ފިޗުގެ ޑައުންގްރޭޑާ އެކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ސުކޫކު ޑީފޯލްޓުވުމުގެ ބިރު ބޮޑުވެއްޖެ

ދައުލަތުގެ ބަޖެޓު ފޮތް 2024: ސަރުކާރުން ބުނަނީ މާލީ ހާލަތު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ބަޖެޓު ފޮތް 2024: ސަރުކާރުން ބުނަނީ މާލީ ހާލަތު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިޗު ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެން ރާއްޖޭން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުން އިންވެސްޓަރުން އަތްދޫކޮށްލައި، މުޅި ދުނިޔޭގައި ވެސް ސުކޫކެއް ޑީފޯލްޓުވާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުގެ ބިރު ބޮޑުވެއްޖެ އެވެ.

މާލީ ދާއިރާގެ ހަބަރުތައް ގެނެސްދޭ ބްލޫމްބާގާއި ފައިނޭންޝަލް ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ވަގުތު ރާއްޖޭގެ ސުކޫކު ޓްރޭޑު ކުރަމުންދަނީ ޑޮލަރަކަށް 66 ސެންޓު ރޭޓުގަ އެވެ. މި ސުކޫކު އޮގަސްޓު މަހުގައި ޓްރޭޑު ކުރަމުން ދިޔައީ 80 ސެންޓުން މަތީގަ އެވެ.

އިންވެސްޓަރުންގެ އިތުބާރު ގެއްލި މި މަހުގެ ތެރޭގައި މި ވަރަށް ސުކޫކުގެ އަގު ވެއްޓުމާ ގުޅިގެން މި ވަގުތު އެންމެ ދަށްކޮށް ޓްރޭޑު ކުރަމުންދާ ސުކޫކަކީ ރާއްޖޭގެ ސުކޫކު ކަމަށް، ބްލޫމްބާގުގެ އިމާޖިން މާކެޓްސް ސޮވަރިން ޓޯޓަލް ރިޓާން އިންޑެކްސްއާ ހަވާލާދީ އެ ނޫހުގައި ވެ އެވެ.

ފިޗުން ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މިއީ ފިޗުން ރާއްޖޭގެ ރޭޓިން ދެ މަސް ދުވަހުގެ ތެރޭގައި ދަށްކުރި ދެވަނަ ފަހަރެވެ. އަދި މިހާ ކައިރިކައިރީގައި ރޭޓިން ޑައުންގްރޭޑެއް ގެނައި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ސުކޫކު ޓްރޭޑުކުރަމުންދާ އަގު: އަހަރު މެދުތެރޭގައި ސުކޫކުގެ އަގު ރަނގަޅުވުމަށް ފަހު ދަށްވީ ފިޗުގެ ރޭޓިންއާއެކީ -- ޗާޓު: ފްރެންފާޓު ސްޓޮކް އެކްސްޗޭންޖު
ރާއްޖޭގެ ސުކޫކު ޓްރޭޑުކުރަމުންދާ އަގު: އަހަރު މެދުތެރޭގައި ސުކޫކުގެ އަގު ރަނގަޅުވުމަށް ފަހު ދަށްވީ ފިޗުގެ ރޭޓިންއާއެކީ -- ޗާޓު: ފްރެންފާޓު ސްޓޮކް އެކްސްޗޭންޖު

ރާއްޖޭގެ ސުކޫކު ޓްރޭޑުކުރަމުންދާ އަގު: އަހަރު މެދުތެރޭގައި ސުކޫކުގެ އަގު ރަނގަޅުވުމަށް ފަހު ދަށްވީ ފިޗުގެ ރޭޓިންއާއެކީ -- ޗާޓު: ފްރެންފާޓު ސްޓޮކް އެކްސްޗޭންޖު

ފިޗުން ރާއްޖޭގެ ރޭޓިން ދަށް ކުރީ ދަރަނި ނުދެއްކުމުގެ ހިރާސް އިންތިހާއަށް ބޮޑުވެ، ޑިފޯލްޓު ވެދާނެ ކަމަށް ލަފާކޮށްފަ އެވެ. އޭގެ ފަހަތުގައި ފިޗުން ފާހަގަކުރި ސަބަބުތަކަކީ ބޭރު ފައިސާގެ ރިޒާވުތައް އިންތިހާއަށް ދަށްވުމާއި ކުރިއަށް އޮތް އަހަރުތަކުގައި ދައްކަން ޖެހޭ ބޮޑު ދަރަންޏެވެ.

މިހާރު ދަށް ރޭޓުގައި ޓްރޭޑު ކުރަމުންދާ ސުކޫކާ ގުޅުވާ، ފިޗުގެ ރޭޓިން ރިވިޝަންގައި ސަރުކާރުން މިހާރު ވިސްނާ ގޮތަށް މި ސުކޫކު ރީފައިނޭންސް ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދާފައިވެ އެވެ. ސަރުކާރުން ވިސްނަނީ މީގެން 200 މިލިއަން ރީފައިނޭންސް ކޮށްފައި، ބާކީ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ދަައްކާށެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި، ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެން ހުރީ ޖީޑީޕީގެ 122 ޕަސެންޓުގަ އެވެ. އެއީ އަށް ބިލިއަން ޑޮލަރެވެ. މީގެ ތެރޭގައި އެތެރެ އާއި ބޭރުގެ ބާޒާރަށް ސެކުއިރިޓީސް ވިއްކައިގެން ހޯދި ފައިސާ އާއި ބޭރުގެ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތައް ހިމެނެ އެވެ.

ރާއްޖޭން ދަރާފައިވާ ފައިސާގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޗައިނާ އާއި އިންޑިއާއިން ނަގާފައިވާ ދަރަންޏެވެ. ސަރުކާރުން އަންނަނީ މި ދެ ގައުމާ އެކީ ވެސް ދަރަނި ދެއްކުން ފަސްކޮށްދިނުމުގެ މަޝްވަރާތައް ކުރަމުންނެވެ.

މި ހުރިހާ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސަރުކާރުން ބުނަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރަން ފަށައި، އާމްދަނީ އިތުރުކުރަން ފަށާފައިވާ މަސައްކަތްތައް ކޮޅެއް ޖެހުމުގައި ޖެހުމުުން ރޭޓިން މަތި ވާނެ ކަމަށެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވެސް ވަނީ މި މަހުގެ ތެރޭގައި ރިޒާވުގެ ހާލަތު ރަނގަޅު ވާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox