ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކައިގެން ދެ މިލިއަން ރުފިޔާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން

ޓެލެގުރާމު ޗެނަލްތަކެއް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ދައުރުކޮށް، އެކަމުން ދެމިލިޔަން ރުފިޔާ ހޯދި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލާގައި ހައްޔަރުކުރީ ޒުބައިރު އަލީ 45އ، ބަހާރުގެ، އދ.މަހިބަދޫ އާއި ނާސިފް އަލީ 46އ، ދަފްތަރު ނަންބަރު ރސ14751، ކ.މާލެ އަދި އިސްމާއިލް ރަބީހު 29އ، ސިލިންކޯ، ކ.ކާށިދޫ އެވެ.

އެމީހުން ހިންގި ޓެލެގްރާމް ޗެނަލްތަކަށް އެޅި ފޮޓޯތަކާއި ވީޑިއޯތައް ބަލަން 3468 މީހުން ސަބްސްކްރައިބް ކޮށްފައިވާ ކަމަށް ވެސް ފުލުހުުން ބުންޏެވެ.

އެ މީހުން ޖުމުލަ ނުވަ އެކައުންޓެއް ހަދައިފައިވާއިރު ، އެ އެކައުުންޓްތައް ހިމެނޭ ގޮތުން، ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ދައުރުކުރި 571 ޗެނަލެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެ ޗެންލަތަކުން 241،651 ފޮޓޯއާއި 86،618 ވީޑިއޯ ދައުރުކޮށްފައި ވާއިރު އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ވެސް ހިމެނެ އެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި ތިން މީހުންނަކީ ވެސް އެކިފަހަރު މަތިން ބަންދުކުރުމަށް ކޯޓަށް ގެންގޮސްފައިވާ މީހުންނެވެ. އޮގަސްޓް 30، ގައި ޒުބައިރު އަލީ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ. ނާސިފް އަލީ އާއި އިސްމާއިލް ރަބީހު ސެޕްޓެންބަރު 5 ގައި ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އެ މީހުންގެ އަތުން 14 އިލެކްޓްރޯނިކް އާލާތް ފެނުނު ކަމަށާއި އެ ތަކެތި ބަލައި ފާސް ކޮށްފާނެވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީސްމީޑިއާގައި މިގޮތަށް ފޮޓޯ އާއި ވީޑިއޯ ލީކްވެ ބްލެކްމޭލެގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރު ނަންބަރު 9136262 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox