ޑުންގާއާ އެކު ފީޓުން ތިމަރަފުށީގައި ކޯޗިން ކްލިނިކެއް ބާއްވައިފި

Sep 5, 2024, 12:32 PM
ޑުންގާއާ އެކު ފީޓުން ތިމަރަފުށީގައި ކޯޗިން ކްލިނިކެއް ބާއްވައިފި

އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރު އަދި ފީފާ/އޭއެފްސީގެ އިންސްޓްރަކްޓަރު، އަހުމަދު ޝަރީފް (ޑުންގާ)އާ އެކު، ތިމަރަފުށީގެ އެންމެ އެކްޓިވް އެކެޑަމީ، ފުޓްބޯލް އެންހޭންސް އެކެޑަމީ އޮފް ތިމަރަފުށި (ފީޓް) އިން ގްރާސްރޫޓް އެންޑް އެލީޓް ކޯޗިން ކްލިނިކެއް ކުރިއަށްގެންގޮސްފި އެވެ.

މިދިޔަ މަހުގެ 24 ވަަނަ ދުވަހުން ފެށިގެން މި މަހު ތިން ވަނަ ދުވަހުގެ ނިިޔަލަށް، ތިމަރަފުށީގައި ކުރިއަށްދިޔަ މި ކޯޗިން ކްލިނިކަކީ ތ، އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ފީޓުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އިންސްޓްރަކްޓަރު އަދި އައްޑޫގެ ފުޓްބޯޅަ ކުޅުންތެރިން، ރާއްޖޭގެ މަތީ ފަންތިއާ ހަމައަށް ގެނެސްދިނުމުގައި ފާހަގަކުރެވޭ މަސައްކަތެއް ކޮށްފައިވާ، ޑުންގާގެ ބެލުމުގެ ދަށުން ދިޔަ، މި ކޯޗިން ކްލިނިކްގައި ޖުމްލަ އެކު، ތ. އަތޮޅުގެ ހަތަރު ރަށަކުން ދެ ޖިންސުން، 16 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

Advertisement

އެ ގޮތުުން، ތިމަރަފުށްޓާއި ވޭމަންޑޫ، ކިނބިދޫ އަދި ހިރިލަންދޫ އިން ފުޓްބޯޅަ އަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވި މި ކްލިނިކްގައި ހިމެނެނީ، 11 ފިރިހެން އަދި ފަސް އަންހެން ބައިވެރިންނެވެ.

ރާއްޖޭގައި ފުޓްބޯޅަ އާއި ފުޓްސަލް އަށް ކާމިޔާބު ރަށެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ތިމަރަފުށީގައި ފުޓްބޯޅައިގެ ކަންކަން ޕްލޭނެއްގެ ތެރެއިން ގެންދިއުމަށް އިސްނަގައި، ފީޓުން މަސައްކަތް ފެށީ މި އަހަރު އެވެ.

އެ ގޮތުން، ތިމަރަފުށީގައި ގްރާސްރޫޓު ލެވަލުން ފެށިގެން ކުޅުންތެރިންނަށް ދޭން ޖެހޭ ޓްރެއިނިންތައް ރަނގަޅަށް ގެންދިއުމާއި ދީނީ އަދި އަހުލާގީ ގޮތުން ރަނގަޅު ޖީލެއް ބިނާކުރުމަށް ބާރު އަޅައި މަސައްކަތްކުރާ އެކެޑަމީއެއްގެ ގޮތުގައި ކުރިއަށްގެންދާ ފީޓް ލޯންޗްކޮށްދިނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) އެވެ.

ދިވެހި ފުޓްބޯޅަ އަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދީފައިވާ ޑުންގާއާ އެކު، ފީޓުން މި ކުރިއަށްގެންދިޔަ، ކޯޗިން ކްލިނިކަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވެ އެވެ. އެ ގޮތުން، ފީޓުން ވަނީ ތ. އަތޮޅު ކައުންސިލާއި ތ. އަތޮޅު ތައުލީމީ މަރުކަޒު، ތިމަރަފުށީ ކައުންސިލް، ތިމަރަފުށީ ސިއްހީ މަރުކަޒު އަދި ތ. އަތޮޅު ޕޮލިހުން ދިން އެއްބާރުލުން ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox