ބެންކޮކްގައި މަރުވި ދިވެހި ޒުވާނާއާ ގުޅިގެން އާއިލާގެ ތުހުމަތުތަކެއް

ބެންކޮކްގައި މަރުވި މުއާވިޔަތު: އޭނާގެ މަރާ ގުޅިގެން އާއިލާއިން ވަނީ ތުހުމަތުތަކެއް ކޮށްފައި

ބެންކޮކްގައި މަރުވި މުއާވިޔަތު: އޭނާގެ މަރާ ގުޅިގެން އާއިލާއިން ވަނީ ތުހުމަތުތަކެއް ކޮށްފައި

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި އޯގަސްޓް، 4 ގައި މަރުވެފައި އޮއްވާ ފެނުނު ތ. ތިމަރަފުއްޓަށް ނިސްބަތްވާ މުއާވިޔަތު މޫސާގެ މަރާ ގުޅިގެން އާއިލާއިން ތުހުމަތުތަކެއް ކޮށްފި އެވެ.

މުއާވިޔަތުގެ އާއިލާއިން "އަދަދު" އާ ވާހަކަދެއްކި މީހަކު ބުނީ ހަށިގަނޑާ ހަވާލުވެ ފޮރިން މިނިސްޓްރީން އާއިލާއާ ހިއްސާކުރި މުއާވިޔަތުގެ ތިން ފޮޓޯއިން ފެންނަ ގޮތުގައި ޒަހަމްތަކެއް ހުރި ކަމަށާއި އެއް ފައި ނެތް ކަން ވެސް ފެނުނު މަންޒަރުތަކުން ފާހަގަކުރެވުނު ކަމަށެވެ.

"ބޮޑީ ހޮސްޕިޓަލުގެ ހޯލު ތެރެއަށް ނެރެފައި ހުއްޓާ ފޮނުވި ތިން ފޮޓޯއެއް މިނިސްޓްރީން. ފުރަތަމަ ފޮޓޯ ފޮނުވިއިރު އެއްވެސް ކަމެއް ފާހަގަ ނުވޭ. ނަމަވެސް ފޮޓޯތައް ފަހުން ރަނގަޅަށް ބަލާލިއިރު ވައަތު ފައެއް ނެތް. ދެން އިން ފޮޓޯ ފޮނުވާފައި އިނީ މޫނާ ވަރަށް ކައިރިން. މޫނާއި ކަރަށް ތޫނު އެއްޗަކުން ހަމަލާދީފައި ހުރިކަން ޔަގީން،" އެ މީހާ ބުންޏެވެ.

އެ ޝަކުވާތައް ފޮރިން މިނިސްޓްރީއާ ހިއްސާކުރުމުން އެއީ ޕޯސްޓްމޯޓަމް ހެދި ވަގުތު ލިބިފައި ހުރި ޒަހަމްތައް ކަމަށް ބެލެވޭ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ޕޯސްޓްމޯޓަމް ހަދާއިރު ފައި ބުރިކޮށް މޫނާއި ކަރަށް އެގޮތަށް ޒަހަމްތައް ނުލިބޭނެ ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.

ޕޯސްޓްމޯޓަމް ހަދާނީ މޭ ފަޅައިގެން އެތެރޭގައި ހުންނަ ގުނަވަންތައް ނަގައިގެންނެވެ. އެގޮތުން ޕޯސްޓްމޯޓަމް ރިޕޯޓްތައް ތައްޔާރުކުރާނީ އެ ގުނަވަންތައް ތަހުލީލުކޮށްގެންނެވެ.

މުއާވިޔަތުގެ ހަށިގަނޑު ފުރަތަމަ ފެނިގެން ނަގާފައިވާ ސީނުގެ ފޮޓޯ ތައިލެންޑް ފުލުހުން ފޮރިން މިނިސްޓްރީއާ ހިއްސާކުރި ނަމަވެސް، އެ ފޮޓޯ އާއިލާއާ ހިއްސާ ނުކުރާތީ އެކަމާ ވެސް އާއިލާއިން ޝަކުވާކުރި އެވެ. ފަހުން ފުލުހުން ގާތު އެދިގެން، އިތުރު ބަޔަކާ ހިއްސާނުކުރާ ގޮތަށް އާއިލާއަށް އެ ފޮޓޯ ދީފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެއީ ރާއްޖެއިން ބޭރުގައި ހިނގާފައިވާ މަރަކަށްވާތީ އެ މައްސަލަ ތަހުގީގު ކުރާނީ އެ ގައުމަކުން ކަމަށާއި ނަމަވެސް އާއިލާގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަން ފުލުހުން ސާފުކުރަމުންދާ ކަމަށެވެ.

މުއާވިޔަތުގެ އާއިލާއިން ބުނާ ގޮތުގައި އޭނާ ތައިލެންޑަށް ދިޔައީ ނާންގައި އާއިލާއިން ޕާސްޕޯޓު ވެސް ފޮރުވާފައި އޮއްވާ މިދިޔަ މަހު ފަހުކޮޅު ކަމަށާއި ޕާސްޕޯޓު ހެއްދީ ވެސް ނޭގި ކައެވެ.

ޕާސްޕޯޓު ގެއްލިއްޖެނަމަ އާ ޕާސްޕޯޓެއް ހެއްދޭނީ ފުލުހުންނަށް މައްސަލަ ހުށަހަޅައި އެކަން ތަހުގީގު ކުރުމަށްފަހު، ފުލުހުން ދޭ ލިޔުމެއް އިމިގްރޭޝަނަށް ހުށަހަޅައިގެން ޖޫރިމަނާ ފައިސާ ވެސް ދައްކައިގެންނެވެ.

"ވަރަށް ކަންބޮޑުވޭ އެ ގޮތަށް މުއާވިޔަތު ގޮސް އެކަމެއް ހިނގީމަ. އާއިލާއިން ބޭނުންވޭ މުއާވިޔަތު އެތަނަށް ގެންދިޔަ ބައެއް ވެސް އެނގެން. ވަޒީފާއަކަށް ނުގޮސް ރަށުގައި އޭނާ އުޅުނީ. ޕާސްޕޯޓް ފޮރުވީ ގައުމުން ބޭރަށް ދާން އުޅޭ ވާހަކަ ދެއްކުމުން،" އާއިލާއިން ބުންޏެވެ.

މުއާވިޔަތުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ވަޅުލާފައި ވަނީ އޯގަސްޓް، 7 ގަ އެވެ. އެ މައްސަލަ ތައިލެންޑުގެ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox