މިއަދު ރޯވި ތަނުގައި އަނެއްކާވެސް ރޯވެގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ

 ސޯސަން މަގު ކޮޅުގައި ހުންނަ ގާމަގު ކެފޭގައި މިއަދު މެންދުރު ރޯވެ އަނދަނީ: އެތަނުގައި އަނެއްކާވެސް ވަނީ އަލިފާން ރޯވެފަ ---- ފޮޓޯ: މިރާން ނާޝިމް / އަދަދު

ސޯސަން މަގު ކޮޅުގައި ހުންނަ ގާމަގު ކެފޭގައި މިއަދު މެންދުރު ރޯވެ އަނދަނީ: އެތަނުގައި އަނެއްކާވެސް ވަނީ އަލިފާން ރޯވެފަ ---- ފޮޓޯ: މިރާން ނާޝިމް / އަދަދު

މާލޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގި ހެންވޭރު ސޯސަން މަގު ކޮޅުގައި ހުންނަ ގާމަގު ކެފޭގައި އަނެއްކާވެސް އަލިފާން ރޯވެގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ މިފަހަރުވެސް ރޯވެފައިވަނީ އެތަނުގައި ކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ތަފުސީލެއް ނުދެ އެވެ. އެތަނުގައި މިވަގުތު ހުޅު ހިފާފައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއްވެސް ދަނީ ދައުރުވަމުންނެވެ.

"އަލިފާން ރޯވެ ފެތުރެމުން ނުދޭ. ގިނަ އަދަދަކަށް ޓިނާއި ލަކުޑި ން ހަދާފައިވާ ތަނަކަށްވާތީ ދަށުގައި ހުރި ލަކުޑި ތަކުގައި އަލިފާނުގެ އަސަރުހުރުމުން ދޭތެރެ ދޭތެރެއިން ހުޅުހިފާގޮތް ވަނީ. މިހާރު ނިއްވާލާފަ މޮނިޓަރު ކުރަމުންދަނީ," އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

ގާމަގު ކެފޭގައި ރޯވިއިރު އެތަނުގެ މަތީގައި ބިދޭސީ މަސައްކަތްތެރިންތަކެއް ދިރިއުޅޭ ކަމަށްވެ އެވެ. އެތަނުގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވާލީ އަލިފާނުގެ ރިޕޯޓު ލިބުނުތާ ގަޑިއިރެއްހާއިރު ފަހުން 3:30 ހާއިރު ކަމަށް ސިފައިން މިއަދު ބުންޏެވެ.

މެންދުރު ރޯވި އަލިފާނުގެ ހާދިސާގައި ދިވެހި އަންހެނަކާއި ބިދޭސީ އަންހެނަކު އޭޑީކޭއަށް ގެންގޮސް ފަރުވާދިނެވެ. އެ ދެމީހުންވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން މިރޭ ބުނި ގޮތުގައި މިއަދުގެ އަލިފާނުގައި ޖުމްލަ 37 މީހަކު ވަނީ ހާލުގަ ޖެހިފަ އެވެ. އެ މީހުންނަށް އެ އޮތޯރިޓީން ދަނީ އެހީތެރިވަމުން ކަމަށްވެސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox