ސޯޝަލް މީޑިއާ ބޭންކުރުމަކީ ކުޑަކުދިންނަށްޓަކައި އެޅޭނެ މުހިންމު ފިޔަވަަޅެއް: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު: ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭންކުރުމަކީ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެކަމަނާ ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު: ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭންކުރުމަކީ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެކަމަނާ ވިދާޅުވި

އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަކީ ކުޑަކުދިންނަށްޓަކައި އެޅޭނެ މުހިންމު ފިޔަވަަޅެއް ކަމަށް ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ. 

ކުޑަކުދިންގެ ހައްގުތަކާ ބެހޭ "މަޝްވަރާ" އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ދަށުން 16  އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭންކުރަން ނިންމުމަކީ އެ ކުދިންނަށްޓަކައި ސަރުކާރުން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. 

"އިންޓަނެޓުގެ ވަސީލަތްތައް މެދުވެރިކޮށް ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދޭ. އެގޮތުން އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހަނިކުރަން ނިންމާފައިވާ ނިންމުމަކީ ކުދިންގެ ރައްކާތެރިކަމަށް ދޭ އަހައްމިއްޔަތު ހާމަކޮށްދޭ މުހިންމު ފިޔަވަޅެއް،" ސާޖިދާ ވިދާޅޫވި އެވެ. 

ސާޖިދާ އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގައި އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމުގައި ދެމިއޮންނަންވާނެ ކަމަށާއި ދުނިޔެއަށް އަންނަ ބަދަލުތަކާއެކު އެ މަސައްކަތްތައް ވެސް ތަރައްގީކޮށް ފުޅާކުރަންޖެހޭނެ ކަމަށެވެ.

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ، ކުއްޖެއްގެ ރައްކާތެރިކަމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ލިބޭ އަނިޔާއަކުން ސަލާމަތްވުން ނޫން ކަމަށެވެ.

ސާޖިދާ ވިދާޅުވީ ކުދިންގެ އިންސާނީ ކަރާމާތް ހިމާޔަތްކުރުމާއި، އެކުދިންގެ އިހުސާސްތަކަށް ރައްކާތެރިކަން ދިނުމުގެ އިތުރުން، އެއީ މުޖުތަމައު ބަލައިގަންނަ، އަޑުއަހާ، އަދި ލޯބިލިބޭ ބައެއްކަން އިހުސާސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. 

ޒަމާނީ ދުނިޔޭގައި ހުރި ގޮންޖެހުންތަކާއި ހަގީގަތްތައް ކުދިންގެ އުމުރާ ގުޅޭގޮތަށް އޮޅުންފިލުވައިދިނުމަކީ ކުރިއަށްވުރެ ބޮޑަށް މިއަދު މުހިންމުވެފައިވާ ކަމެއްކަން ސާޖިދާ ފާހަގަކުރެއްވި އެވެ. ސާޖިދާ ވިދާޅުވީ މައުލޫމާތު މުއްސަނދި، ކަންކަމާ ކުރިމަތިލާން ކެރޭ، އަދި އަހުލާގީ ގޮތުން ވަރުގަދަ ޖީލެއް ބިނާކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ ގުޅިފައިވާ މަސައްކަތުން ކަމަށެވެ. 

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށްޓަކައި އާއިލާތަކާއި، މުޖުތަމައުއާއި، ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ސާޖިދާ ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox