ތައްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ކޯޓު އަމުރެއްގެ ދަށުން އަތުލައިފި

ތައްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ކޯޓު އަމުރެއްގެ ދަށުން އަތުލައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމުގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ތައްޔިބު ވަނީ އޭނާ ގޭގައި ހުއްޓައި ފޯނާއި އޭނާ ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގެންދިޔަކަން "އަދަދު" ނޫހަށް ކަށަވަރު ކޮށްދީފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް މި އެއްޗެހި ގެންދިޔައީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.

"ސައްހަ ނޫން ބަޔާނެއް ފުލުހުންގެ ނަމުގައި ދައުރުކުރަމުންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން, ތައްޔިބު ޝަހީމުގެ ފޯނާއި އިލެކްޓްރޯނިކް ބައެއް ތަކެތި ވަނީ ހިފަހައްޓާފައި," މި ހަބަރު ޝާއިއު ކުރި ފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ތައްޔިބު އޭރު ގެންގުޅުން ސިމް ފުލުހުން ކްލޯން ކުރި އެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ދިރާގުން ފުލުހުންނަށް ފަހިކޮށްދިން ކަމެކެވެ.

ތައްޔިބުގެ ޓްވިޓާ ފޮލޮވަރުންގެ އަދަދު 51,500 އަށްވުރެ އިތުރުއިރު އޭނާ ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް އޭނާ އަދާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox