިއާ ފަދަ ޕްލެޓްފޯމަށް ދޭން ނުޖެހޭ އެކްސެސް ނުދޭން ސަމާލުކަން ދޭންޖެހޭ،" ސަމީހް ވިދާޅުވި އެވެ.

އެފަދަ މައްސަލަތަކުގައި ވިކްޓިމައިޒް ވެފައިވާ ފަރާތްތަކުން ލަސް ނުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމަށާއި އެފަދަ ފަރާތްތަކަށް ފުލުހުން ފުރިހަމަ ރައްކާތެރިކަމާއެކު ސިއްރުކަން ހިފަހައްޓާނެ ކަމަށް ސަމީހް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox